އުރީދޫގެ މައި އޮފީސް އިމާރާތް (ފޮޓޯ/އުރީދޫ)

އުރީދޫ

ފުރަތަމަ ކުއާޓަރުގައި އުރީދޫއަށް 162 މިލިއަން ރުފިޔާގެ ފައިދާއެއް

އެ މުއްދަތުގައި އުރީދޫ އަށް އާމްދަނީގެ ގޮތުގައި 554 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ހިސާބުތައް ދައްކާ

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސް އަށް 162 މިލިއަން ރުފިޔާގެ ފައިދާ ލިބިފައިވާ ކަމަށް އެ ކުންފުނީގެ މާލީ ހިސާބުތައް ދައްކައިފި އެވެ.

ތަފްސީލް - އުރީދޫ އިން އާންމުކޮށްފައިވާ އެ ކުންފުނީގެ މި އަހަރުގެ ފުރަތަމަ ތިން މަހުގެ މާލީ ހިސާބުތައް ދައްކާގޮތުން ޓެކުހަށް ކެނޑުމުގެ ކުރިން އެ ކުންފުނީގެ ފައިދާ އަކީ 203 މިލިއަން ރުފިޔާ އެވެ.

އެ މުއްދަތުގައި އުރީދޫ އަށް އާމްދަނީގެ ގޮތުގައި 554 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ވެސް ހިސާބުތައް ދައްކަ އެވެ.

  • މޮބައިލް ހިދުމަތްތަކުން 429 މިލިއަން ރުފިޔާ އާމްދަނީ އަށް ލިބުނު

  • ފިކްސްޑް ބްރޮޑްބޭންޑް އެންޑް އެންޓަޕްރައިސް ހިދުމަތްތަކުން 123 މިލިއަން ރުފިޔާ ލިބުނު

އެ މުއްދަތުގައި އެ ކުންފުންޏަށް ހިންގުމުގެ ފައިދާގެ ގޮތުގައި 216 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ވެސް އެ ހިސާބުތައް ދައްކަ އެވެ.

care@ooredoo.mv
9613929

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް