ވެލިގާ ހާޑްވެއާގެ ފިހާރައެއް: ރޯދައަށް ހާއްސަ ސޭލް ރޯދަމަސް ނިމެންދެން އޮންނާނެ (ފޮޓޯ/ވެލިގާ)

ވެލިގާ ހާޑްވެއާ

30% އާ ހަމައަށް ޑިސްކައުންޓު ލިބޭ ވެލިގާގެ ރޯދަ ސޭލް ފަށައިފި

މި ޕްރޮމޯޝަނުގައި ކޮންމެ ހަފްތާއަކު ނަސީބުވެރިން ހޮވާ އަގުހުރި އިނާމުތައް ދޭނެ

ކުރިއަށް އޮތް ރޯދަ މަހަށް ހާއްސަކޮށް ވެލިގާ ހާޑްވެއާ އާއި ބްލަންކްގެ ފިހާރަތަކުން %30އާ ހަމައަށް ޑިސްކައުންޓު ލިބޭ ރޯދަ ސޭލް ފަށައިފި އެވެ.

ވީ ކިހިނެއް؟ - އިއްޔެ އިން ފެށިގެން ރޯދަ މަސް ނިމެންދެން ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގެ ދަށުން ވެލިގާ އާއި ބްލަންކްގެ ފިހާރަތަކުން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. އަދި އިތުރަށް ކުރާ ކޮންމެ 100ރ އިން މަތީގެ ވިޔަފާރިއަކަށް ވެސް ކޫޕަން ލިބޭނެ އެވެ.

ވެލިގާގެ ރޯދަ ޕްރޮމޯޝަނުގައި ކޮންމެ ހަފްތާއަކު ވެސް އަގުހުރި އިނާމުތައް ދޭނެ

ތަފްސީލް - ވެލިގާ އިން ބުނީ މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ އޮންލައިން ސިސްޓަމެއް މެދުވެރިކޮށް ކަމަށެވެ.

އެގޮތުން ކަސްޓަމަރުންގެ ފޯނު ނަންބަރު ހިއްސާކުރުމުން ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށާއި، ޕްރޮމޯޝަނުގައި ބައިވެރިވިކަން އެންގުމުގެ ގޮތުން އެސްއެމްއެސްއެއް ފޮނުވާނެ ކަމަށް ވެލިގާ އިން ބުންޏެވެ.

  • އެސްއެމްއެސްގައި ވާ ލިންކުން ކޫޕަންގެ ތަފްސީލް ފެންނާނެ

  • ވެލިގާ އާއި ބްލަންކްގެ ފިހާރަތަކުން ވިޔަފާރިކޮށްގެން ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ

މި ޕްރޮމޯޝަނުގެ ދަށުން ކޮންމެ ހަފްތާއަކު ހޮވާ ނަސީބުވެރިންނަށް އިނާމުތައް ކަނޑައަޅާފައިވެ އެވެ.

އޭގެ ތެރޭގައި

  •  ސްޓޯން ހޮޓެލް ދިއްފުށީގައި ދެ މީހަކަށް ދެ ދުވަހުގެ ހުރުން

  •  ސްޓޯން ހޮޓެލް ދިއްފުށީގައި ރޯދަ ވީއްލުން

  • ވެލިގާ އިން ވިއްކާ އެކި ފާޑުފާޑުގެ ޓޫލް ސެޓް

  • ގިފްޓު ވައުޗަރު؛ މި ވައުޗަރު ބޭނުންކޮށްގެން ކަނޑައެޅިފައިވާ މުއްދަތުގައި ވެލިގާގެ ފިހާރަތަކުން ވިޔަފާރި ކުރެވޭނެ

އެނގުން މުހިއްމު - ވެލިގާ އިން މާލެ ސަރަހައްދުގައި ފަސް ފިހާރަ ހިންގަ އެވެ. މީގެ އިތުރުން ގޭތެރެ ޒީނަތްތެރިކުރުމަށް ހާއްސަ ސާމާނާއި ފާހާނާގެ ފިޓިންގްސް ވިއްކަން ހާއްސަ ދެ ފިހާރަ، ބްލަންކްގެ ނަމުގައި ހިންގަ އެވެ. މި ފިހާރަތަކުގެ އިތުރުން ވެލިގާގެ ވެބްސައިޓު ވެލިގާ.ކޮމް މެދުވެރިކޮށް ވެސް ގިނަ މުދާ ގަންނަން ލިބޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް