ވެލިގާ ޔޫރޯ 2024 ސޮކާ ޕްރެޑިކްޓާ ޗެލެންޖުން މޮޅުވި މީހުންނަށް އިނާމު ހަވާލުކުރުން. (ފޮޓޯ/ވެލިގާ)

ވެލިގާ ހާޑްވެއާ

ވެލިގާގެ ޔޫރޯ މުބާރާތުގެ ވަނަތައް ހޮވައި އިނާމު ދީފި

މި ޗެލެންޖުގައި ޕޮއިންޓު ލިބެނީ ޔޫރޯ މެޗުތައް ފެށުމުގެ ކުރިން އެ މެޗެއްގެ ނަތީޖާ ދިމާކޮށްގެން؛ އެންމެ ގިނައިން ޕޮއިންޓު ހޯދި ފަރާތަށް އިނާމެއްގެ ގޮތުގައި ސްޓޯން ހޮޓެލްސް ދިއްފުށީގައި ތިން ރޭ ހުރުން ދީފައިވާއިރު، އިތުރު ފަސް ނަސީބުވެރިންނަށް ވެލިގާގެ ފިހާރަތަކުން ވިޔަފާރިކުރެވޭ ވައުޗާއެއް ވަނީ ދީފައި

ވެލިގާއިން ޔޫރޯ 2024އަށް ހާއްސަކޮށް ކުރިއަށްގެންދިޔަ 'ސޮކާ ޕްރެޑިކްޓާ ޗެލެންޖު'ގެ ނަސީބުވެރިންނަށް އިއްޔެ އިނާމު ހަވާލުކޮށްފި އެވެ.

ވީ ކިހިނެއް؟ - ޔޫރޯ އޮފިޝަލް ގޭމިން ޕްލެޓްފޯމުގައި ކުރިއަށްގެންދިޔަ އެ ޗެލެންޖުގައި ފުޓުބޯޅައަށް ލޯބިކުރާ ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފަ އެވެ.

ތަފްސީލު - އެ ޗެލެންޖުގައި ޕޮއިންޓު ލިބެނީ ޔޫރޯ މެޗުތައް ފެށުމުގެ ކުރިން އެ މެޗެއްގެ ނަތީޖާ ދިމާކޮށްގެންނެވެ.

އެންމެ ގިނަ ޕޮއިންޓު ހޯދައިގެން ވަނަތަކަށް ހޮވުނު މީހުންނަކީ:

  • އެއް ވަނަ - ނަޝީދު (478 ޕޮއިންޓު)؛ އިނާމަކީ ސްޓޯން ހޮޓެލްސް ދިއްފުށީގައި ތިން ރޭގެ ހުރުން

އިތުރު ފަސް ނަސީބުވެރިން:

  • ޝަހީމު (ޓީމުގެ ނަން: ޝައިމް) - 450 ޕޮއިންޓު

  • ޝުރުފާ (ޓީމުގެ ނަން: ޝުރަޕް) - 448 ޕޮއިންޓު

  • މުހައްމަދު އަލީ ދީދީ (ޓީމުގެ ނަން: ބަންޖޯ) - 436 ޕޮއިންޓު

  • އަހްމަދު ނައްފާޒު (ޓީމުގެ ނަން: ނައްފާޒު) - 424 ޕޮއިންޓު

  • ޓީމުގެ ނަން: ސޮބާ - 422 ޕޮއިންޓު

ވެލިގާ ޔޫރޯ 2024 ސޮކާ ޕްރެޑިކްޓާ ޗެލެންޖުން މޮޅުވި މީހުންނަށް އިނާމު ހަވާލުކުރުން. (ފޮޓޯ/ވެލިގާ)

މި ފަސް ނަސީބުވެރިންނަށް އިނާމެއްގެ ގޮތުގައި ވެލިގާއިން ދެނީ 2،500ރ.ގެ ގިފްޓް ވައުޗާއެކެވެ. އެ ވައުޗަރު ބޭނުންކޮށްގެން ވެލިގާ ހާޑްވެއާ އަދި ބްލަންކުގެ ކޮންމެ ފިހާރައަކުން ވެސް އެ ވައުޗަރުގެ އަދަދަށް ވިޔަފާރި ކުރެވޭނެ އެވެ.

ޔޫރޯއާ ދިމާކޮށް ވެލިގާއިން މިފަދަ މުބާރާތެއް ހިންގީ، އެ ކުންފުނިން ބުނާ ގޮތުގައި އެ މުބާރަތަކީ ގިނަ ދިވެހިންނާއި ވެލިގާގެ ކަސްޓަމަރުންގެ މެދުގައި ވެސް މަގުބޫލު މުބާރާތަކަށް ވުމާއި ކަސްޓަމަރުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް