އުރީދޫ އޮފީސް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އުރީދޫ

އުރީދޫގެ ވަޓްސްްއެޕް އެކައުންޓްް ތައާރަފްކޮށްފި

ޑިޖިޓަލް އިނޮވޭޝަން މެދުވެރިކޮށް ކަސްޓަމަރުންގެ ތަޖުރިބާ އިތުރުކުރުމަށް ކުރަމުން އަންނަ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށް އުރީދޫން ބުނޭ

އުރީދޫގެ ކަސްޓަމާ ސަޕޯޓް އެކައުންޓްް ވަޓްސްްއެޕް މެދުވެރިކޮށް ތައާރަފްކޮށް، ރައްކާތެރި އަދި ފަސޭހަ ހިދުމަތް 24 ގަޑިއިރު ލިބޭނެ ގޮތް އެ ކުންފުނިން އިއްޔެ ހަމަޖައްސައިފި އެވެ.

ވީ ކިހިނެއް؟ - މިިއީ ޑިޖިޓަލް އިނޮވޭޝަން މެދުވެރިކޮށް ކަސްޓަމަރުންގެ ތަޖުރިބާ އިތުރުކުރުމަށް އުރީދޫން ކުރަމުން އަންނަ މަސައްކަތުގެ ކުރިއެރުމެއް ކަމަށް އުރީދުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. 

ތަފްސީލް - ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޓްސްއެޕް ފުޅާ ދާއިރާއެއްގައި ބޭނުންކުރަމުން އަންނައިރު، މި ޕްލެޓްފޯމަކީ ކަސްޓަމަރުންނަށް އުރީދޫއާ ގުޅުމަށް ވަރަށް އަހުލުުވެރި އަދި ހަރުދަނާ މަގެއް ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫގެ ވެރިފައިޑް ވަޓްސްްއެޕް އެކައުންޓްް ލޯންޗްކުރުން (ފޮޓޯ/އުރީދޫ)

އެ ކުންފުނިން ބުނީ ވެރިފައިޑް ވަޓްސްްއެޕް އެކައުންޓުން ލިބޭނެ ހިދުމްތްތަކުގެ ތެރޭގައި:

  • ކަސްޓަމަ ސަޕޯޓް: ސުވާލުތަކާއި ހިދުމަތްތަކަށް ކޮންމެ ދުވަހެއްގެ ކޮންމެ ވަގުތަކު ވެސް ވަގުތުން އެހީތެރިކަން ފޯރުކޮށްދޭނެ

  • އެނަހަންސްޑް ސެކިއުރިޓީ: ވެރިފައިޑް އެކައުންޓް ސްޓޭޓަސް އިން ކަސްޓަމަރުންނަށް މުއާމަލާތަކީ ސައްހަ އަދި ރައްކާތެރި މުއާމަލާތެއްގެ ޔަގީންކަން

އުރީދޫގެ ވެރިފައިޑް ވަޓްސްއެޕް ނަންބަރަކީ 9611929.

އިތުރު އާޓިކަލް

އިތުރު އާޓިކަލް