އެރިތުރިއާގައި ހިފަހައްޓާފައިވާ އެފްއެސްއެމްގެ ބޯޓެއް: ދެ ބޯޓެއް ހިފެހެއްޓީ ހުއްދަ ނުނަގައި އެ ގައުމުގެ ސަރަހައްދަށް ވަތް ކަމަށް ބުނެ
އެފްއެސްއެމްގެ ތެޔޮ ބޯޓްތައް 6 މަސްވީއިރު ވެސް އެރިޓްރިއާގައި ހިފަހައްޓާފައި
އެފްރިކާގެ އެރިޓްރިއާގައި ބަނދަރުކުރި ތަނުން އެ ގައުމުގައި ހިފަހައްޓާފައިވާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ދެ ޓަގް ބޯޓް އަދިވެސް ރާއްޖެ ނުގެނެވޭ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
މައްސަލައިގެ ފެށުން - މިސްރުގައި ބަނދެގެން ރާއްޖެއަށް ގެނައި މަގުމަތީގައި އެ ދެ ޓަގް ބޯޓް ހިފެހެއްޓީ މޫސުން ގޯސްވެގެން އެރިޓްރިއާގައި ބަނދަރުކުރި ތަނުންނެވެ. އެގޮތުން:
-
ބޯޓްތައް އެރިޓްރިއާގައި ބަނދަރުކުރީ 26 އޭޕްރީލްގައި
-
އެ ބޯޓްތައް ހިފެހެއްޓީ ހުއްދަ ނުނަގާ އެ ގައުމުގެ ސަރަހައްދަށް ވަތް ކަމަށް ބުނެ
-
ބޯޓުގައި ތިބި ފަޅުވެރިން ވަނީ ޖޫން މަސް ތެރޭ ރާއްޖެ ގެނެސްފައި
-
ބޯޓްތައް ގެންނަން އެރިޓްރިއާއާ މަޝްވަރާކުރާ ކަމަށް ސަރުކާރާއި އެފްއެސްއެމްއިން ބުނެފައިވޭ
ވީ ކިހިނެއް؟ - އެ ބޯޓްތަކާ ގުޅޭ ގޮތުން އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމްއާ މިއަދު 'ދައުރު'ން ސުވާލުކުރުމުން އޭނާ ވިދާޅުވީ އެ ބޯޓްތައް އަދިވެސް ނުގެނެވޭ ކަމަށެވެ. އަދި އެ ބޯޓްތައް ގެނައުމާ ގުޅޭ ގާނޫނީ ކަންކަން ކުރުމާއި މުއާމަލާތްތައް ކުރިއަށް ގެންދަނީ އެފްއެސްއެމްގެ މައި ކުންފުނި، އެސްޓީއޯއިން ކަމަށް ވެސް ގަސަމް ވިދާޅުވި އެވެ.
އެކަމާ ގުޅޭ ގޮތުން އެސްޓީއޯއާ ގުޅުމުން އެ ކުންފުނީގެ އޮފިޝަލުން ވެސް ވަނީ އެ ބޯޓްތައް އަދިވެސް ގެނެވޭނެ ގޮތެއް ވެފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، އޭގެ ތަފްސީލްތައް ފަހުން ދޭނެ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.
އެނގުން މުހިންމު - މިސްރުގައި ބަނދެގެން ރާއްޖެ ގެންނަން އުޅުނު މި ދެ ތެޔޮ ބޯޓަކީ 2019 ވަނަ އަހަރު އެފްއެސްއެމްއަށް ހަތަރު ބޯޓު ބޭނުންވެގެން ބަންނަން އޯޑަރު ދިން ހަތަރު ބޯޓުގެ ތެރެއިން ދެ ބޯޓެވެ. އެފްއެސްއެމް އިން މީގެ ކުރިން ބުނެފައިވާ ގޮތުގައި:
-
ކޮންމެ ބޯޓެއް ބަންނަން 753،000 ޑޮލަރު (11.6 މިލިއަން ރުފިޔާ) ހަރަދުވެފައިވޭ
-
ހިފަހައްޓާފައިވާ ދެ ބޯޓުގެ ޖުމްލަ އަގު 1.5 މިލިއަން ޑޮލަރު (23.22 މިލިއަން ރުފިޔާ)އަށް އަރާ
-
180،000 ލީޓަރުގެ ޑީސަލާއި 40،000 އާއި 60،000 ލީޓަރުގެ ޕެޓްރޯލް އެ ބޯޓުތަކުގައި ރައްކާ ކުރެވޭނެ
ކޮމެންޓް (3)
ފިއުލް
ހިތަދޫ 2
ޔޫސްފުލް ބްލޫބެރީ