މިދިޔަ އަހަރު ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ބީއެމްއެލްގެ ހިއްސާ އަކަށް 50ރ. ބަހަން ހުށަހަޅަނީ

މިިދިޔަ އަހަރު ޓެކުހަށް ކެނޑުމަށް ފަހު ބީއެމްއެލް އަށް 2.07 ބިލިއަން ރުފިޔާ ލިބިފައިވޭ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން އެ ބެންކުގެ ހިއްސާ ދާރުންނަށް ހިއްސާ އަކަށް 50ރ. ބަހަން އަހަރީ އާންމު ޖަލްސާ އަށް ހުށަހެޅުމަށް އެ ބޭންކުގެ ބޯޑުން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ބީއެމްއެލް އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ މިދިޔަ އަހަރަކީ އެ ބޭންކަށް އެންމެ ރަނގަޅު މާލީ ނަތީޖާއެއް ހޯދުނު އަހަރު ކަމަށެވެ.

ތަފްސީލް - މިިދިޔަ އަހަރު ޓެކުހަށް ކެނޑުމަށް ފަހު ބީއެމްއެލްގެ ފައިދާގެ ގޮތުގައި 2.07 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއާ އެކު ހިއްސާ އަކަށް ބަހަން ކަނޑައެޅި 50ރ. އަކީ މިހާތަނަށް އެ ބޭންކުން ހިއްސާ ދާރުންނަށް ފައިދާގެ ގޮތުގައި ބަހާ އެންމެ ބޮޑު އަދަދު ކަމަށް ބޭންކުން ބުންޏެވެ.

ބުނީ ކީކޭ؟ - ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ އާ ހަވާލާދީ ބޭންކުން ބުނީ މިދިޔަ އަހަރު ބޭންކަށް ލިބުނު ރެކޯޑް ނަތީޖާއާ މެދު ބޭންކުން އުފާކުރާ ކަމަށެވެ.

މިއީ ސާފު ފައިދާގެ ގޮތުގައި 2 ބިލިއަން ރުފިޔާ އަށް ވުރެ މަތީ އަދަދެއް ލިބުނު ފުރަތަމަ ފަހަރުކަން ބޭންކުން ފާހަގަ ކުރެއްވި އެވެ.

"ބޭންކްގެ މި ނަތީޖާއާ ގުޅިގެން ބޯޑުން ވަނީ ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 269 މިލިއަން ރުފިޔާ ބެހުމަށް ހުށަހަޅާފައި. މިއީ ބޭންކުގެ ތާރީހުގައި ވެސް ހިއްސާދާރުންނަށް ދިނުމަށް ހުށަހެޅުނު އެންމެ މަތީ އަދަދު،" ކާލް އާ ހަވާލާދީ ބޭންކުން ބުންޏެވެ.

އޭނާ ވިދާޅުވީ ބޭންކުގެ އެންމެ ބޮޑު ހިއްސާދާރަކީ ސަރުކާރު ކަމަށާއި މި ނަތީޖާއާ އެކު ހިއްސާގެ ފައިދާގެ ގޮތުގައި 136.6 މިލިއަން ރުފިޔާ އަދި 2023 ވަނަ އަހަރުގެ ޓެކުހުގެ ގޮތުގައި އިތުރު 628 މިލިއަން ރުފިޔާ ބޭންކުން ސަރުކާރަށް ދައްކާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް