އެސްއޯ މޯލްޑިވްސްގެ މައި ސްވިޕިން ޕޫލް: މި ތަން ވެސް ހަދާފައި ވަނީ ވަރަށް ތަފާތު ގޮތަކަށް (ފޮޓޯ/އެސްއޯ މޯލްޑިވްސް)

ޓޫރިޒަމް

އެސްއޯ މޯލްޑިވްސް ތަފާތު: މި ރީތި ރިސޯޓަށް ލިބުނު އެވޯޑުން ވެސް އެކަން ކަށަވަރު

މިއީ މި ޖީލުގެ ފަތުރުވެރިންގެެ ސަމާލުކަން ލިބޭނެ ގޮތަށް ފަރުމާކޮށް، ތަރައްގީ ކޮށްފައިވާ މުޅިން ތަފާތު ރިސޯޓެއް

މާލެއާ ޖެހިގެން ދެކުނަށް އޮތް އެނބޫދޫ ފަޅު ހިއްކައިގެން ތަރައްގީކުރި 'ކްރޮސްރޯޑްސް މޯލްޑިވްސް'ގައި އެންމެ ފަހުން ހުޅުވި ރިސޯޓު 'އެސްއޯ މޯލްޑިވްސް'އަކީ މުޅިން ތަފާތު ތަނެކެވެ. އެ ރިސޯޓްގެ ޑިޒައިން އާއި ރީތި ކުލަތަކުން، މިއީ އަނެއްކާވެސް ރާއްޖޭގެ ޓޫރިޒަމްގެ އާ ވައްތަރެއްގެ ބްރޭންޑެކެވެ. އެކަން އެސްއޯ މޯލްޑިވްސްއަށް ލިބުނު ބައިނަލްއަގުވާމީ އެވޯޑުން މި އޮތީ ކަށަވަރުވެފަ އެވެ.

ވީ ކިހިނެއް؟ - ހޮސްޕިޓަލިޓީ ހިދުމަތް ދޭ ތަންތަނުގެ އާކިޓެކްޗާ އާއި އިންޓީރިއާ ޑިޒައިން އަދި ގެސްޓުންގެ ތަޖުރިބާއަށް ބަލައި ދޭ 'ލިވް ހޮސްޕިޓަލިޓީ އެވޯޑްސް' ގައި އެސްއޯ މޯލްޑިވްސްއަށް ވަނީ ލަގްޒަރީ ކެޓަގަރީން އާކިޓެކްޗަރަލް ޑިޒައިން އެވޯޑު ލިބިފަ އެވެ.

އެސްއޯ މޯލްޑިވްސް ރިސޯޓު: ހުރިހާ ދިމާލަކުން ވެސް ފެންނަނީ ތަފާތު (ފޮޓޯ/އެސްއޯ މޯލްޑިވްސް)
އެސްއޯ މޯލްޑިވްސްގެ ރީތިކަމަށް މިހާރު އަންނަނީ ޓޫރިސްޓުންގެ ސަމާލުކަން ލިބެމުން (ފޮޓޯ/އެސްއޯ މޯލްޑިވްސް)

ތަފްސީލް - އެސްއޯ މޯލްޑިވްސް އިން ބުނީ މިއީ އެ ރިސޯޓުން ތަފާތު އަދި ސްޓައިލިޝް ޑިޒައިންތަކަށް ދޭ އަހަންމިއްޔަތުގެ ކާމިޔާބު ރަމްޒުކޮށްދޭ ކާމިޔާބީއެއް ކަމަަށެވެ.

އެސްއޯ މޯލްޑިވްސްގެ ޑިޒައިންތަކުގެ ފެންވަރު ރިސޯޓުގެ ކޮންމެ ދިމާއަކުން ވެސް ދައްކައިދިނުމަކީ މަގުސަދު ކަމަށް ވެސް އެ ރިސޯޓުން ބުންޏެވެ.

އެސްއޯ މޯލްޑިވްސް

މިއީ ރިއަލް އެސްޓޭޓް ދާއިރާގައި ހަރަކާތްތެރިވާ ބޮޑު ކުންފުންޏެއް ކަމަށްވާ ވައި އިކޯ ވޯލްޑް ޑިވެލޮޕާ އާއި ކްރޮސްރޯޑްސް ހިންގާ އެސް ހޮޓެލްސް އެންޑް ރިސޯޓްއާ އެކު ހަދާފައިވާ ޖޮއިންޓް ވެންޗާއެއްގެ ދަށުން ތަރައްގީކުރި، މަތީ ފެންވަރުގެ ލައިފްސްޓައިލް ރިސޯޓެކެވެ.

އެސްއޯ މޯލްޑިވްސްއާ ގުޅޭ ބައެއް މައުލޫމާތު:

އެސްއޯ މޯލްޑިވްސް ރިސޯޓު މަތިން ނަގާފައިވާ ފޮޓޯ އެއް (ފޮޓޯ/އެސްއޯ މޯލްޑިވްސް)
  • ރިސޯޓް ހަދަން 60 މިލިއަން ޑޮލަރު ހޭދަކުރި

  • އެސްއޯ މޯލްޑިވްސް ހިންގަނީ ދުނިޔޭގެ މަޝްހޫރު އެނިސްމޯ ކުންފުނިން

  • ބީޗު ވިލާ އާއި މޫދު ކޮޓަރި ހިމެނޭހެން ޖުމްލަ 80 ކޮޓަރި

  •  އެ ރިސޯޓަށް ބޭނުންވާ ކަރަންޓު އުފައްދަނީ އިއާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން ތިމާވެއްޓާ ރައްޓެހި ގޮތަށް 

  • މިއީ މި ޖީލުގެ ފަތުރުވެރިންގެެ ސަމާލުކަން ލިބޭނެ ގޮތަށް ފަރުމާކޮށް، ތަރައްގީ ކޮށްފައިވާ ރިސޯޓެއް

ކޮމެންޓް (1)

profile-image-placeholder

ޢާދަނު

6 އޭޕްރީލު 2024
އެސް އޯ ފުލުހުން ތިބޭތަ ތިތާ؟

އިތުރު އާޓިކަލް

އިތުރު އާޓިކަލް