މޯލްޑިވިއަން އިން މާލެ އާއި ސްރީ ލަންކާއާ ދެމެދު ދަތުރުތައް ފަށަން މިއަދު ވީއައިއޭގައި ބޭއްވި ރަސްމިއްޔާތު

މޯލްޑިވިއަން

މޯލްޑިވިއަނުން މާލެ-ލަންކާ ދަތުރުތައް ފަށައިފި

މި ދަތުރުތަކާ އެކު ހަފްތާ ބަންދާ ދިމާކޮށް ސްރީ ލަންކާއަށް ދާ މީހުންނަށް ފަސޭހަވާނެ ކަމަށް އެ އެއާލައިނުން ބުނި

ގައުމީ އެއާލައިން މޯލްޑިވިއަންއިން މާލެ އާއި ސްރީ ލަންކާގެ ކޮލަމްބޯއާ ދެމެދު ސީދާ ދަތުރުތައް މިއަދު ފަށައިފި އެވެ.

ވީ ކިހިނެއް؟ - އައިލެންޑް އޭވިއޭޝަނުން ބުނީ ކޮންމެ ހަފްތާއެއްގެ ބުރާސްފަތި އަދި ހޮނިހިރު ދުވަހު މޯލްޑިވިއަން އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ދަތުރުތައް ކުރާނެ ކަމަށެވެ.

އެނގުން މުހިއްމު - މީގެ ކުރިން ވެސް އެ އެއާލައިނުން ވަނީ ސްރީ ލަންކާ އާއި މާލެއާ ދެމެދު ސީދާ ދަތުރުތައް ބާއްވައިފަ އެވެ. މީގެ އިތުރުން އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ވެސް ލަންކާއަށް ދަތުރުތައް ބޭއްވި އެވެ.

ތަފްސީލް - މޯލްޑިވިއަންގެ އޮޕަރޭޝަންތައް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން ފެށި މި ދަތުރުތަކާ އެކު ހަފްތާ ބަންދާ ދިމާކޮށް ލަންކާއަށް ދާ މީހުންނަށް ފަސޭހަ ވާނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.

މި ދަތުރުތައް ފަށަން މޯލްޑިވިއަން އިން އަންނަނީ މާލެ-ލަންކާ ދެކޮޅު ޓިކެޓު 165 ޑޮލަރަށް ލިބޭ ހާއްސަ ފެއާއެއް ވެސް ކުރިއަށް ގެންދަމުންނެވެ.

މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވީ އެ އެއާލައިނުން ލަންކާ ދަތުރުތައް ފެށީ ވަރަށް ރަނގަޅަށް އެ ރޫޓް ދިރާސާކުރުމަށް ފަހު ކަމަށެވެ. އެގޮތުން:

  • ދަތުރުތައް ކުރާނީ މޯލްޑިވިއަންގެ އޭ320ގައި 

  • މި ދަތުރުތައް ފެށީ ލަންކާގެ ނަވަލޯކާ ހޮސްޕިޓަލާ ވެސް ގުޅިގެން

  • މޯލްޑިވިއަންގައި ލަންކާއަށް ދާ ދަތުރުވެރިންނަށް އެ ހޮސްޕިޓަލުން %15 ޑިސްކައުންޓު ލިބޭނެ

ފާހަގަކުރެވޭ - މޯލްޑިވިއަން އިން އަންނަނީ އެ އެއާލައިނުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް އިތުރުކުރަމުންނެވެ. އެގޮތުން ދިގު ދަތުރުތައް ކުރަން ބޭނުންވާ ބޯޓުތައް ހޯދަން ވެސް ވަނީ އިއުލާންކޮށްފަ އެވެ.  

ކޮމެންޓް (1)

profile-image-placeholder

ޑަތުރު

25 އޭޕްރީލު 2024
ޓިކެޓު ނަގަން ބެލީމަ ދެކޮޅަށް 300 ޑޮލަރު އަރާ. ޚާއްސަ އެއް ނުވި އެއްނު

އިތުރު އާޓިކަލް

އިތުރު އާޓިކަލް