ހޮޓެލިއާ މޯލްޑިވްސް 2024 ގެ ގާލާ ނައިޓް. (ފޮޓޯ/ހޮޓެލިއާ މޯލްޑިވްސް)

ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް: ފަތުރުވެރިކަމުގެ ދާއިރާގައި '1 ވަނައިގެ' ހިދުމަތްތެރިން ފާހަގަކޮށްފި

މިއީ ރާއްޖޭގެ އެންމެ މަގުބޫލު ހޮސްޕިޓަލިޓީ ޕަބްލިކޭޝަން 'ހޮޓެލިއާ މޯލްޑިވްސް'އިން އިންތިޒާމުކޮށްގެން މުޅިން އަލަށް ދޭން ފެށި އެވޯޑުތަކެއް. މިއަހަރު 24 ކެޓަގަރީއަކުން 350 އަށް ވުރެ ގިނަ ހުށަހެޅުން މި އެވޯޑަށް ވަނީ ލިބިފައި

ރާއްޖޭގެ އެންމެ މަގުބޫލު ހޮސްޕިޓާލިޓީ ޕަބްލިކޭޝަން، 'ހޮޓެލިއާ މޯލްޑިވްސް'އިން އިންތިޒާމުކޮށްގެން ބާއްވާ 'ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2024' ދީފި އެވެ.

ވީ ކިހިނެއް؟ - ހޮޓެލިއާ މޯލްޑިވްސް އެވޯޑްސްގެ ގާލާ ނައިޓް ބޭއްވީ ރޭ ކުރުނބާ މޯލްޑިވްސްގަ އެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ފުރިހަމަ ހިދުމަތް ދޭ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މިއަހަރު ފުރަތަމަ ފަހަރަށް ދޭ މި އެވޯޑަށް 24 ކެޓަގަރީއަކުން 350 އަށް ވުރެ ގިނަ ހުށަހެޅުން ވަނީ ލިބިފަ އެވެ.

ހޮޓެލިއާ މޯލްޑިވްސް 2024 ގެ ގާލާ ނައިޓް. (ފޮޓޯ/ހޮޓެލިއާ މޯލްޑިވްސް)

ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2024 ލިބުނު ފަރާތްތައް

  • ވެލްނަސް ޕާސަނަލިޓީ އޮފް ދި އިޔާ - ހައިޑީ ގްރިމްވުޑް، އެޓްމޮސްފިއާ ވެލްނަސް

  • ކޮންސިއާގް/ގެސްޓް ސާވިސަސް ޕާސަނަލިޓީ އޮފް ދި އިޔާ - ޔާސިރު ސުލައިމާން، ވަން އެންޑް އޮންލީ ރީތި ރަށް

  • ހައުސްކީޕާ އޮފް ދި އިޔާ - މަދީހު މުހައްމަދު، ވިލާ ނޯޓިކާ

  • އައިޓީ ޕާސަނަލިޓީ އޮފް ދި އިޔާ - މުހައްމަދު ފުރުގާން ހުސައިން، ދިގަލި މޯލްޑިވްސް

  • އިންޖިނިއާ އޮފް ދި އިޔާ - އަހްމަދު ޝަރީފް، ސަން ސިޔާމް އިރު ވެލި

  • ލޭންޑްސްކޭޕާ އޮފް ދި އިޔާ - އަހްމަދު ޔާސިރު، ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި

  • ސެކިއުރިޓީ އޮފިސާ އޮފް ދި އިޔާ - މުހައްމަދު އަޝްރަފް، ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް

  • އެޗުއާރު އެންޑް ޓްރެއިނިން ޕާސަނަލިޓީ އޮފް ދި އިޔާ - އާމިނަތު ޝާލީ، އޯގާ އާޓް ރިސޯޓު

  • އޭވިއޭޓާ އޮފް ދި އިޔާ - މުހައްމަދު ހަމްޒާ އަހްމަދު، މަންޓާ އެއާ

  • މެރިނާ އޮފް ދި އިޔާ - މުހައްމަދު އިބްރާހިމް، އިންޓަކޮންޓިނެންޓަލް މޯލްޑިވްސް

  • ޕްރޮކިއުމަންޓް ޕާސަނަލިޓީ އޮފް ދި އިޔާ - އާދަމް އަލީ، ހިލްޓަން މޯލްޑިވްސް އަމީންގިރި

  • ފައިނޭންސް ޕާސަނަލިޓީ އޮފް ދި އިޔާ - ގްލޯރިއާ ވިލާޓާ ކާންސަލް، ޑުސިޓް ތާނީ މޯލްޑިވްސް

  • ސޭލްސް ޕާސަނަލިޓީ އޮފް ދި އިޔާ - ސުރޭޝް ޑިސަނަޔަކެ، އައިކެން ސްޕެންސް މޯލްޑިވްސް

  • މާކެޓާ އޮފް ދި އިޔާ - މުހައްމަދު ޝަފްރާޒް ހާފިޒް، ޕަލްސް ހޮޓެލްސް އެންޑް ރިސޯޓްސް

  • ޕީއާރު އެންޑް ކޮމިއުނިކޭޝަންސް ޕާސަނަލިޓީ އޮފް ދި އިޔާ - އާމިނަތު ރައުޝާ ހާދީ، ޖޯލި މޯލްޑިވްސް

  • ޝެފް އޮފް ދި އިޔާ - ހަރްޝަލް ކުމާރު، ހުރަވަޅި މޯލްޑިވްސް

  • އެފްއެންބީ ޕާސަނަލިޓީ އޮފް ދި އިޔާ - މުހައްމަދު މުސްލިމް، ދަ ރިޓްޒް ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑްސް

  • ޖީއެމް އޮފް ދި އިޔާ - އެލްކްސެންޑާ ޓްރެއިގާ، ސައި ލެގޯން މޯލްޑިވްސް

  • ޓްރެއިނިން އެންޑް ޑިވެލޮޕްމަންޓް ޕްރޮގްރާމް އޮފް ދި އިޔާ - މެރިއޮޓް އިންޓަނޭޝަނަލް މޯލްޑިވްސް އެޕްރެންޓިސްޝިޕް ޕްރޮގްރާމް

  • ސަސްޓެއިނަބިލިޓީ ޗެމްޕިއަން އޮފް ދި އިޔާ - ސިކްސް ސެންސަސް ލާމު، މޯލްޑިވްސް އަންޑަވޯޓާ އިނީޝިއެޓިވް

  • ސީީއެސްއާރު ޕްރޮގްރާމް އޮފް ދި އިޔާ - ޖޯލި މޯލްޑިވްސް

  • ހޮޓެލް ޓީމް އޮފް ދި އިޔާ - ސިކްސް ސެންސަސް ލާމު

  • ހޮޓެލިއާ މޯލްޑިވްސް އެވޯޑް ފޮ ޑެޑިކޭޓަޑް ސާވިސް - މުހައްމަދު ވަހީދު (ބަނޑޮސް މޯލްޑިވްސް)، އަބްދުލް އަޒީޒް އަލީ (އޯޒެން ރިޒާވް ބޮލިފުށި) އަދި މުހައްމަދު ހާޝިމް (ޑައިމަންޑްސް ތުޑުފުށި)

  • ހޮޓެލިއާ މޯލްޑިވްސް އެވޯޑް ފޮ އެކްސެލެންސް - ނިޒާރު އަހްމަދު، ކުރުނބާ މޯލްޑިވްސް

ހޮޓެލިއާ މޯލްޑިވްސް 2024 ގެ ގާލާ ނައިޓް. (ފޮޓޯ/ހޮޓެލިއާ މޯލްޑިވްސް)

ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް ލިބޭ ފަރާތްތައް ހޮވާފައިވަނީ، ޓޫރިޒަމް ދާއިރާގެ ފަންނީ ބޭފުޅުން ހިމެނޭ ޖަޖުންގެ ޕެނަލަކުން ހުށަހެޅުންތައް ދިރާސާކޮށް، އެއީ އެ ކެޓަގަރީއަކުން އެންމެ ފުރިހަމަ ހިދުމަތް ދޭ ފަރާތްކަން ކަށަވަރު ކުރުމަށްފަހު އެވެ.

އެގޮތުން ނޮމިނޭޓުވި ފަރާތްތައް އިވެލުއޭޓް ކުރުމުގައި އެ މީހުންގެ ހިދުމަތާއި ހޯދާފައިވާ ކާމިޔާބީތަކާއި ކަސްޓަމަރުންގެ ފީޑްބެކް އަދި އިޖުތިމާއީ ޒިންމާ އަދާކޮށްފައިވާ މިންވަރު ބަލައި، އާންމުންގެ ވޯޓަށް ވެސް ހުޅުވާލި އެވެ. 

މި އެވޯޑްސްގެ ފުރަތަމަ އެޑިޝަން ކާމިޔާބުކަމާ އެކު ބޭއްވުމާ ގުޅިގެން ހޮޓެލިއާ މޯލްޑިވްސްއިން ވަނީ ސްޕޮންސަރުންނަށް ހާއްސަ ޝުކުރު އަދާކޮށްފަ އެވެ. ހޮޓެލިއާ މޯލްޑިވްސް 2024ގެ ޓައިޓަލް ސްޕޮންސަރަކީ ބީބީއެމް އެވެ. އަދި އިތުރު ޕާޓްނަރުންގެ ތެރޭގައި ހިމެނެނީ

  • އުރީދޫ މޯލްޑިވްސް

  • އެމްޓީސީސީ

  • އެމްއޭސީއެލް

  • އެލިއާ އިންވެސްޓްމަންޓްސް

  • ފިއުލް އެކްސްޕްރެސް

  • މެޓަލްސައިންސް

  • ޕްރިންޓް ލެބް ކްރިއޭޓިވް

  • ކޮކާ ކޯލާ މޯލްޑިވްސް

  • އިވެންޓް މޯލްޑިވްސް

  • އިކެބާނާ މޯލްޑިވްސް

ކޮމެންޓް (1)

profile-image-placeholder

ހޯހޯ ސަރީފު

26 އޭޕްރީލު 2024
ހަބޭސް އިވެންޓެއް އުއްމީދު ކުރަން ކުރިއަށް އަހަރުތަކުގަވެސް ބާއްވާނެކަމަށް

އިތުރު އާޓިކަލް

އިތުރު އާޓިކަލް