ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ބަޖެޓް 2024

ބަޖެޓުން އަދި ހަރަދުވީ 37 ބިލިއަން ރުފިޔާ؛ ހަރަދު 55 ބިލިއަން ރުފިޔާއަށް އަރާނެ

މި އަހަރަށް ލަފާކޮށް ފާސްކޮށްފައިވާ 49.8 ބިލިއަން ރުފިޔާގެ ބަޖެޓަށް އިތުރު 5.1 ބިލިއަން ރުފިޔާ އިތުރުކުރުމަށް މިއަދު ވަނީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާފައި

މި ހިނގާ 2024 ވަނަ އަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުން މިހާތަނަށް އަދި ހަރަދުވެފައި ވަނީ 37 ބިލިއަން ރުފިިޔާ ކަމަށާއި ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅަނީ ކުރިއަށް ކުރަން ހުރި ހަރަދުތަކަށް ބައެއް ބަދަލުތައް ގެންނަން ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފި އެވެ.

ވީ ކިހިނެއް؟ - ފިނޭންސް މިނިސްޓްރީ އިން މިއަދު ވަނީ މި އަހަރަށް ލަފާކޮށް ފާސްކޮށްފައިވާ 49.8 ބިލިއަން ރުފިޔާގެ ބަޖެޓަށް އިތުރު 5.1 ބިލިއަން ރުފިޔާ އިތުރުކުރުމަށް މިއަދު ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅައިފަ އެވެ.

ތަފްސީލް - ފިނޭންސް މިނިސްޓްރީ އިން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު: 

  • މިދިޔަ މަހުގެ ނިޔަލަށް ބަޖެޓުން ހޭދަވީ 37 ބިލިއަން ރުފިޔާ

  • އެ މުއްދަތުގެ ތެރޭ ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ ހިމެނޭ ގޮތުން 26 ބިލިއަން ރުފިޔާ ލިބިފައިވޭ

ސަޕްލިމެންޓްރީ ބަޖެޓާއެކު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 34 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެ އެވެ. އެގޮތުން: 

  • ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 7 ބިލިއަން ރުފިޔާ ލިބޭނެ

  • ހިލޭ އެހީގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް ވަނީ ލަފާކޮށްފައި

ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު މަޖިލީހުގައި ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓާއެކު މި އަހަރުގެ ބަޖެޓުގެ ޖުމްލަ 55 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށެވެ.

  •  ސަޕްލިމެންޓަރީ ބަޖެޓުގެ އޯވަރޯލް ޑެފިސިޓަކީ 4 ބިލިއަން ރުފިޔާ

  • މި އަހަރުގެ ބަޖެޓުގެ ޑެފިސިޓް  ސަޕްލިމެންޓަރީ ބަޖެޓާއެކު އިތުރު 18 ބިލިއަން ރުފިޔާއަށް އަރާނެ

  •  މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން %16 

  • މިއާއެކު އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި ހުންނާނީ އުފެއްދުންތެރިކަމުގެ ނިސްބަތުން %118 ގައި ކަމަށް ލަފާކުރެވޭ

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް