މޯލްޑިވިއަންގެ ބޯޓެއް ގަން އިންޓަނޭޝަނަލް އެއާޕޯޓުގައިި (ފޮޓޯ/ގަން އިންޓަނޭޝަނަލް އެއާޕޯޓު/ޓްވިޓާ)

މޯލްޑިވިއަން

'ތުރޫފެއާ' ތައާރަފުކޮށް މޯލްޑިވިއަން އިން ދަތުރުކުރުން ފަސޭހަކޮށްފި

މިއާއެކު ސިންގަލް އައިޓިނަރީއެއްގެ ގޮތުގައި ފަސިންޖަރުގެ އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ބުކިން ހެއްދޭނެ

ގައުމީ އެއާލައިން މޯލްޑިވިއަން އިން 'ތުރޫފެއާ' ތައާރަފުކޮށް، އެ އެއާލައިނުން އުދުހޭ ބައިނަލްއަގުވާމީ ތިން މަންޒިލަކާ، ރާއްޖޭގައި އުދުހޭ 16 މަންޒިލް ގުޅުވާލައިފި އެވެ.

ތަފްސީލް - އިއްޔެ ތައާރަފުކުރި ތުރޫފެއާ މެދުވެރިކޮށް މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ޑާކާ، އިންޑިއާގެ ބެންގަލޫރު އަދި ސްރީ ލަންކާގެ ކޮލަމްބޯއަށް ކުރާ ދަތުރުގެ ބުކިންގެ ތެރޭގައި ރާއްޖޭގެ އެތެރޭގެ މަންޒިލުތަކުގެ ތެރެއިން މޯލްޑިވިއަން އިން ދަތުުރުކުރާ ކޮންމެ މަންޒިލަކަށް ވެސް ޓިކެޓު ބުކިން ހެދޭނެ އެވެ.

  • މިއާ އެކު ސިންގަލް އައިޓިނަރީއެއްގެ ގޮތުގައި ފަސިންޖަރުގެ އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ބުކިން ހެއްދޭނެ

  • މިއީ ވަކިވަކި ޓިކެޓު ބުކްކުރަން ހޭދަވާ ވަގުތު ސަލާމަތްކޮށްދޭނެ ކަމެއް

  • މިސާލަކަށް ސ. ގަމުން މާލެއަށް ދަތުރުކުރަން ހަދާ ބުކިންގެ ތެރޭގައި އެ ކަސްޓަމަރު މޯލްޑިވިއަންގައި މާލޭން ކޮލަމްބޯއަށް ދަތުުކުރަން ހައްދާ ބުކިން ވެސް ހިމެނޭނެ

މޯލްޑިވިއަންއިން ބުނީ ތުރޫފެއާ ބުކިން ހައްދާ ކަސްޓަމަރުންނަށް %5އާ ހަމައަށް ޑިސްކައުންޓު ލިބޭނެ ކަމަށާއި އިންޓަނޭޝަނަލް ދަތުރުގައި ލިބޭ މިންވަރަށް ޑޮމެސްޓިކް ދަތުރަށް ވެސް ބެގޭޖު އެލަވެންސް ލިބޭނެ ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި ޓްރެވިންޑްރަމް އާއި ކޮޗިން ދަތުރުތަކަށް ވެސް ތުރޫފެއާ ތައާރަފު ކުރާނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.

މޯލްޑިވިއަން އިން ބުނީ އެ އެއާލައިނުގެ އެޕްލިކޭޝަން، ވެބްސައިޓު އަދި ސޭލްސް އެޖެންޓުންނާއި ޓިކެޓިން އޮފީހުން ވެސް ތުރޫފެއާ ބުކް ކުރެވޭނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް