ސިމްޑީ ރޯދަ ޕްރޮމޯޝަނުގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިންނަށް އިނާމު ހަވާލުކުރުން (ފޮޓޯ/ސިމްޑީ)

ސިމްޑީ

ސިމްޑީ ރޯދަ ޕްރޮމޯޝަނުގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިން ހޮވައިފި

ރޯދަ މަހަށް ހާއްސަކޮށް ސިމްޑީ އިން ކުރިއަށް ގެންދާ ރޯދަ ޕްރޮމޯޝަން އަންނަ މަހުގެ 13 އާއި ހަމައަށް ކުރިއަށް ދާނެ، މި ޕްރޮމޯޝަނުގެ ބޮޑު އިނާމަކަށް ކަނޑައަޅާފައިވަނީ 100،000ރ

ސިމްޑީ އިން ރޯދަ މަހަށް ހާއްސަކޮށް ކުރިއަށް ގެންދާ ރޯދަ ޕްރޮމޯޝަނުގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިން ހޮވައިފި އެވެ.

ވީ ކިހިނެއް؟ - ރޯދަ މަހަށް ހާއްސަކޮށް ސިމްޑީ އިން ކުރިއަށް ގެންދާ ރޯދަ ޕްރޮމޯޝަން އަންނަ މަހުގެ 13 އާއި ހަމައަށް ކުރިއަށް ދާނެ އެވެ.

މި ޕްރޮމޯޝަންގައި މާލެ ސަރަހައްދުގައި ހުންނަ ސިމްޑީ ފިހާރަތަކާއި ސިމްޑީ އޮންލައިން އެޕްލިކޭޝަން މެދުވެރިކޮށް 500ރ.އިން މަތިން ވިޔަފާރިކުރާ ކޮންމެ ކަސްޓަމަރަކަށް ވެސް ބައިވެރިވެވޭނެ އެވެ.

ސިމްޑީ ރޯދަ ޕްރޮމޯޝަނުގެ ފުރަތަމަ ހަފްތާގެ އެއްވަނަ ނަސީބުވެރިޔާ އަށް އިނާމު ހަވާލުކުރުން (ފޮޓޯ/ސިމްޑީ)

ތަފްސީލް - މި ޕްރޮމޯޝަނުގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިންނަށް ދިން އިނާމުތައް

  • 1 ވަނަ: ދޫނާރު ރައިސްގެ އެއް އަހަރުގެ ސަޕްލައި (އަހަރެއްގެ މުއްދަތަކަށް ކޮންމެ މަހަކު 10 ކިލޯގެ ދޫނާރު ރައިސް) / ޝިފާޒް ޝަމްއޫން

  • 2 ވަނަ: އިލީ ކޮފީ ބަންޑްލްއެއް (ކޮފީ މެޝިން، ކީޕް ކަޕް، ކަޕް ސެޓް އަދި ކެޕްސޫލް) / އައިމިނަތު ތަޒްކިޔާ ހަސަން

  • ތިން ވަނަ - އިންސްޓާ 360 ވަން އާރުއެސް ބޫސްޓް 4ކޭ އެޑިޝަން / އަދުހަމް ލަޔާލް ގާސިމް

ސިމްޑީ ރޯދަ ޕްރޮމޯޝަނުގެ ފުރަތަމަ ހަފްތާގެ ދެވަނަ ނަސީބުވެރިޔާ އަށް އިނާމު ހަވާލުކުރުން (ފޮޓޯ/ސިމްޑީ)
ސިމްޑީ ރޯދަ ޕްރޮމޯޝަނުގެ ފުރަތަމަ ހަފްތާގެ 3 ވަނަ ނަސީބުވެރިޔާ އަށް އިނާމު ހަވާލުކުރުން (ފޮޓޯ/ސިމްޑީ)

ސިމްޑީ ރޯދަ ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ޕްރޮމޯޝަނުގެ މުއްދަތުގައި ސިމްޑީގެ 2 ފިހާރަތަކުން ނޫނީ އޮންލައިން އެޕްލިކޭޝަން އިން500ރ އިން މަތީގެ ވިޔަފާރި ކުރާ ކަސްޓަމަރުންނަށެވެ.

  • ހަފްތާގެ ނަސީބުވެރިން ހޮވުމަށް ރޯދަ މަހުގެ ތެރޭ 4 ގުރުއަތުލުން އޮންނާނެ

  • ގްރޭންޑު ޕްރައިޒް ދޭނީ ޕްރޮމޯޝަނުގައި ބައިވެރިވާ ހުރިހާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުތުއަތުން ހޮވޭ ފަރާތަކަށް

ކުރިއަށް ހުރި ހަފްތާތަކުގައި ނަސީބުވެރިން ހޮވާނީ؛

  • 2 ވަނަ ހަފްތާގެ ލަކީ ޑްރޯ ނަގާނީ 17 މާޗު - 23 މާޗް ދެމެދު ވިޔަފާރި ކަސްޓަމަރުންގެ މެދުގައި

  • 3 ވަނަ ހަފްތާގެ ލަކީ ޑްރޯ ނަގާނީ 24 މާޗު - 30 މާޗް ދެމެދު ވިޔަފާރި ކުރާ ކަސްޓަމަރުންގެ މެދުގައި

  • 4 ވަނަ ލަކީ ޑްރޯ ނަގާނީ 31 މާޗު - 6 އޭޕްރީލް ދެމެދު ވިޔަފާރި ކުރާ ކަސްޓަމަރުންގެ މެދުގައި

ކުރިއަށް ހުރި ހަފްތާތަކުގައި ނަސީބުވެރިންނަށް ކަނޑައަޅާފައިވާ އިނާމުތައް

2 ވަނަ ހަފްތާ

  • 1 ވަނަ - ކެނޮން ޑީއެސްއެލްއާރު ކެމެރާއެއް (އީއޯއެސް 3000ޑީ، 18-55 ލެންސްއަކާ އެކު)

  • 2 ވަނަ - އިލެކްޓްރޮލަކްސް ހޯމް އެޕްލަޔަންސް ކިޗަން ބަންޑްލް (އަވަން، ގޭސް ހޮބް، ރައިސް ކުކާ އަދި ޕުލްއައުޓް ހުޑްއެއް ހިމެނޭނެ)

  • 3 ވަނަ - މޮނިން ބަންޑްލް (ސިރަޕް، ސޯސް، ފްރެޕޭ، ޕިއުރީޒް)، ރެސިޕީ ބުކް އަދި އިލެކްޓްރޮލަކްސް ބްލެންޑާއެއް

3 ވަނަ ހަފްތާ

  • 1 ވަނަ - އިލެކްޓްރޮލަކްސް ހޯމް އެޕްލަޔަންސް ކްލީނިން ބަންޑްލް (ސްޓިކް ވެކިއުމް، ހޭންޑް ވެކިއުމް)

  • 2 ވަނަ - ކެނޮން ޖީއެކްސް 6070 އިންކް ޖެޓް ޕްރިންޓަރެއް

  • 3 ވަނަ - ދިލްމާ ޓީ ބަންޑްލް (އެކި ފްލޭވާތަކުގެ ލޫސް ލީފް ޓީ އާއި ޓީ ބޭގްސްގެ އިތުރުން ގިފްޓް ޕެކްތަކާއި ސެޝޭ ހިމެނޭނެ)

4 ވަނަ ހަފްތާ

  • 1 ވަނަ - ސީޕީޑީ ޕްރޮޑަކްޓް ބަންޑްލް (ހެލްތު އެންޑް ޕާސަނަލް ކެއާ ޕްރޮޑަކްޓްސް، އެފްއެންޑްބީ ޕްރޮޑަކްޓްސް އަދި ހައުސްހޯލްޑް ސަޕްލައިސް)

  • 2 ވަނަ - ލެނޯވޯ އެމް10 ޓެބްލެޓެއް

  • 3 ވަނަ - މޮނިން ބަންޑްލް (ސިރަޕް، ސޯސް، ފްރެޕޭ، ޕިއުރީޒް)، ރެސިޕީ ބުކް އަދި އިލެކްޓްރޮލަކްސް ބްލެންޑާއެއް

ސިމްޑީ ރޯދަ ޕްރޮމޯޝަނުގެ ބޮޮޑު އިނާމު ލިބޭ ކަސްޓަމަރަށް 100،000ރ ގެ ފައިސާގެ އިނާމު ވަނީ ކަނޑައަޅައިފަ އެވެ. ގުރުއަތުލުން އޮންނާނީ އޭޕްރީލް14 ވަނަ ދުވަހު އެވެ.

ސިމްޑީ ގްރޫޕް

ޕްރޮފައިލް ޕޭޖް
info@simdi.com
3334400

އިތުރު އާޓިކަލް

އިތުރު އާޓިކަލް