މޯލްޑިވިއަންގެ ބޯޓެއް ހަނިމާދޫ އެއާޕޯޓުގައި (ފޮޓޯ/ރީޖަނަލް އެއާޕޯޓްސް)

މޯލްޑިވިއަން

މޯލްޑިވިއަން އިން ހަނިމާދޫ-ޓްރެވިންޑްރަމް ދަތުރުތައް އަލުން ފަށަނީ

އަންނަ މަހުގެ 12 އިން ފެށިގެން މި ދަތުރުތައް ފަށާއިރު މިއީ ރާއްޖޭގެ އުތުރުން ސީދާ އިންޑިއާއަށް ދާން ލިބޭނެ ފުރުސަތެއް

ގައުމީ އެއާލައިން މޯލްޑިވިއަން އިން ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާގެ ޓްރެވިންޑްރަމްއަށް ކުރަމުންދިޔަ ދަތުރުތައް އަލުން ފަށަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - މޯލްޑިވިއަންއިން ހަނިމާދޫން އިންޑިއާގެ ޓްރެވިންޑްރަމް އަދި ކޮޗިންއަށް މީގެ ކުރިން ދަތުރު ކުރި އެވެ. އެ ދަތުރުތައް މެދުކަނޑާލީ ހަނިމާދޫ އެއާޕޯޓު ތަރައްގީގެ މަސައްކަތް ފެށުމަށެވެ.

ތަފްސީލް - ހަނިމާދޫ-ޓްރެވިންޑްރަމް ދަތުރުތައް ފެށުމާ ގުޅޭ ގޮތުން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހަނިމާދޫން ޓްރެވިންޑްރަމްއަށް ދަތުރުތައް ފަށާނީ އަންނަ މަހުގެ 12ގައި ކަމަށެވެ.

މިއީ މޯލްޑިވިއަން އިން އުދުހޭ މަންޒިލުތައް އިތުރުކޮށް ރާއްޖޭގެ އުތުރު ސީދާ ބޭރުގެ މަންޒިލުތަކާ ގުޅާލުމަށް ކުރާ މަސައްކަތުގެ ތެރެއިން ފަށާ ދަތުރުތަކެއް ކަމަށް މޯލްޑިވިއަން އިން ބުންޏެވެ. އެގޮތުން ބުނީ؛

  • މިއީ ސީދާ ރާއްޖޭގެ އުތުރުން އެކި ބޭނުންތަކުގައި ޓްރެވިންޑްރަމްއަށް ދާ މީހުންނަށް ފަސޭހައަކަށް ވާނެ

  • ޓްރެވިންޑްރަމްއަކީ ބޭސްފަރުވާ އަށާއި ވިޔަފާރީގެ ބޭނުންތަކަށް ގިނަ ދިވެހިން ދާ މަންޒިލެއް

  • މިއީ ވިޔަފާރިވެރިންނަށާއި ޗުއްޓީއަށް ދާ މީހުންނަށް ވެސް ފަސޭހަ ވާނެ ކަމެއް

އައިއޭއެސް އިން ބުނީ ހަނިމާދޫ-ޓްރެވިންޑްރަމް ދަތުރުތަކުގެ ޓިކެޓު ބުކް ކުރަން މިއަދުން ފެށިގެން ހުޅުވާލާނެ ކަމަށެވެ. މި ދަތުުރުތައް ކުރާނީ މޯލްޑިވިއަންގެ ޑޭޝް 8ގެ މަތިންދާބޯޓުގަ އެވެ.

ދަތުރު އޮންނާނީ؛

  • ހަފްތާއަކު ދެ ދުވަހު، އެއީ ހޯމަ އާއި ހުކުރު ދުވަހު

އިތުރު އާޓިކަލް

އިތުރު އާޓިކަލް