ރައީސް މުއިއްޒު، މިދިޔަ ޑިސެމްބަރު މަހު ރައީސް އޮފީހުގައި ސިޔާމްއާއެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން ދެބޭފުޅުން ސަލާމް ކުރައްވަނީ (ފައިލް ފޮޓޯ/ ރައީސް އޮފީސް)

ސަން ސިޔާމް

ސިޔާމްގެ ރިސޯޓެއް ހަދަން ސަރުކާރުގެ ސޮވެރިން ގެރެންޓީ އަށް އެދެފި

ރައީސް އަށް އެޑްރެސްކޮށް ސިޔާމް ފޮނުވި ސިޓީގައި ބުނެފައިވަނީ އެމަރަލްޑް ލެގޫންގައި ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތަށް ފައިނޭންސް ހޯދުމުގެ މަސައްކަތް ކުރާތާ އަހަރުތަކެއް ވެއްޖެ ކަމަށާއި 1500 އަށް ވުރެ ގިނަ ކޮޓަރި ހިމެނޭ އެ ޕްރޮޖެކްޓަށް165 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ބޭނުންވާ ކަމަށް

ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު މާލެ އަތޮޅުގައި ތަރައްގީ ކުރާ ރިސޯޓެއްގެ މަސައްކަތް ކުރުމަށް ބޭނުންވާ ލޯނު ހޯދަން ސަރުކާރުގެ ސޮވެރިން ގެރެންޓީއަކަށް އެދިއްޖެ އެވެ.

ވީ ކިހިނެއް؟ - ޓޫރިޒަމަށް ތަރައްގީ ކުރުމަށް ކ. އަތޮޅު އެމެރަލްޑް ލެގޫން އިން އެމެރަލްޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް ދޫކޮށްފައިވާ ސަރަހައްދުގައި ރިސޯޓު ތަރައްގީ ކުރުމަށް ބޭނުންވާ ފައިނޭންސިން ހޯދުމަށް ސަރުކާރުގެ ސޮވެރިން ގެރެންޓީއަށް އެ ކުންފުނީގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު ސިޔާމް ސޮޮއިކުރައްވާ ރައީސް މުހައްމަދު މުއިއްޒަށް މި މަހުގެ 7 ވަނަ ދުވަހު ވަނީ ސިޓީއެއް ފޮނުވައިފަ އެވެ.

އެ ސިޓީގެ ކޮޕީއެއް ދައުރުއަށް ވަނީ ލިބިފަ އެވެ.

ތަފްސީލް - ސިޔާމްގެ އެ ސިޓީގައި ވިދާޅުވެފައި ވަނީ އެމަރަލްޑް ލެގޫންގައި ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތަށް ފައިނޭންސް ހޯދުމުގެ މަސައްކަތް ކުރާތާ އަހަރުތަކެއް ވެއްޖެ ކަމަށާއި 1500 އަށް ވުރެ ގިނަ ކޮޓަރި ހިމެނޭ އެ ޕްރޮޖެކްޓަށް 165 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ބޭނުންވާ ކަމަށެވެ.

ސަރުކާރުގެ ސޮވެރިން ގެރެންޓީ އަމިއްލަ ފަރާތްތަކަށް ދެވޭ އުސޫލެއް އާންމުކޮށްފައިވާއިރު އެ އުސޫލުގެ ދަށުން %4 އަށް ވުރެ ދަށް އިންޓްރެސްޓުގައި ނަގާ ލޯނުތަކަށް ސަރުުކާރުގެ ސޮވެރިން ގެރެންޓީ ދެވޭ ގޮތް އޮންނަކަން ފާހަގަކޮށް ސިޔާމްގެ ސިޓީގައި ވިދާޅުވެފައިވަނީ:

  • ޗައިނާގެ ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕުގެ ޝައުގުވެރިކަން އެ ޕްރޮޖެކްޓަށް އެބަ އޮތް 

  • އެކަމަށް ބޭނުންވާ ފައިސާ ޗައިނާގެ ބޭންކަކުން ހަމަޖެހެން އޮތީ ދިވެހި ސަރުކާރުގެ ސޮވެރިން ގެރެންޓީ ލިބިގެން 

  • ލިޔުމުން އެ ގެރެންޓީ ބޭނުންވާކަން ވެސް ސިޓީގައި ފާހަގަކޮށްފައިވޭ

އެ ސިޓީގައި ފާހަގަކޮށްފައިވާ ގޮތުން 2018 ވަނަ އަހަރު އެ މަޝްރޫއު ހިންގަން ބޭނުންވާ ފައިސާ ހޯދުމަށް ސޮވެރިން ގެރެންޓީ ދިނުމަށް އޭރުގެ ސަރުކާރުން ވަނީ ވިސްނައިފަ އެވެ. އަދި އެކަން ބަޔާންކޮށް ޖެނުއަރީ 2018ގައި އޭރުގެ ސަރުކާރުން އެ ކުންފުންޏަށް ފޮނުވި ސިޓީއެއް ވެސް ވަނީ އެއްކަރުދާސް ކޮށްފަ އެވެ.

ފިނޭންސްގެ ބަސް - މި ސިޓީއާ ގުޅޭ ގޮތުން ސުވާލު ކުރުމުން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މިއަދު 'ދައުރު' އަށް ވިދާޅުވީ ސޮވެރިން ގެރެންޓީ ދޫކުރުމަށް މިހާރު އެކުލަވާލާފައިވާ އުސޫލުގެ ދަށުން އަމިއްލަ މީހުންނަށް އެ ކަމަށް އެދެވޭނެ ކަމަށާއި ނަމަވެސް ސަރުކާރުން ގެރެންޓީ ދޭނީ ފުރިހަމަވާން ޖެހޭ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް ކަމަށެވެ.

"އަދި ޕްރޮޕޯސަލްއެއް ނުލިބޭ މި އުސޫލުގެ ދަށުން ސޮވެރިން ގެރެންޓީ ހޯދުމަށް އެދި،" އޭނާ ވިދާޅުވި އެވެ.

ފާހަގަ ކުރެވޭ - ސިޔާމްގެ ސަން ސިޔާމު ކުންފުނިން ނ. ދިގުރަށުގައި 'ސިޔާމް ވޯލްޑު' ގެ ނަމުގައި ތަރައްގީކޮށް ހިންގާ ރިސޯޓު ހެދުމަށް ޗައިނާގެ އެގްޒިމް ބޭންކުން ނެގި 127 މިލިއަން ޑޮލަރުގެ ލޯނަށް 2017 ވަނަ އަހަރު ސަރުކާރުން ސޮވެރިން ގެރެންޓީ ދިނެވެ.

އެ ލޯނަށް ފައިސާ ދެއްކުމަށް ކޮވިޑް-19ގެ ދުވަސްވަރު ދަތިތައް ކުރިމަތިވި ނަމަވެސް މިހާރު އެ ލޯނަށް ސިޔާމް ވަނީ ފައިސާ ދައްކަވައިފަ އެވެ.

ކޮމެންޓް (6)

profile-image-placeholder

ބަގަރ

25 އޭޕްރީލު 2024
އަސްލު މުއިއްޒުއަށް ސިޔާމްއާ ނުލާވެސް މެޖޯރިޓީ އެބައޮތް. ސިޔާމް އަދި ގާސިމްވެސް ސިޔާސީ ގޮތުން ނޮޓް ރެލެވެންޓް އެނީ މޯ. އެހެންވެ މި ގެރެންޓީ ދީފިޔާ މުއިއްޒު އަކީ ހީކުރިހާ ހުށިޔާރު މީހަކަށް ނުވާނެ.

ާއަހުމަދު

24 އޭޕްރީލު 2024
ސިޔާމް ބޭނުންވީ ވޯޓް ގެ ކުރިން ލިޔުން ހޯދަން، ދެން އެކަމެއް ނުވާނެ، ސިޔާމު މެންގެ ބޭނުމެއް ދެން މަޖިލީހުގައި ސަރުކާރުން ބޭނުމެއް ނޫން

އިހްސާން އަހްމަދު

23 އޭޕްރީލު 2024
ދެން މި ދާއިރާއިން މި ބޭފުޅާއަށް ވޯޓު ދެއްވި މީހުން ކައިރީ އަޅުގަނޑު އަހާލާ ހިތްވޭ؟ ތި ބޭފުޅުންގެ މެމްބަރަކީ މަޖިލީހުގެ ޖަލްސާތަކަށް ހަމަ އެންމެ ފަރުވާ ކުޑަ އެއް ބޭފުޅާ. ގައުމީ ހިދުމަތެއް ކުރުމަށް އެ މަޖިލީހަށް މީހުން ވައްދަނީ. އެކަމު ފެންނަނީ އަމިއްލަ މަސްލަހަތާ ގުޅިފައިވާ ކަންކަން ނޫހުން. މީ ތި ދާއިރާގެ މީހުން ހަމަ ކޮންމެ 5 އަހަރަކު ބޭނުންވާ ގޮތްތޯ؟ ވަކި މީހަކު މުއްސަނދި ކުރަން ވޯޓު ދިނުން؟

އަހަންމަދާ

24 އޭޕްރީލު 2024
@އިހްސާން އަހްމަދު އަސްލު ވޯޓް ދެނީކީ ނޫން ވޯޓް އޭނަ ގަންނަނީ އެހެންވީމަ އެއީ މައަސަލައެއްނޫން އޭނަ ވޯޓް ގަނެގެން އަރާ ގޮނޑިއެއްވީމަ އޭނަ ބޭނުންވާކަންތައްތައް މުހިންމުވާނީ.

މަރުދުރު

23 އޭޕްރީލު 2024
ކިހިނެއް މިކަމުން ސަލާމަތްވާނީ. ދަރިދަރިކޮޅަށް މުއްސަނދިކަން ދެމިގެންދާ ގޮތަށް ޕޮލިސީތައް މި ރާވަނީ.

ސިޔާމް

23 އޭޕްރީލު 2024
އަވަހޭ ދޯ!

އިތުރު އާޓިކަލް

އިތުރު އާޓިކަލް