އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އެ ކުންފުނީގެ 2023 ވަނަ އަހަރުގެ މާލީ ހިސާބުތަކުގެ އުސްއަލިތައް ވިދާޅުވެދެއްވަނީ (ފޮޓޯ/އެސްޓީއޯ)
އެރިޓްރިއާގައި ހިފަހައްޓާފައި ހުރި އެފްސްއެމްގެ ތެޔޮ ބޯޓުތައް ގެނެވޭނެ ދުވަހެއް ނޭނގޭ: އެސްޓީއޯ
އެރިޓްރިއާގައި ހިފަހައްޓާފައިވާ އެފްއެސްއެމްގެ ތެޔޮ ބޯޓުތައް ރާއްޖެ ގެނެވޭނެ ދުވަހެއް ނޭނގޭ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވި ބައެއް ހިއްސާދާރުން ވަނީ އެސްޓީއޯގެ ސަބްސިޑަރީއެއް ކަމަށްވާ އެފްއެސްއެމް އިން މިސްރުގެ ކުންފުންޏަކާ ހަވާލުކޮށްގެން ބަން ހަތަރު ބާޖުގެ ތެރެއިން ދެ ބާޖު އެރިޓްރިއާގައި ހިފަހައްޓާފައި އޮންނަތާ ގިނަ ދުވަސްވެފައިވާތީ އޭގެ މައުލޫމާތު ސާފުކޮށްދިނުމަށް އެދިފަ އެވެ.
ބުނީ ކީކޭ؟ - ހިއްސާދާރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝިމާދު ވިދާޅުވީ އެރިޓްރިއާއާ މުއާމަލާތު ކުރަން ވަރަށް އުނދަގޫ ކަމަށާއި އަދި އަލި މަގެއް ނުލިބޭ ކަމަށެވެ.
"އެރިޓްރިއާގައި ހިފަހައްޓާފައިވާ ބާޖުތަކަށް އަޅުގަނޑަށް މާ އުއްމީދީ ޖަވާބެއް ދެވޭ ގޮތަކަށް ނޫން އަދިވެސް ކަންތައްތައް އޮތީކީ،" ޝިމާދު ވިދާޅުވި އެވެ.
"އަދި އަލި މަގެއް ނުފެނޭ. އަލި މަގެއް ފެންނާނެ ކަމުގެ ޔަގީންކަމެއް ވެސް އަދި ނެތް."
ފަސްމަންޒަރު - އެފްއެސްއެމް އިން މިސްރުގެ ކުންފުންޏަކާ ހަވާލުކޮށްގެން ބަން ހަތަރު ބާޖުގެ ތެރެއިން ދެ ބާޖުގެ މަސައްކަތް ނިންމައި މިސްރުން ރާއްޖެ އައުމުގެ މަގުމަތީގައި މޫސުން ގޯސްވެ ކަނޑު ގަދަވެގެން، ކުއްލި ހާލަތުގައި ހުއްދަ ހޯދުމަކާ ނުލައި އެރިޓްރިއާގެ ބަނދަރަށް ވަދެފައިވަނީ މިދިޔަ އަހަރުގެ 26 އޭޕްރީލްގަ އެވެ.
އެ ބޯޓުގައި ތިބި ފަޅުވެރިން ވެސް ހިފަހައްޓާފައި ބޭތިއްބުމަށް ފަހު ފަހުން ވަނީ ދޫކޮށްލައިފަ އެވެ.
އެފްއެސްއެމްގެ ދެ ބާޖު ހިފެހެއްޓި ދުވަސްވަރު އެފަދަ ހާލަތެއް މެދުވެރިވެގެން އެރިޓްރިއާއަށް ވަން ތެލުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ޕެޓްރޯލިއަމް ލިންކުގެ ބޯޓެއް ވެސް ވަނީ ހިފަހައްޓައިފަ އެވެ.
ކޮމެންޓް (2)
ހަސަން
ވޮޗްމޭން