ކޮކާ-ކޯލާ އެކްސް މާވެލް: ދަ ހީރޯސް ކެމްޕޭންގައި ތައާރަފްކުރި ހާއްސަ ޕެކޭޖިންގެ ފުޅިތަކެއް. (ފޮޓޯ/ކޮކާ-ކޯލާ)

ކޮކާ-ކޯލާ

ސަޅިއޭ! ކޮކާ-ކޯލާ ފުޅީގެ ބޭރަށް މާވެލް ކެރެކްޓާތައް

މި ކެމްޕޭންގައި މާވެލް ޔުނިވާސްގެ ތަފާތު ކެރެކްޓަރުތައް ހިމެނޭ ގޮތަށް ކޮކާ-ކޯލާގެ ހާއްސަ އެޑިޝަން ޕެކޭޖިންއެއް ވަނީ ތައާރަފްކޮށްފައި. މި އެޑިޝަންގެ ކިއުއާރު ކޯޑް ސްކޭންކޮށްލުމުން ފުޅި އާއި ދަޅުގައި ހިމެނޭ ބަތަލަކަށް ނުވަތަ ވިލަންއަކަށް ހާއްސަ އޭއާރު އެނިމޭޝަނެއް ތަޖުރިބާކޮށްލެވޭނެ
11 ސެޕްޓެމްބަރު 2024

މާވެލް ޔުނިވާސްގެ ތަފާތު ކެރެކްޓަރުތައް ހިމެނޭ ގޮތަށް ކޮކާ-ކޯލާގެ ހާއްސަ އެޑިޝަން ޕެކޭޖިން ތައާރަފްކޮށްފި އެވެ. މި ކެމްޕޭނާ އެކު ކޮކާ-ކޯލާ އާއި މާވެލްގެ ދުނިޔެ އެއްވެ، ފޭނުންނަށް ތަފާތު އަދި އެ ދުނިޔޭގެ ތެރެއަށް ވަދެވިގެންދާ ފަދަ ތަޖުރިބާއެއް ލިބިގެންދެ އެވެ.

ރާއްޖޭގައި ކުރިއަށްދާ 'ކޮކާ-ކޯލާ އެކްސް މާވެލް: ދަ ހީރޯސް' ކެމްޕޭނުގައި މާވެލްގެ 13 ކެރެކްޓަރެއް ދައްކާލާފައިވެ އެވެ.

އޭގެ ތެރޭގައި، ކޮކާ-ކޯލާ އާއި ކޮކާ-ކޯލާ ޒީރޯ ޝުގާ ފުޅިތަކާއި ދަޅުތަކުގައި ޑެޑްޕޫލް އާއި ވޮލްވަރިން ފަދަ ފޭނުން އެންމެ ގަޔާވާ ކެރެކްޓަރުތައް ހިމެނެ އެވެ.

ޕެކޭޖިންގައި ހުދު، ރަތް، އަދި ކަޅު ޓޯންގެ ބެލެންސްއާ އެކު ފާހަގަކޮށްލެވޭ ޑިޒައިންއެއް އެކުލެވިގެންވާއިރު، ކޮންމެ އުފެއްދުމަކީ ވެސް ގޭގައި ހަނދާނަކަށް ބަހައްޓާލެވޭ ފަދަ އެއްޗަކަށް ވެގެންދެ އެވެ.

"މި ކެމްޕޭނަކީ ލޯބިވާ ދެ ގްލޯބަލް ބްރޭންޑެއް އެއްވެލައިގެން، ރާއްޖޭގައި ތިބި އަޅުގަނޑުމެންގެ ފަރާތްތަކަށް ހާއްސަ ކަމެއް ފޯރުކޮށްދިނުމުގެ ކެމްޕޭނެއް،" ސްރީ ލަންކާ އާއި ރާއްޖޭގެ ކަންޓްރީ ޑިރެކްޓަރު ކައުޝާލީ ކުސުމާޕާލާ ވިދާޅުވި އެވެ.

"ފޭނުންނަށް އެމީހުން އެންމެ ގަޔާވާ މާވެލް ބަތަލުންނާ އެކު ގާތުން ބައްދަލުކޮށްލައި މަޖާކޮށްލުމުގެ ފުރުސަތު ދެވުމަކީ އަޅުގަނޑުމެން ލިބޭ އުފަލެއް."

މި ހާއްސަ އެޑިޝަންގައި ހިމެނޭ ކިއުއާރު ކޯޑްތައް ސްކޭންކޮށްލުމުން، ފުޅި އާއި ދަޅުގެ ޕެކެއްގައި ހިމެނޭ ކޮންމެ ބަތަލަކަށް ނުވަތަ ވިލަންއަކަށް ހާއްސަ އޭއާރު އެނިމޭޝަން ތަޖުރިބާތައް ހުޅުވާލެވޭނެ އެވެ. މި އިންޓަރެކްޓިވް ފީޗާގެ ސަބަބުން ފޭނުންނަށް އެމީހުން އެންމެ ގަޔާވާ ކެރެކްޓަރުތަކާ މުޅިން އާ ގޮތަކަށް ގުޅިލާމެހިގެން ގޮސް، މާވެލް ޔުނިވާސްއަށް އިތުރު ދިރުމެއް ގެނެސްދެ އެވެ.

ބައެއް ފިހާރަތަކުން ބޮޑު ދެ ފުޅިއެއް ގަންނަ ކޮންމެ ކަސްޓަމަރަކަށް މާވެލް ފްރިޖް މެގްނެޓެއް މުޅިން ހިލޭ ލިބޭއިރު، މިއީ ކެމްޕޭނަށް އިތުރު ފޯރިއެއް ގެނެސްދޭ ކަމެކެވެ.

ކޮކާ-ކޯލާއިން މި ކެމްޕޭނަށް ފުރިހަމަ މާކެޓިން ކެމްޕޭނެއް ހުޅުވާލާނެ އެވެ. އޭގެ ތެރޭގައި:

  • ޓީވީ އަދި ފިހާރަތަކުގައި ޖަހާ އިޝްތިހާރުތައް ހިމެނޭނެ؛ ޓީވީ އިޝްތިހާރުތަކުން ބެލުންތެރިން ދަތުރުކުރާނީ ކޮކާ-ކޯލާއެއް ހުޅުވުން ފަދަ ކުޑަ ކަމަކުން މާވެލް ޔުނިވާސްގެ ގޭޓްވޭއެއް ހުޅުވި، ގުޅުމާއި ފޯރީގެ ފޯރިގަދަ ވަގުތުތަކެއް އުފެދިގެންދާނެ ދުނިޔެއަަކަށް

  • ޝައުގުވެރި ސޯޝަލް މީޑިއާ ކޮންޓެންޓް ހިމެނޭނެ

ކޮކާ-ކޯލާ އާއި މާވެލްގެ މި ކެމްޕޭނަކީ އުތުރު އެމެރިކާ، ލެޓިން އެމެރިކާ، ޔޫރަޕް، ޗައިނާ، ޖަޕާން، އަދި އޭޝިއާ ޕެސިފިކް ސަރަހައްދު ހިމެނޭ ގޮތަށް 50 އަށް ވުރެ ގިނަ ގައުމު ހިމެނޭ ބައިނަލްއަގްވާމީ ކެމްޕޭނެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސަޕޯޓަރުން މި ހާއްސަ އެޑިޝަންގެ އުފެއްދުންތައް އެއްކުރަމުން އަންނައިރު، ދިވެހިންނަށް ވެސް މިހާރު އެ ފުރުސަތު މި ވަނީ ތަނަވަސްވެފަ އެވެ.

ދުނިޔޭގެ އެންމެ މަގުބޫލް އަދި ގިނަ ބައެއްގެ ލޯބި ލިބިފައިވާ އެއް ބްރޭންޑް ކަމަށްވާ ކޮކާ-ކޯލާއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ބަޔަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭތާ 138 އަހަރު ވަނީ ވެފަ އެވެ.

ރާއްޖޭގައި ކޮކާ-ކޯލާގެ އުފެއްދުންތައް ބަންދުކުރާ ޕާޓްނަރު ކަމަށްވާ މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ދަ ކޮކާ-ކޯލާ ކޮމްޕެނީއިން ވަނީ ކަރުހިއްކުން ފިލުވާލަދޭ، ރަހަމީރު ތަފާތު ބުއިންތައް ރާއްޖޭގެ މާކެޓަށް ތައާރަފްކޮށްފަ އެވެ. މީގެ އިތުރުން، އާންމުންގެ ދިރިއުޅުން އުޖާލާކޮށްދޭ ފަދަ ހަރަކާތްތަކާއި މަޝްރޫއުތައް ވެސް ކޮކާ-ކޯލާ ބްރޭންޑުން ކުރިއަށްގެންދެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް