ރެޑްވޭވްގެ 15 ވަނަ ފިހާރަ، ރެޑްވޭވް ސެންޓްރަލް. (ދައުރު ފައިލް ފޮޓޯ/އިބްރާހިމް އިފާޒު)
ބީއެމްލެއްގެ ރޯދަ ޕްރޮމޯޝަން ރެޑްވޭވްއާ އެކު ފަށައިފި
ރެޑްވޭވް އިން ބޭންކް އިފް މޯލްޑިވްސް (ބީއެމްއެލް)އާ އެކު ރޯދައަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.
ވީ ކިހިނެއް؟ - 'ރަން ފުރުސަތު'ގެ ނަމުގައި ފެށި މި ޕްރޮމޯޝަނުގައި ރެޑްވޭވް ފިހާރަތަކުން ބީއެމްއެލް ކާޑުން ވިޔަވާރިކޮށްގެން ގިނަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.
ތަފްސީލް - މި ޕްރޮމޯޝަނުގެ ދަށުން:
-
މި މަހު ބީއެމްއެލް ކާޑުން ރެޑްވޭވުން ވިޔަފާރި ކޮށްގެން ކޮންމެ ހަފްތާއަކު ވެސް ގުރުއަތުން ހޮވޭ ފަރާތަކަށް 5،000ރ.ގެ ގިފްޓް ވައުޗަރެއް ހޯދުމުގެ ފުރުސަތު ލިބޭނެ
-
1 މާޗުން 7 އޭޕްރީލްގެ ނިޔަލަށް ރެޑްވޭވުން ވިޔަފާރި ކޮށްގެން، ކޮންމެ ދުވަހަކު 2،000ރ.ގެ ބީއެމްއެލް ގިފްޓް ކާޑެއް ހޯދުމުގެ ފުރުސަތު ވެސް ލިބޭނެ
ޖުމްލަ 300ރ.އަށް ވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.