އޭޑީކޭގައި 3ޓީ އެމްއާރުއައިގެ ހިދުމަތް ފެށުން ދައުރު ފޮޓޯ/އަބްދުﷲ އިއާން)

އޭޑީކޭގައި 3ޓީ އެމްއާރުއައިގެ ހިދުމަތް ތައާރަފުކޮށްފި

މި ހިމަތާ އެކު މިހާރު ބޭނުންކުރާ އެމްއާރުއައި މެޝިންތަކަށް ވުރެ %50 އަވަހަށް، ސާފު ސްކޭން ހެދޭނެ

އޭޑީކޭ ހޮސްޕިޓަލުގައި 3ޓީ މެގްނެޓޯން ލޫމިނާ އެމްއާރުއައިގެ ހިދުމަތް ތައާރަފުކޮށްފި އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލުގެ 36 ވަނަ އަހަރީ ދުވަހު އެ ހިދުމަތް ތައާރަފުކޮށްފައިވާއިރު،3ޓީ އެމްއާރުއައި މެޝިން އިފްތިތާހުކޮށްދެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ޝާހު މާހިރެވެ.

އޭޑީކޭގައި ބޭއްވި ތްރީ ޓީ އެމްއާރްއައި ހުޅުވުމުގެ ރަސްމިއްޔާތް (ދައުރު ފޮޓޯ/އަބްދުﷲ އިޔާންަ

ފާހަގަ ކުރެވޭ ކަމެއް - ރާއްޖޭގައި އެންމެ ފުރަތަމަ އެމްއާރުއައި ސްކޭނެއް ހެދީ 2003 ވަނަ އަހަރުގެ މާޗު15 ގައި، އޭޑީކޭ ހޮސްޕިޓަލުގައި. ރާއްޖޭގައި ހެދި ފުރަތަމަ އެމްއާރުއައި އަށް މިއަދުވަނީ 20 އަހަރު ވެފައި  

ތަފްސީލް -  3ޓީ އެމްއާރުއައި ހިދުމަތް ތައާރަފުކުރުމަށް ފަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ، އެމްއާރުއައިގެ ހިދުމަތުގައި އޭޑީކޭ އިން މެދުނުކެނޑި 20 އަހަރު ހޭދަކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި ހިދުމަތުގެ މަރުހަލާގައި 20 އަހަރު މެދުކެނޑުމެއް ނެތި، ރާއްޖެ އަށް، އެޒަމާނަށް ވިސްނާލި ނަމަވެސް އަދި މިޒަމާނަށް ވިސްނި ކަމުގައި ވިޔަސް މި ދެންނެވި އެންމެ މަތީ ފެންވަރުގެ ޓެކްނޮލަޖީ އާއެކު ރައްޔިތުންނަށް ކޮށްދެމުންދާ ވަރަށް ބޮޑު ހިދުމަތެއް،" އޭޑީކޭގެ ހިދުމަތްތަކާ ގުޅޭގޮތުން އަފްއާލް ވިދާޅުވި އެވެ.

އޭޑީކޭގައި ބޭއްވި ތްރީ ޓީ އެމްއާރްއައި ހުޅުވުމުގެ ރަސްމިއްޔާތުގައި އެ ހޮސޕްިޓަލުގެ އެމްޑީ އަފްއާލް ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/އަބްދުﷲ އިޔާން

އަފްއާލް ވިދާޅުވީ އެމްއާރުއައި ހިދުމަތް ހޯދަން ބޭނުންވާ މީހުންގެ ވެއިޓް ލިސްޓެއް އޭޑީކޭގައި ވެސް އެބައޮޮތް ކަމަށާއި އަލަށް ތައާރަފުކުރި ހިދުމަތާއެކު ހިދުމަތް ހޯދަން ބަލިމީހުން ހޭދަކުރަންޖެހޭ ވަގުތު މަދުވާނެ ކަމަށެވެ.

އަފްއާލް އިތުރަށް ވިދާޅުވީ

  • މިހާރު އޭޑިކޭ ދުވާލަކު އެވްރެޖުކޮށް 45 އެމްއާރުއައި ހަދާ ކަމަށް

  • ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އޭޑީކޭ ނުހިމަނާ ދުވާލަކު ހަދާ އެމްއާރުއައިގެ އަދަދު 45 އަށް ވުރެ މަދު ކަމަށް

އޭޑީކޭގައި ބޭއްވި ތްރީ ޓީ އެމްއާރްއައި ހުޅުވުމުގެ ރަސްމިއްޔާތު (ދައުރު ފޮޓޯ/އަބްދުﷲ އިޔާންަ

