އަލް ޝާލީ މެރިން މޯލްޑިވްސްއިން ބަނދެފައިވާ އާރުޓީއެލް ފެރީ ލޯންޗުތައް. (ފޮޓޯ/އެމްޓީސީސީ)

އާރުޓީއެލް ފެރީ

ނ، ރ.، އަދި ބ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފަށަނީ

އާރުޓީއެލްގެ ބައެއް ރޫޓުތައް ހުރީ ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް ނޫން ކަމަށާއި ކުރިއަށް އޮތް ދޮޅުމަހެއް ތެރޭ ފެރީ ރޫޓުތަކަށް ބަދަލު ގެންނާނެ ކަމަށް މިނިސްޓަރު ވިިދާޅުވި

މުޅި ރާއްޖެ ހައި ސްޕީޑް ފެރީގެ ނިޒާމަކުން ގުޅާލަން ސަރުކާރުން ހިންގާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ހިދުމަތް ނ.، ރ.، އަދި ބ. އަތޮޅުގައި ފެށުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެމްޓީސީސީ އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ވީ ކިހިނެއް؟ - މިއަދު މީރުމާ އިވެންޓް ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި ސޮއިކުރެއްވީ؛

  • ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ޕާމަނަންޓް ސެކްރެޓަރީ މަރިޔަމް ޝަހާނާ

  • އެމްޓީސީސީގެ ފަރާތުން ސީއީއޯ އަބްދުﷲ ޒިޔާދު

ތަފްސީލް - އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ މި އަހަރުގެ ތެރޭ އެ ތިން އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ފަށާނެ ކަމަށެވެ.

ކުރީ ސަރުކާރުން ފަށާފައިވާ މި ހިދުމަތަކީ ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބޭ ހިދުމަތަކަށް ވެފައި، މިފަދަ ހިދުމަތްތައް ހުއްޓާނުލާ ކުރިއަށް ގެންދިޔުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ސިޔާސަތު ކަމަށް އަމީން ވިދާޅުވި އެވެ.

ނަމަވެސް އާރުޓީއެލް ހިދުމަތަށް ބަދަލުތައް ގެންނަން ޖެހޭކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"އެންމެ ފުރިހަމަ ގޮތަކަށް އިންތިޒާމު ކުރެވިގެންނެއް ނޫން މި މަސައްކަތް ކުރެވިފައި އޮތީ އެއް. ދެމެހެއްޓެނިވި ގޮތެއްގައި މި މަސައްކަތް ކުރަން އެމްޓީސީސީ އަށް ވަރަށް ގިނަ ޗެލެންޖަސް ހުރިކަން އަޅުގަނޑުމެންނަށް ފާހަގަވި،"

އެގޮތުން ބައެއް ރޫޓުތައް ހުރީ ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް ނޫން ކަމަށާއި ކުރިއަށް އޮތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭ ފެރީ ރޫޓުތަކަށް ބަދަލު ގެންނާނެ ކަމަށް މިނިސްޓަރު ވިިދާޅުވި އެވެ.

  • އާރުޓީއެލްގެ ހިދުމަތް ދޭން ނިންމާފައި ވަނީ ހަ ޒޯނަކަށް ބަހާލައިގެން

  • މިހާރު ތިން ޒޯނެއްގައި މި ހިދުމަތް ދޭ؛ އެއީ ހއ.، ހދ.، އަދި ށ. އަތޮޅު ހިމެނޭ ޒޯނުގެ އިތުރުން ޅ. އަތޮޅު އަދި އެންމެ ދެކުނު ގއ.، ގދ.، ޏ. އަދި ސ. އަތޮޅުގައި

  • އާރުޓީއެލް ފެރީގެ ހިދުމަތުގައި މިހާރު 25 ފެެރީ ބޭނުން ކުރޭ

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް