އެރެބިއަން ޓްރެވަލް މާކެޓު ފެއާގައި ރާއްޖޭން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވާހަކަ ދައްކަވަނީ (ފޮޓޯ/އެމްއެމްޕީއާރުސީ)

ރާއްޖެ-އިންޑިއާ

އިިންޑިއާ ފަތުރުވެރިންނަށް އަބަދުވެސް މަރުހަބާ ކިޔާނަން، ރާއްޖެއަށް އާދޭ!: ފައިސަލް

ޓޫރިޒަމް ނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވީ ރާއްޖެއިން އަބަދުވެސް ޕްރޮމޯޓު ކުރާނީ ހަމަޖެހުމާއި އެކުވެރިކަން ކަމަށާއި ދިވެހި ސަރުކާރާއި ރައްޔިތުން ވެސް އިންޑިއާ ފަތުރުވެރިންނަށް މަރުހަބާ ކިޔާނެ ކަމަށް

އިންޑިއާ ފަތުރުވެރިންނަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށާއި އެ ގައުމުގެ ފަތުރުވެރިން ރާއްޖެ އަންނަން އެދޭ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިހާރު ދުބާއީގައި ކުރިއަށްދާ އަރަބިއަން ޓްރެވަލް މާކެޓު (އޭޓީއެމް) ފެެއާގެތެރެއިން އިންޑިއާގެ ޕްރެސް ޓްރަސްޓު އޮފް އިންޑިއާ (ޕީޓީއައި) އަށް ދެއްވި އިންޓަވިއުއެއްގައި ފައިސަލް ވިދާޅުވީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަނީ ޒަމާންވީ ގުޅުމެއް ކަމަށާއި ދިވެހި ސަރުކާރުން ވެސް ބޭނުންވަނީ އިންޑިއާއާ ގުޅިގެން މަސައްކަތް ކުރަން ކަމަށެވެ.

އެނގުން މުހިއްމު - އިންޑިއާއަކީ ފާއިތުވި ތިން އަހަރު ވެސް ރާއްޖެެއަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމެވެ. ނަމަވެސް މި އަހަރުގެ ކުރީކޮޅު ދިވެހި ސަރުކާރުގެ ތިން އޮފިޝަލަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްވާ ގޮތަށް ވާހަކަ ދެއްކެވުމާ ގުޅިގެން އެ ގައުމުގެ ފަތުރުވެރިން ރާއްޖެ ނާންނަން ގޮވާލައި އިންޑިއާގައި ވަނީ ކެމްޕޭނެއް ފަށައިފަ އެވެ. 

އެއާ އެކު އެ ގައުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ މަހުން މަހަށް ބަލާއިރު ދަށަށް ގޮސްފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހާ އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ހަތަރު މަހު އިންޑިއާއިން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު %42 ދަށަށް ގޮސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ބުނީ ކީކޭ؟ - ޕީޓީއައިއާ ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ ރާއްޖެއިން އަބަދުވެސް ޕްރޮމޯޓު ކުރާނީ ހަމަޖެހުމާއި އެކުވެރިކަން ކަމަށާއި ދިވެހި ސަރުކާރާއި ރައްޔިތުން ވެސް އިންޑިއާ ފަތުރުވެރިންނަށް މަރުހަބާ ކިޔާނެ ކަމަށެވެ.

"ޓޫރިޒަމް މިނިސްޓަރުގެ ހައިސިއްޔަތުން އަޅުގަނޑު ބުނަން ބޭނުންވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހިއްސާއަކަށް އިންޑިއާ ފަތުުރުވެރިން ވާށޭ. ރާއްޖޭގެ އިގްތިސޯދު ބިނާވަނީ ޓޫރިޒަމަށް،" ފައިސަލް ވިދާޅުވި އެވެ.

އިންޑިއާއަކީ އާބާދީ ބޮޑު ގައުމަކަށް ވެފައި އެ ގައުމުގެ މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިއްމު ހިއްސާއެއް ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ގުޅުން ހުރި - ޓޫރިިޒަމް މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ޖެނުއަރީ އިން އެޕްރީލްގެ ނިޔަލަށް އިންޑިއާއިން ރާއްޖެ އައި ފަތުރުވެރިންގެ އަދަދަކީ 73،785 އެވެ. މި އަހަރުގެ އޭޕްރީލްގެ ނިޔަލަށް އިންޑިއާ އިން އައިސްފައި ވަނީ 42،638 ފަތުރުވެރިންނެވެ.

ކޮމެންޓް (1)

ހޯހޯ ޖުހާ

7 މޭ 2024
ލ މުގެ ފަޙުރު ތިޔަހެން ބުނުން ފިޔަވާ ކުރީ ކޮންކަމެއްތޯ އިންޱިޔާ ފަތުރުވެރިން އިތުރުކުރަން ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް