ފުޑް ކާނިވަލުގައި ހުންނަ ސިމްޑީގެ ސްޓޯލް (ފޮޓޯ/ސިމްޑީ)

ސިމްޑީ

ފުޑް ކާނިވަލުގައި ސިމްޑީއިން އިލީ އަދި އިލެކްޓްރޮލަކްސް އިން ޑިސްކައުންޓު ދެނީ

ފުޑް ކާނިވަލަށް ޒިޔާރަތްކުރާ މީހުންނަށް އިލީގެ އެކި ބްލެންޑުތަކުގެ ކޮފީއާ ގުޅޭ މައުލޫމާތު ދީ، ކޮފީ އެންމެ މީރުކޮށް ތައްޔާރު ކުރާނެ ގޮތް ވެސް ކިޔައިދޭނެ

މިހާރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މޯލްޑިވްސް ފުޑް ކާނިވަލުގައި، އެ ކުންފުނިން ވިއްކާ އިލީ ކޮފީ އާއި އިލެކްޓްރޮލަކްސް ހޯމް އެޕްލަޔަންސްތަކުން ހާއްސަ ޑިސްކައުންޓު ލިބޭނެ ކަމަށް ސިމްޑީ އިން ބުނެފި އެވެ.

ތަފްސީލް - އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ފުޑް ކާނިވަލުގައި ހުންނަ ސިމްޑީގެ ސްޓޯލަށް ޒިޔާރަތްކުރާ މީހުންނަށް އިލީ ބްރޭންޑުގެ ކޮފީއާ ގުޅޭ މައުލޫމާތުދީ، ކޮފީ އެންމެ މީރުކޮށް ތައްޔާރު ކުރެވޭނެ ގޮތް ކިޔައިދިނުމުގެ އިތުރުން ކޮފީ ރަހަ ބަލާލުމުގެ ފުރުސަތު ވެސް ދޭނެ އެވެ.

އެނގުން މުހިއްމު - ސިމްޑީ އަކީ އިލީ ބްރޭންޑުގެ ރާއްޖޭގެ ޑިސްޓްރިބިޔުޓަރެވެ.

މީގެ އިތުރުން ސިމްޑީ އިން ވިއްކާ އިލެކްޓްރޮލަކްސް ބްރޭންޑުގެ ހޯމް އެޕްލަޔަންސް ވެސް މި ފެސްޓިވަލުގައި ހުންނާނެ އެވެ. 

ސިމްޑީ އިން ބުނިގޮތުގައި:

  • ބަދިގޭގައި ބޭނުންކުރާ ސާމާނުގެ އިތުރުން، އިލެކްޓްރޮލަކްސް ބްރޭންޑުގެ ހޯމް އެޕްލަޔަންސްތަކުން ފުޑް ކާނިވަލުގައި ހާއްސަ ޑިސްކައުންޓު ލިބޭނެ

  • އިލެކްޓްރޮލަކްސްގެ އުފެއްދުންތައް ބޭނުންކުރާނެ ގޮތް ކަސްޓަމަރުންނަށް ދައްކާލުން ވެސް އެ ސްޓޯލުގައި ކުރިއަށްދާނެ

މި ދެ ބްރޭންޑުގެ އުފެއްދުންތައް ޑިސްކައުންޓު އަގުތަކުގައި ގަތުމަށް ފުޑް ކާނިވަލުގައި ހުންނަ ސިމްޑީގެ ސްޓޯލަށް ޒިޔާރަތްކުރުމަށް ސިމްޑީ އިން ދައުވަތުދެ އެވެ.

ސިމްޑީ ގްރޫޕް

ޕްރޮފައިލް ޕޭޖް
info@simdi.com
3334400

އިތުރު އާޓިކަލް

އިތުރު އާޓިކަލް