"މިއީ އަޅުގަނޑުމެން ވިސްނާލަން ޖެހޭ ކަމެއް. ސަބަބަކީ އެފިޝިއަންޓްްކޮށް ކަމެއް ކުރެވެނެ ގޮތަށް މަސައްކަތް ރާވާލެވިއްޖެ ކަމުގައިވާނަމަ މީހުންނަށް ކުރިމަތިވާ ތަކުލީފު ވަރަށް ބޮޑަށް ކުޑަ ކުރެވޭނެ. މަޑުކުރަންޖެހޭ ވަގުތު ވެސް އިރާދަކުރެއްވިއްޔާ ކުޑަ ކުރެވޭނެ،"

އޭނާ ވިދާޅުވީ މިއަދުން ފެށިގެން އޭޑީކޭގައި މަދުވެގެން ދުވާލަކު 90 އެމްއާރުއައި ހަދާނެ ކަމަށާއި އަމާޒަކީ އެ އަދަދު100 އަށް އިތުރު ކުރުން ކަމަށެވެ.

"މީގެ މާނައަކީ އިދާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި ހަމަ ގައިމުވެސް މި ހޮސްޕިޓަލަށް އެމްއާރުއައި ހަދަން ޖެހޭ ބޭފުޅުންނަށް ހޭދަކުރަން ޖެހޭ ވަގުތު ވަރަށް ބޮޑުތަނުން ކުޑަވެގެން ދާނެ،" އަފްއާލް ވިދާޅުވި އެވެ.

އޭޑީކޭގައި ބޭއްވި ތްރީ ޓީ އެމްއާރްއައި ހުޅުވުމުގެ ރަސްމިއްޔާތު (ދައުރު ފޮޓޯ/އަބްދުﷲ އިޔާން
އޭޑީކޭގައި ބޭއްވި ތްރީ ޓީ އެމްއާރްއައި ހުޅުވުމުގެ ރަސްމިއްޔާތު (ދައުރު ފޮޓޯ/އަބްދުﷲ އިޔާން

3 ޓީ މެގްނެޓޯން ލޫމިނާ އެމްއާރުއައި

  • މިހާރު ބޭނުންކުރާ އެމްއާރުއައި މެޝިންތަކަށް ވުރެ އަވަހަށް، ސާފު ސްކޭން ހެދޭ، (%50 އަވަހަށް ސްކޭން ހެދޭނެ)

  • ބަލިމީހާގެ އެންޓެމިކަލް ބަދަލުތަކަށް އެޖަސްޓު ކުރެވޭ ޓެކްނޮލަޖީ ހިމެނޭ

އޭޑީކޭގައި ބޭއްވި ތްރީ ޓީ އެމްއާރްއައި ހުޅުވުމުގެ ރަސްމިއްޔާތު (ދައުރު ފޮޓޯ/އަބްދުﷲ އިޔާންަ

އޭޑީކޭ އިން ޕެޓް ސީޓީ ސްކޭންގެ ހިދުމަތް ވެސް ރާއްޖެ އަށް ތައާރަފު ކުރަނީ

އަފްއާލް ވިދާޅުވީ، ވަށާޖެހޭ ސިއްހީ ހިދުމަތެއް ތައާރަފު ކުރުމަށް އޭޑީކޭ އިން ކުރަމުންދާ މަސައްކަތުގެ ދަށުން، ކުރިއަށް އޮތް ދެ މަހެއް ތެރޭ ޕެޓް ސްކޭންގެ ހިދުމަތް ދޭން ފަށަން ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މިހާރު އޭޑީކޭ ހޮސްޕިޓަލުގައި ޕެޓް ސީޓީ އިންސްޓޯލްކޮށް ނިންމާފައި ހުރީ. އަދި ހިދުމަތް ދިނުމަށްޓަކާ އަޅުގަނޑުމެންނަށް ވަރަށް ގިނަ ގޮންޖެހުންތައް އެބަހުރި. ސަބަބަކީ އާ ކަމެއް، އެކަށީގެންވާ ރެގިއުލޭޝަންސް ނެތް ކަމެއް، ނިއުކްލިއާ ބާވަތްތައް ބޭނުންކޮށްގެން މީހުންނަށް ފަރުވާ ދިނުމަށް މަސައްކަތްތަކެއް ކުރަންޖެހޭ ކަމެއް،" އަފްއާލް ވިދާޅުވީ އެކަންތައް ދަސްކޮށް އަރާ ހަމަވެ، ކުރިއަށް އޮތް މަހެއް ދެމަހެއް ތެރޭ އެ ހިދުމަތް ފެށޭ ވަރުވާނެ ކަމަށެވެ.

ރާއްޖޭގައި އަހަރަކު 1،000 އަށް ވުރެ ގިނަ މީހުން ޕެޓް ސީޓީ ހަދަން ރާއްޖެއިން ބޭރަށް ދާއިރު އެ ހިދުމަތް އޭޑީކޭ އިން ފެށުމަކީ ލިބޭނެެ ފަސޭހައެއް ކަމަށް ވެސް އަފްއާލް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް