ދައުލަތުގެ ޓެކްސް އިދާރާ މީރާ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

މީރާ

ލަފާކުރި ވަރަށްވުރެ މާޗު މަހު ލިބުނު އާމްދަނީ %26 އިތުރު

މީރާ އިން ބުނީ މިދިޔަ މަހު އާމްދަނީ އިތުރުވީ ބޭންކު ތަކުން ދެއްކި އިންކަމް ޓެކްސް އާއި ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުން ކަމަށް

މިދިޔަ މަހު ދައުލަތަށް ޓެކުހުގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރި އާމްދަނީ އަށްވުރެ، މިދިޔަ މަހު ލިބުނު އާމްދަނީ %26 އިތުރު ކަމަށް މީރާގެ ތަފާސްހިސާބުތައް ދައްކައިފި އެވެ.

ވީ ކިހިނެއް؟ - މީރާ އިން އާންމުކޮށްފައިވާ މިދިޔަ މަހުގެ ޓެކްސް އާމްދަނީގެ ހިސާބުތައް ދައްކާގޮތުން ޓެކްސް އާމްދަނީގެ ގޮތުގައި 2.94 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މީގެ ތެރޭގައި ޑޮލަރުން ލިބުނު 119.67 މިލިއަން ޑޮލަރު ހިމެނެ އެވެ.

ތަފްސީލް - މީރާ އިން ބުނީ މިދިޔަ މަހު ލިބޭނެ ކަމަށް ލަފާކުރި ވަރަށްވުރެ ލިބުނު އާމްދަނީ އިތުރުވީ ބޭންކު ތަކުން ދެއްކި އިންކަމް ޓެކްސް އާއި ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުން ކަމަށެވެ.

މީގެ އިތުރުން ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރި އަދަދަށްވުރެ އިތުރަށް ފަތުރުވެރިން ޒިޔާރަތް ކުރުމާއެކު އެ ދާއިރާ އިން ލިބުނު އާމްދަނީ ވެސް އިތުރުވެފައިވާ ކަމަށް މީރާ އިން ބުންޏެވެ.

ޓެކްސް އާމްދަނީ އެންމެ ގިނައިން ލިބުނީ: 

  • ޖީއެސްޓީ - 1.5 ބިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %51.7)

  • އިންކަމް ޓެކްސް - 589 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %20.1)

  • ޓޫރިޒަމް ލޭންޑް ރެންޓު - 370 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %12.6)

  • ގްރީން ޓެކްސް - 113 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %3.9)

  • އެއާޕޯޓު ޑިވެލޮޕްމެެންޓް ފީ - 106 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %3.6)

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް