މޯލްޑިވިއަން އިން ހަނިމާދޫ-ޓްރެވިންޑްރަމް ދަތުުރުތައް އަލުން ފެށުން ފާހަގަ ކުރުން (ފޮޓޯ/މޯލްޑިވިއަން)

މޯލްޑިވިއަން

ހަނިމާދޫ-ޓްރެވިންޑްރަމް ދަތުރުތައް އަލުން ފަށައިފި

ހުކުރު އަދި ހޯމަ ދުވަހު މި ދަތުުރުތައް އޮންނާނެ؛ ދަތުުރުތައް ކުރާނީ މޯލްޑިވިއަންގެ ޑޭޝް 8ގެ މަތިންދާބޯޓުގައި

ގައުމީ އެއާލައިން، މޯލްޑިވިއަން އިން ހދ. ހަނިމާދޫ އާއި އިންޑިއާގެ ޓްރެވިންޑްރަމްއާ ދެމެދު ސީދާ ދަތުރުތައް މިއަދު ފަށައިފި އެވެ.

ވީ ކިހިނެއް؟- މޯލްޑިވިއަންއިން ހަނިމާދޫން އިންޑިއާގެ ޓްރެވިންޑްރަމް އަދި ކޮޗިންއަށް މީގެ ކުރިން ދަތުރު ކުރި އެވެ. އެ ދަތުރުތައް މެދުކަނޑާލީ ހަނިމާދޫ އެއާޕޯޓު ތަރައްގީގެ މަސައްކަތް ފެށުމަށެވެ.

ތަފްސީލް - ދަތުރުތައް އަލުން ފެށުން ފާހަގަ ކުރުމަށް ހަނިމާދޫ އެއާޕޯޓު ހިންގާ ރީޖަނަލް އެއާޕޯޓްސްއާ ގުޅިގެން މޯލްޑިވިއަން އިން ވަނީ ކުޑަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ.

މިއަދު ދަތުރުތައް ފެށި އިރު ހުކުރު އަދި ހޯމަ ދުވަހު މި ދަތުުރުތައް އޮންނާނެ އެވެ. މި ދަތުުރުތައް ކުރާނީ މޯލްޑިވިއަންގެ ޑޭޝް 8ގެ މަތިންދާބޯޓުގަ އެވެ.

ދަތުރުތައް ފެށީ، މޯލްޑިވިއަން އިން އުދުހޭ މަންޒިލުތައް އިތުރުކޮށް، ރާއްޖޭގެ އުތުރު ސީދާ ބޭރުގެ މަންޒިލުތަކާ ގުޅާލުމަށް ކުރާ މަސައްކަތުގެ ތެރެއިން ކަމަށް އެ އެއާލައިނުން ބުނެފައިވެ އެވެ.

  • މިއީ ސީދާ ރާއްޖޭގެ އުތުރުން އެކި ބޭނުންތަކުގައި ޓްރެވިންޑްރަމްއަށް ދާ މީހުންނަށް ފަސޭހައަކަށް ވާނެ

  • ޓްރެވިންޑްރަމްއަކީ ބޭސްފަރުވާ އަށާއި ވިޔަފާރީގެ ބޭނުންތަކަށް ގިނަ ދިވެހިން ދާ މަންޒިލެއް

  • މިއީ ވިޔަފާރިވެރިންނަށާއި ޗުއްޓީއަށް ދާ މީހުންނަށް ވެސް ފަސޭހަ ވާނެ ކަމެއް

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް