ސްޓެލްކޯ ހިންގާ އިމާރާތް (ދައުރު ފައިލް ފޮޓޯ/ މުހައްމަދު އަމާން)

ސްޓެލްކޯ

ކަރަންޓު ބިލުތަކާ ގުޅޭ ޝަކުވާ ހުށަހަޅަން ނަންބަރެއް

ވަޓްސްއެޕް އާއި ޓެލެގްރާމް އަދި އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ކަމަށް ސްޓެލްކޯ އިން ބުނި

ސްޓެލްކޯގެ ކަރަންޓް ބިލުތަކާ މެދު އާންމުންގެ ޝަކުވާއެއް އޮތް ނަމަ، ޝަކުވާ ހުށަހަޅަން ފަސޭހަކޮށްދީފި އެވެ.

ވީ ކިހިނެއް؟ - ސްޓެލްކޯ އިން އެންމެ ފަހުން ފޮނުވި ކަރަންޓު ބިލު ބޮޑުވެގެން އާންމުން ދަނީ ޝަކުވާ ކުރަމުންނެވެ. ބިލާ މެދު ހިތްހަމަ ނުޖެހުން އޮތްކަން ހާމަކުރުމަށް ބައެއް މީހުން ވަނީ މިއަދު ސްޓެލްކޯގެ ހެޑް އޮފީސް ހުންނަ އަމީނީމަގު ސަރަހައްދަށް ވެސް އެއްވެފަ އެވެ.

ތަފްސީލް - އެ ކުންފުނިން ސޯޝަލް މީޑިއާގައި އާންމު ކުރި ޕޯސްޓެއްގައި، ކަރަންޓު ބިލާ މެދު ޝަކުވާ އޮތް ނަމަ އެ ޝަކުވާއެއް ވަޓްސް އެޕް ނުވަތަ ޓެލެގްރާމް މެދުވެރިކޮށް ފޮނުވޭނެ ނަންބަރު އާންމުކޮށްފައިވެ އެވެ.

  • ޝަކުވާ ހުށަހަޅާނެ ނަންބަރު: 7788438

  • މީގެ އިތުރުން އީމެއިލް މެދުވެރިކޮށްbilling@stelco.com.mv އަށް ވެސް ޝަކުވާ ހުށަހެޅޭނެ

ސްޓެލްކޯ އިން ބުނީ ކަސްޓަމަރުންގެ ޝަކުވާތަކަށް24 ގަޑިއިރު ތެރޭ ޖަވާބު ދިނުމަށް އެ ކުންފުނިން މަސައްކަތް ކުރާނެ ކަމަށެވެ.

ގުޅުން ހުރި - މިދިޔަ މަހު ވެސް ކަރަންޓު ބިލު ބޮޑުވުމުގެ ޝަކުވާ އާންމުން ކުރަން ފެށުމާ އެކު، ސަރުކާރުގެ އެންގުމާ އެއްގޮތަށް ސްޓެލްކޯ އިން ވަނީ ރޯދަމަހު ދިން ވަރުގެ ޑިސްކައުންޓެއް ހިމެނޭ ބިލުތަކެއް ފޮނުވައިފަ އެވެ.  

admin@stelco.com.mv
3320982

އިތުރު އާޓިކަލް

އިތުރު އާޓިކަލް