މީހަކު ބީއެމްއެލްގެ އޭޓީއެމްއެއް ބޭނުންކުރަނީ. (ފޮޓޯ/ބީއެމްއެލް)
ހޯނޑެއްދޫ، ނަޑެއްލާ އަދި ކަނޑުހުޅުދޫގައި ބީއެމްއެލްގެ އޭޓީއެމް ބަހައްޓަނީ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހުވަދޫ އަތޮޅުގެ ތިން ރަށެއްގައި އޭޓީއެމް ބެހެއްޓުމަށްޓަކައި އެ ރަށްތަކުގެ ކައުންސިލްތަކާ އެކު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އެނގުން މުހިންމު - މިއަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓަން ބީއެމްއެލްއިން ވަނީ 7 ނޮވެމްބަރު 2024ގައި މަޝްރޫއެއް އިފްތިތާހުކޮށްފަ އެވެ.
ވީ ކިހިނެއް؟ - އެ މަޝްރޫއުގެ ދަށުން އޭޓީއެމް ބަހައްޓަން މިއަދު ސޮއިކުރީ ގއ. ކަނޑުހުޅުދޫ، ގދ. ހޯނޑެއްދޫ އަދި ގދ. ނަޑެއްލާގެ ކައުންސިލާ އެކު އެވެ.
ތަފްސީލު - މީހުން ދިރިއުޅޭ ހުރިހާ ރަށްތަކުގައި އޭޓީއެމް ބަހައްޓާ މަޝްރޫއުގެ ދަށުން:
-
އެންމެ ފުރަތަމަ އޭޓީއެމް ބެހެއްޓީ އދ. އޮމަދޫގައި؛ އެއީ ބީއެމްއެލްއިން ބެހެއްޓި 150 ވަނަ އޭޓީއެމް
-
ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާނީ ފިޔަވަހިތަކަކަށް ބަހާލައިގެން
-
ފުރަތަމަ ފިޔަވަހީގައި 17 ރަށެއްގައި އޭޓީއެމް ބަހައްޓާނެ؛ މި ފިޔަވަހި 31 މާޗުގެ ނިޔަލަށް ނިންމާނެ
-
ދެވަނަ ފިޔަވަހީގައި 56 އޭޓީއެމް ބަހައްޓާނެ
-
ތިން ވަނަ ފިޔަވަހީގައި 30 އޭޓީއެމް ބަހައްޓާނެ
ބީއެމްއެލްއިން މީގެ ކުރިން ބުނެފައިވާ ގޮތުގައި މުޅި މަޝްރޫއު ނިމޭއިރު ޖުމްލަ 250 ބީއެމްއެލް އޭޓީއެމް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނާނެ އެވެ.