އައިޓީބީ ބާލިންގައި ރާއްޖެ ތަމްސީލުކުރާ ދިވެހި ޝެފުންގެ ޓީމު

ކެއްކުން

އައިޓީބީއަށް ދާ ދިވެހި ޝެފުންގެ ޓީމު ފުރައިފި

އައިޓީބީގައި ހުންނަ ރާއްޖޭގެ ސްޓޭންޑުގައި ދިވެހި ކެއުންތައް ތައްޔާރުކުރާ ގޮތް ދައްކާލައި، ސްޓޭންޑަށް ޒިޔާރަތް ކުރާ މީހުންނަށް ރަހަ ދައްކާނެ
4 މާރިޗު 2024

ޖަރުމަނުގެ ބާލިންގައި އޮންނަ ދުނިޔޭގެ އެންމެ ބޮޑު އެއް ޓޫރިޒަމް ފެއާ، އައިޓީބީ ބާލިންގައި ރާއްޖެ ތަމްސީލުކުރާ ޝެފުންގެ ޓީމު ޖަރުމަނަށް ފުރައިފި އެވެ.

ތަފްސީލް - މާދަމާއިން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާ އައިޓީބީ ބާލިންގައި ރާއްޖެ ތަމްސީލުކުރާ ޝެފުންގެ ޓީމުގައި ތިން މީހަކު ހިމެނެ އެވެ.

އެއީ؛

  • އެގްޒެކެޓިވް ސޫ ޝެފް އިބްރާހިމް ޒުހައިރު

  • ޕޭސްޓްރީ ޝެފް އާމިނަތު ލަހުފާ

  • ޕޭސްޓްރީ ޝެފް ޖުނައިނާ ޖަމްޝީދު

ޝެފުންގެ ޓީމުން އައިޓީބީގައި ހުންނަ ރާއްޖޭގެ ސްޓޭންޑުގައި ރާއްޖޭގެ ސަގާފީ ކާބޯތަކެތި ނުވަތަ ދިވެހި ރަހަތައް ތައްޔާރުކުރާ ގޮތް ދައްކާލައި، ސްޓޭންޑަށް ޒިޔާރަތް ކުރާ މީހުންނަށް ރާއްޖޭގެ ކާބޯތަކެތީގެ ރަހަ ބެލުމުގެ ފުރުސަތު ދޭނެ އެވެ.

މި އަހަރުގެ ފެއާގައި އެމްއެމްޕީއާރުސީ އިން ބާއްވާ މޯލްޑިވިއަން އިވްނިންގްގައި ރާއްޖޭގެ ފުރަތަމަ މާސްޓާ ޝެފް އަދި އެމްއެމްޕީއާރުސީގެ ބޯޑު މެންބަރު މަހާ ނަސީރުގެ ބެލުމުގެ ދަށުން ދިވެހި ފިއުޝަންގެ ރަހަތައް ތައްޔާރު ކުރާނެ އެވެ.

މި އަހަރުގެ ފެއާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 100އަށް ވުރެ ގިނަ ކުންފުނިން ބައިވެރިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް