ހަންކެޑެ ހިންގަން ޓައިމް ހޮޓަލްސްއާ އެކު ސޮއިކުރުމަށް ފަހު އެއްބަސްވުން ބަދަލުކުރަނީ
ތަރައްގީކުރަން ނުފަށާ އޮތް ހަންކެޑެ ހިންގަން ޔޫއޭއީ ކުންފުންޏަކާ އެކު ސޮއިކޮށްފި
އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއެއްގެ ގޮތުގައި ތަރައްގީކުރާ އައްޑޫ ހަންކެޑެ ހިންގަން ޔޫއޭޭއީގެ ހޮސްޕިޓާލީ ކުންފުންޏަކާ އެކު އެ މަޝްރޫއު ހިންގާ، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)ން ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - އެމްއެފްއެމްސީގެ ރަސްމީ އެކްސް އެކައުންޓުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ހަންކެޑެ ހިންގަން ސޮއިކުރީ ޔޫއޭއީގެ ކުންފުންޏެއް ކަމަށްވާ ޓައިމް ހޮޓަލްސްއާ އެކު ކަމަށެވެ. އެގޮތުން:
-
އެ ކުންފުންޏާ އެކު އެއްބަސްވުމުގައި ސޮއިކުރީ މިހާރު ދުބާއީގައި ކުރިއަށްދާ ހޮސްޕިޓާލިޓީ ދާއިރާގެ އިންވެސްޓަރުންނަށް ހާއްސަ ފިއުޗާ ހޮސްޕިޓޭލިޓީ ސަމިޓުގެ ތެރޭގައި
-
އެމްއެފްއެމްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނާޒިމް
ތަފްސީލް - ޓައިމް ހޮޓަލްސްއިން ޔޫއޭއީގެ އިތުރަށް މިސްރާއި ގަތަރު ސައުދީ އަރަބިއްޔާ އަދި ލައިބީރިއާގައި ވެސް ހޮޓާ ހިންގަ އެވެ. އެ ކުންފުންޏާ އެކު ސޮއިކުރި އެއްބަސްވުމުގެ ތަފްސީލްތަކެއް އަދި ހާމައެއް ނުކުރެ އެވެ.
އެތަން ހިންގަން ބަޔަކާ އެކު ސޮއިކުރިއިރު ހަންކެޑެ ތަރައްގީ ކުރުމުގެ ގޮތުން މާ ބޮޑެތި މަސައްކަތްތަކެއް އަދި ނުކުރެ އެވެ. ހަމައެކަނި ކުރި ކަމަކީ އެ ސަރަހައްދުގައި ހުރި ރުއްތަކެއް ނަގައި އެހެން ސަރަހައްދަކަށް ގެންދިޔުމެވެ.
އެނގުން މުހިންމު - ގިނަ އަހަރުތަކެއް ވަންދެން ނުހެދި އޮތް އައްޑޫ ހަންކެޑެ ތަރައްގީކުރަން އާ ޕްލޭންތަކެއް އިއުލާންކޮށް އެއްބަސްވުންތަކުގައި ސޮއިކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. އެގޮތުން:
-
އައްޑޫ ހަންކެޑެ ތަރައްގީކުރަން ޗައިނާގެ ބޭންކަކުން 142 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ)ގެ ލޯނެއް ނަގަން އޭރު އެމްޑީޕީގެ ސަރުކާރުގައި ސޮއިކުރި
-
އެތަން ތަރައްގީކުރަން ހަވާލުކުރީ ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ)އާ
އޭރުގެ ސަރުކާރުން ބުނެފައި ވަނީ އެ މަޝްރޫއު ނިންމަން ސީއެންއީއީސީއަށް ދީފައިވަނީ ދެ އަހަރުގެ މުއްދަތެއް ކަމަށެވެ.