ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފަތުރުވެރިން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
ޓޫރިޒަމަށް ތިޔާގި 16 އަހަރަށް ފަހު ތަދު އޮފްސީޒަނެއް
މި އަހަރުގެ އޮފް ސީޒަން ދުވަސްވަރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މިދިޔަ ދެ އަހަރުުގެ އޮފް ސީޒަނާ އަޅާބަލާއިރު ވެސް ދަށްވެފައިވާކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ތަފްސީލު - ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ސީޒަން ނިމިގެން މިވީ ދެ މަހެއްހާ ދުވަހު އައި ފަތުރުވެރިންގެ އަދަދުު މިދިޔަ ދެ އަހަރުގެ އެ މުއްދަތުގައި އައި ފަތުރުވެރިންގެ އަދަދާ އަޅާބަލާއިރު ވަނީ ދަށްވެފަ އެވެ.
ވަކިވަކި މަސްތަކުގައި ފަތުރުވެރިން އައި އަދަދު
މެއި
-
2022 - 125،528 ފަތުރުވެރިން
-
2023 - 120،959 ފަތުރުވެރިން
-
2024 - 119،875 ފަތުރުވެރިން
މިއަހަރުގެ މެއި މަހު އައި ފަތުރުވެރިންގެ އަދަދަކީ މިދިޔަ އަހަރުގެ މެއި މަހާ އަޅާބަލާއިރު %0.9 ދަށް އަދަދެކެވެ.
ޖޫން (1 - 12ގެ ނިޔަލަށް)
-
2022 - 44،849 ފަތުރުވެރިން
-
2023 - 45،161 ފަތުރުވެރިން
-
2024 - 44،013 ފަތުރުވެރިން
ސިނާއަތުގެ ބަސް - މިދިޔަ މަސް ތެރޭ 'ދައުރު'އަށް ދެއްވި އިންޓަވިއުއެއްގައި ރިސޯޓް ވެރިން ތަމްސީލް ކުރާ ޖަމްއިއްޔާ މަޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު ވިދާޅުވެފައިވާ ގޮތުގައި މީގެ 16 އަހަރު ކުރީގެ ގޮތަށް ރާއްޖޭގެ ރިސޯޓްތަކަށް ދިގު އޮފް ސީޒަނަކާ މިއަހަރުން އަނެއްކާ ވެސް މި ވަނީ ކުރިމަތިވެފަ އެވެ. އޭނާ ވިދާޅުވީ ގިނަ ރިސޯޓްތަކުގެ އޮކިއުޕަންސީ މިހާރު އުޅެނީ އެވްރެޖްކޮށް %40ވަރުގައި ކަަމަށެވެ.
މައިގަނޑު އެއް ސަބަބަކީ ޔޫރަޕްގެ ފިނި މޫސުމާއެކު ރާއްޖޭގެ ރިސޯޓްތަކަށް އަންނަ ފަޅުކަން ފިލުވައިދެމުން އައީ އިންޑިއާ ޓޫރިސްޓުން މިހާރު ރާއްޖެ އަންނަވަރު މަދުވުމެވެ. އިންޑިއާ ޓޫރިސްޓުން ރާއްޖެ އަންނަވަރު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު %41 ދަށަށް ގޮސްފަ އެވެ.
ނަޒީރު އިތުރަށް ވިދާޅުވި ގޮތުގައި އޮފް ސީޒަނުގައި ރާއްޖޭގެ ރިސޯޓްތަކުގެ އޮކިއުޕަންސީ މިއަހަރު ވަރަށް ބޮޑަށް ދަށަދް ދަނީ ކޮވިޑަށް ފަހު ރާއްޖެ ފަދަ ޓޫރިސްޓު މަންޒިލްތައް ހުޅުވި އެ ތަންތަނަށް ގިނަ ޓޫރިސްޓުން ގެންދަން ކުރާ މަސައްކަތުގައި އެ މަންޒިލްތަކުގެ އަގުތައް ކުޑަކުރުމެވެ. އަދި އެ މީހުންގެ ޑެސްޓިނޭޝަން މާކެޓިން ވެސް ރަނގަޅުކުރުމަކީ އަނެއް ސަބަބެވެ.
"ރިސޯޓްތަކުގެ އޮކިއުޕަންސީ ހިފަހައްޓަން އަޅުގަނޑުމެން އިތުރަށް މަސައްކަތް ކުރަން ޖެހިފައި މި ވަނީ. މިހާރަށް ވުރެ މާބޮޑަށް ރާއްޖެ އިޝްތިހާރު ކުރުން ރަނގަޅު ކުރަން އެބަ ޖެހޭ،" ނަޒީރު ވިދާޅުވި އެވެ.
މިހާތަނަށް 9 ލައްކަ ފަތުރުވެރިން
މިދިޔަ ދެ މަސް ދުވަހު ފަތުރުވެރިން އައި އަދަދު ދަށްވި ނަމަވެސް އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހު ފަތުރުވެރިން އައި އަދަދު، ހުރީ މިދިޔަ ދެ އަހަރާ އަޅާބަލާއިރު މަތީގަ އެވެ. އަދި ޖޫން 12ގެ ނިޔަލަށް އައި ޖުމްލަ ފަތުރުވެރިންގެ އަދަދު ވެސް މިދިޔަ ދެ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އިތުރެވެ. އެގޮތުން:
-
2022 - 747،183 ފަތުރުވެރިން
-
2023 - 854،405 ފަތުރުވެރިން
-
2024 - 936،258 ފަތުރުވެރިން
މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން އައި މާކެޓްތަކަކީ:
-
1-
ޗައިނާ - 107،940
-
2-
ރަޝިއާ - 96،179
-
3-
އިނގިރޭސިވިލާތް - 88،209
-
4-
އިޓަލީ - 76،925
-
5-
ޖާމަނީ - 74،796
ގުޅުން ހުރި ކަމެއް - ސަރުކާރުން އަމާޒު ހިފާފައިވަނީ މި އަހަރު ދެ މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ. ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ކުރާ މަސައްކަތްތަކާ އެކު އެ އަދަދު ދެ މިލިއަނަށް ވުރެ އިތުރުވާނެ ކަމަށް1 ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ލަފާކުރައްވަ އެވެ.
ކޮމެންޓް (2)
ޑިމެންޝިއާ
ޙަމް