ހުޅުމާލޭގައި ހުންނަ ގަވިން ފިހާރަ
ލިވިން އެކްސްޕޯގައި ގާވިން މޯލްޑިވްސްގެ ސްޓޯލަށް ގޮސްގެން އިނާމެއް ލިބިދާނެ
މާދަމާ ފަށާ މޯލްޑިވްސް ލިވިން އެކްސްޕޯ 2024ގައި ގާވިން މޯލްޑިވްސްއިން މުޅިން އާ އުފެއްދުންތަކެއް ދައްކާލައި އެ ސްޓޯލަށް ޒިޔާރަތްކުރާ މީހުންނަށް އަގުހުރި އިނާމު ހޯދުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ވީ ކިހިނެއް؟ - ލިވިން އެކްސްޕޯ 2024 ކުރިއަށްދާނީ މާދަމާއިން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.
މިފަހަރު ލިވިން އެކްސްޕޯގައި ގާވިންއިން ދައްކާލާނީ ގޭތެރެއަށް ރީތިކަމާއި އިތުރު ފަސޭހަކަން ގެނެސްދޭ އެންމެ ފަހުގެ އުފެއްދުންތަކެވެ.
އެ އެކްސްޕޯގައި ގާވިންގެ ސްޓޯލް ނަންބަރަކީ 6 އަދި 7 އެވެ. މި ސްޓޯލަށް ޒިޔާރަތްކުރާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ޒަމާނީ މަލްޓިފަންކްޝަނަލް ސިންކެއް ލިބޭ ލަކީޑްރޯއެއް ވެސް ކުރިއަށްދާނެ އެވެ.
ގާވިން މޯލްޑިވްސް
ގާވިންއަކީ ކަސްޓަމަރުން ބޭނުންވާ ޑިޒައިންތަކަށް ފަރުނީޗަރު ޖަހައިދީ، ބަދިގޭ ކަބަޑު ސެޓު ހަދައިދީ، ހަރުކޮށްދިނުމުގެ ހިދުމަތް ދެމުން އަންނަ ތަނެވެ.
ހުޅުމާލޭގައި ހުންނަ ގާވިންގެ ޝޯރޫމަކީ ކަސްޓަމައިޒްޑް ފަރުނީޗަރަށް ހާއްސަކޮށް ރާއްޖޭގައި ހުންނަ އެންމެ ބޮޑު ޝޯރޫމެވެ. އެތަނުން:
-
ގަންނަ މުދާ ޑެލިވަރީ ކޮށްދޭނެ
-
އެމްއެފްއެލްސީ އަދި އެމްއައިބީ މެދުވެރިކޮށް ވެސް މުދާ ގަނެވޭނެ