އޭޑީކޭގައި ބޭނުން ކުރާ 3ޓީ އެމްއާރުއައި މެޝިން(ދައުރު ފޮޓޯ/އަބްދުﷲ އިއާން)

އެޑްވަޓޯރިއަލް

އޭޑީކޭގައި ފެށި 3ޓީ އެމްއާރުއައި ހިދުމަތާއެކު ހިދުމަތް ފުޅާވެ ބަލިމީހުންނަށް ފަސޭހަވެއްޖެ

މި މެޝިން ޑިޒައިން ކޮށްފައިވަނީ މެޝިނުގެ ތެރޭ ބަލި މީހާ އޮންނަ އިރު ހާސްވުން ނުވަތަ ކްލޮސްޓްރޯފޯބިއާގެ އިހުސާސްތައް ވަރަށް ބޮޑަށް ކުޑަކޮށްދޭ ގޮތަށް

ރާއްޖޭގެ އެންމެ ބޮޑު އެއް ޕްރައިވެޓް ހޮސްޕިޓަލް، އޭޑީކޭ އިން މިދިޔަ އަހަރުގެ އޮގަސްޓު މަހު ތައާރަފު ކުރި 3ޓީ އެމްއާރުއައި ހިދުމަތާއެކު ބަލިމީހުންނަށް ހިދުމަތް ދޭ މިންވަރު އިތުރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އޭޑީކޭގައި ބޭނުންކުރާ ސީމަންސްގެ އެންމެ ފަހުގެ މެގްނެޓޮމް ލޫމިނާ 3T އެމްއާރުއައި މެޝިނާއެކު ބަލިމީހުންނަށް އަރާމު އަދި އެންމެ ފެންވަރު ރަނގަޅު ހިދުމަތް ދިނުމަށް ކުރާ މަސައްކަތަށް ކުރިއެރުން ލިބިފައިވާކަން އެ ހޮސްޕިޓަލުން ފާހަގަ ކުރެ އެވެ.

މެގްނެޓޯމް ލޫމިނާ 3ޓީ އަކީ ބަލިމީހާއަށް ވީހާވެސް ފަސޭހަވާނެހެން ފަރުމާކޮށްފައިވާ މެޝިނެކެވެ.

މި މެޝިން ޑިޒައިން ކޮށްފައިވަނީ މެޝިނުގެ ތެރޭ ބަލި މީހާ އޮންނަ އިރު ހާސްވުން ނުވަތަ ކްލޮސްޓްރޯފޯބިއާގެ އިހުސާސްތައް ވަރަށް ބޮޑަށް ކުޑަކޮށްދޭ ގޮތަށެވެ.

ކްލޮސްޓްރޯފޯބިއާ އަކީ އެމްއާރުއި ސްކޭން ހަދާ ގިނަ ބަލިމީހުންނަށް ކުރިމަތިވާ ގޮންޖެހުމެކެވެ. 3ޓީ މެޝިނުގެ ތަނަވަސް ފަރުމާގެ ސަބަބުން ބަލިމީހުންނަށް ހާސްކަން ކުޑަކޮށްދީ، ބަންދު ޖާގަތަކަށް ހުށަހެޅުމުން ބިރުގަންނަ މީހުންނަށް އެކަމަށް ލުއެއް ގެނެސްދިމުނަށް އެހީވެދެއެވެ.

މީގެ އިތުރުން މެގްނެޓޮމް ލޫމިނާ 3ޓީ އިން ހާއްސަ އިމޭޖް ކޮލެޓީ އާއި ސްކޭންގެ ވަގުތު އަވަސްވާއިރު ބަލި ޑައިގްނޯސްކުރުމަށް ރޭޑިއޮލޮޖިސްޓުންނަށް ވެސް ފަސޭހަވާނެ އެވެ. މިއީ ބަލިތައް އަވަހަށް ދެނެގަނެ ފަރުވާ ދިނުމުގައި ވަރަށް މުހިންމު ކަމެކެވެ،

މީގެ އިތުރުން އެންމެ ޒަމާނީ ބަޔޯމެޓްރިކްސް ޓެކްނޮލޮޖީތައް ވެސް މި މި މެޝިނުގައި ހިމެނެ އެވެ.

މި މެޝިނުގައި އެނަޓޮމީ އާއި ފިޒިއޮލޮޖީގައި ބަލިމީހުންގެ ތަފާތުތަކަށް އެޑެޕްޓްވެ، ސްކޭނިން ޕްރޮސެސް ޕާސަނަލައިޒްކޮށް އޮޕްޓިމައިޒް ކުރާ ޓެކްނޮލޮޖީވެސް ހިމެނެ އެވެ. އަދި ވޯކްފްލޯ ސްޓްރީމްލައިންކޮށް، އެއްގޮތަކަށް، މަތީ ފެންވަރުގެ ނަތީޖާތަކެއް ކަށަވަރުކޮށްދޭ އެއައި ޕަވާޑް އެޕްލިކޭޝަންތައް ވެސް 3ޓީ އެމްއާރުއައި މެޝިނުގައި ހިމެނެ އެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ މި ހިދުމަތް ތައާރަފު ކުރީ އެންމެ ކޮލެޓީ ހިދުމަތް ފޯރުކޮށްދީ، އެންމެ ފަހުގެ މެޑިކަލް ޓެކްނޮލަޖީ ބޭނުން ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކަމަށެވެ.

މި ނިޒާމާއެކު ބަލިމީހުންނަށް އަރާމު ހިދުމަތެއް ފޯރުކޮށްދެވި  ބަލި ޑައިގްނޯސް ކުރުމަށް ވެސް ފަސޭހަ ވާނެ ކަމަށާއި މިއީ މެޑިކަލް އިމޭޖިންގައި ހޯދާ ކުރިއެރުމެއް ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

  • އިތުރު މައުލޫމާތު ނުވަތަ އެމްއާރުއައި ހެދުމަށް ޝެޑިއުލް ކުރުމަށް އޭޑީކޭ ހޮސްޕިޓަލުގެ ރޭޑިއޮލޮޖީ ޑިޕާޓްމަންޓަށް ގުޅުމަށް އެ ހޮސްޕިޓަލުން އެދޭ

ކޮމެންޓް (1)

ޱރ ނާނާ

24 މޭ 2024
ރާއްޖޭގަ އެންމެ ބޮޑު ގެއްލުމުގަ ހިންގާ ހޮސްޕިޓަލުން ތިޔަކުރާހިއްވަރައް ހަމަ ސާބަސް. ގެއްލުމުގަ ހިންގައިގެން ރިސޯޓެއްވެސް ހަދައިފި
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް