ހުޅުމާލޭގައި ހުންނަ އެމްއެޗްއޭގެ ފިހާރަ (ފޮޓޯ/އެމްއެޗުއޭ)

ރޯދަމަހު ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ މެންދަމު 1 ޖަހަންދެން، ކެފޭތައް 3 ޖަހަންދެން

އަންނަ ހުކުރު ދުވަހުން ފެށިގެން ހަ ރޯދަ ނިމެންދެން މެންދަމު 1 ޖަހަންދެން ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ

ކުރިއަށް އޮތް ރޯދަ މަހު ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓުތައް ހުޅުވާފައި ބެހެއްޓޭނެ ވަގުތުތައް އާންމުކޮށްފި އެވެ.

ތަފްސީލްް - އިކޮނޮމިކް މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ އަންނަ ހުކުރު ދުވަހުން ފެށިގެން ހަ ރޯދަ ނިމެންދެން (ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު) މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:30 އިން މެންދަމު 1 ޖަހަންދެން ކަމަށެވެ.

މީގެ އިތުރުން ރޯދަ މަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ހިދުމަތް ދޭ ކެފޭ/ރެސްޓޯރެންޓުތައް ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން މެންދަމު 3 ޖަހަންދެން ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ކުރި އިއުލާނުގައި ބުންޏެވެ.

އޭގެ އިތުރުން؛

  • ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ފަތިހު 4:30 އިން މެންދަމު 3 ޖަހަންދެން ކެފޭތަކުން ހިދުމަތް ދެވޭނެ

  • ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް މި ވަގުތުތަކުގައި ކެފޭތަކާއި ފިހާރަތަކުން ހިދުމަތް ދޭން މިނިސްޓްރީ އިން އަންގާފައިވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް