ދަ ހޯކްސް ކުންފުނީގެ ތެޔޮ ބޯޓެއް (ފޮޓޯ/ދަ ހޯކްސް)
ރާއްޖެއަށް ވަގަށް އެތެރެކުރި ސިނގިރޭޓްތަކެއް ދަ ހޯކްސް ކުންފުނީގެ ބޯޓަކުން ފެނުނު ނަމަވެސް އެކަމުގައި ކުންފުނީގެ ބައިވެރިވުމެއް ނެތް ކަމަށާއި އެކަން ކުރީ މުވައްޒަފުންތަކެއް އެ މީހުންގެ އަމިއްލަ ހައިސިއްޔަތުން ކަމަށް ހޯކްސް ކުންފުނިން މިއަދު ބުނެފި އެވެ. އަދި އެ މުވައްޒަފުންނާ މެދު މިހާރު ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
މައްސަލައިގެ ފެށުން - ތެޔޮ ހިފައިގެން ރާއްޖެ އައިސް ތިލަފުށީގައި ބަނދަރުކޮށްފައި އޮތް ހޯކްސްގެ ބޯޓަކުން މެންޗަސްޓާ ބްރޭންޑުގެ ގިނަ އަދަދެއްގެ ސިނގިރޭޓް ކާޓޫނުތަކެއް ފެނިގެން ކަސްޓަމްސް އާއި ފުލުހުން ހާއްސަ އޮޕަރޭޝަނެއް ދަނީ ހިންގަމުންނެވެ.
ބުނީ ކީކޭ؟ - އެކަމާ ގުޅިގެން ހޯކްސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހުއްދަނެތި ރާއްޖެއަށް ސިނގިރޭޓް އެތެރެކުރުމުގައި ހޯކްސްގެ ބައިވެރިވުމެއް އޮތް ކަމަށް ބުނެ ދެކެވޭ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށާއި އެއީ ބުހުތާނު ދޮގު ކަމަށެވެ.
ހޯކްސްއަކީ ފައިދާކުރުވަނިވި ތެލުގެ ވިޔަފާރިކުރާ ކުންފުންޏެއްކަން ފާހަގަކުރަމުން އެ ކުންފުނިން ބުނީ ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ އެއްވެސް ބާވަތެއް އެތެރެކުރުމުގެ އެއްވެސް ވިޔަފާރިއެއްގައި ބައިވެރިވުމެއް އަދި އެފަދަ އެއްވެސް ޝައުގުވެރިކަމެއް އެ ކުންފުނިން ނުގެންގުޅޭ ކަމަށެވެ.
"ދަ ހޯކްސްއަކީ ދެފުށްފެންނަ ގޮތަށް ވިޔަފާރި ކުރަމުންއަންނަ ކުންފުންޏެކެވެ. އަދި މިފަދަ ކަންކަމާއި ގުޅިގެން ޒިންމާ ނަގަންޖެހޭ ފަރާތްތަށް ހޯދުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުމަށް ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދަ ހޯކްސްއިން ދޭނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވަމެވެ،" ބަޔާނުގައިވެ އެވެ.
ތަފްސީލް - އެ ބަޔާނުގައި ބުނީ ހާދިސާ ހިނގުމާއި ގުޅިގެން ކުންފުނީގެ އިދާރީ ތަހުގީގެއް ފަށާފައިވާ ކަމަށެވެ. އެގޮތުން:
-
ކެމެރާ ފުޓޭޖްތައް ބެލިބެލުމުން މިހާތަނަށް ކުންފުނީގެ މުވައްޒަފުންތަކެއްގެ މައްޗަށް ގައިރު ގާނޫނީ ހަރަކާތްތަކަކަށް ކުންފުނީގެ ވަސީލަތްތައް ބޭނުންކޮށް އަމިއްލަ މަންފާ ނަގަން މަސައްކަތްކޮށްފައިވާކަމުގެ ތުހުމަތުކުރެވިފައިވޭ
-
ކުންފުނިން ވަނީ ތުހުމަތު ކުރެވުނު މުވައްޒަފުންތައް ވަގުތުން މަސައްކަތުން އެކަހެރިކޮށް، ކަމާބެހޭ ތަހުގީގީ އިދާރާތަކަށް އެކަން ރިޕޯޓްކޮށްފައި
-
ތަފާތު 10 ގައުމެއްގެ 900 އަށްވުރެ ގިނަ މުވައްޒަފުން ދަ ހޯކްސްގައި މަސައްކަތް ކުރަމުންދާއިރު، ކުންފުނިން އަބަދުވެސް މަސައްކަތްކޮށްފައި ވަނީ މުވައްޒަފުންގެ ލާބަ އާއި މަންފާއަށް ނަމަވެސް ކުންފުނީގެ މަދު މުވައްޒަފުންތަކެއް ބައިވެރިވެ ކުންފުނީގެ މެނޭޖްމަންޓުން މުވައްޒަފުންނާ މެދު ކުރި އިތުބާރާއި ޔަގީންކަން ގެއްލޭގޮތަށް ހިންގާފައިވާ މިއަމަލަކީ ކުންފުންޏަށް ލިބުނު ބޮޑު ހައިރާންކަމެއް ކަމަށް ބުނެފައިވޭ
"މިފަދަ ގައިރު ގާނޫނީ އަމަލުތަކުގައި ދަ ހޯކްސް އިން ގެންގުޅޭ ސިޔާސަތަކީ ޒީރޯ ޓޮލަރެންސް ޕޮލިސީ އެވެ،" ބަޔާނުގައިވެ އެވެ.
"އެގޮތުން ކުރިއަތް އޮތް ތަނުގައިވެސް ދަ ހޯކްސްގެ ރިސޯސަސް މިފަދަ ނަހަމަ ގޮތެއްގައި ބޭނުންކުރުން ހުއްޓުވުމުގެ ގޮތުން ކުންފުނީގެ އެތެރޭގެ ކޮންޓްރޯލް ހަރުދަނާކުރުމަށް އިތުރު ފިޔަވަޅުތައް ކުންފުނިން ދަނީ އަޅަމުންނެވެ."
މީގެ އިތުރުން ހޯކްސްއިން ބުނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ތިލަފުށީގައި ހުންނަ ހޯކްސްގެ ބޯޓު ޔާޑަށް ފުލުހުން ގޮސް ބަލައި ފާސްކޮށްފައި ވަނީ ބަލާ ފާސްކުރުމުގެ ކޯޓު އަމުރެއް ނެތި ކަމަށެވެ. އެހެން ނަމަވެސް އަމުރު ލިބެންދެން ފުލުހުންނާއި ކަސްޓަމްސްގެ އޮފިސަރުން ބޯޓު ޔާޑުގައި ތިބުމުގެ ހުއްދަ ދީ އެއްބާރުލުން ވެސް އެ އޮޕަރޭޝަނަށް ކުންފުނީގެ ފަރާތުން ދިން ކަމަށެވެ.
ކޮމެންޓް (11)
އައްލޯ
މަފް
ބެއްޔާ
ހަސަން3343
ޙުސެން 3343
ލިނބޯ
އޮރެންޖު
އައިންތު
ހަސަންދީީ
ބޭޑް އެކުސްޕީރިއަންސް
އަލިދީ