ޓެކްނޮލަޖީގެ ދާއިރާ އިން ޒުވާނުން ކުރިއެރުވުމަށް އާރުއޯއެލް އިން އިސްކަންދޭ (ފޮޓޯ/އާރުއޯއެލް)

އާރުއޯއެލް، ޔޫތު ހެކަތޮންގެ ކޯ-ޕާޓްނަރަކަށް

އާރުއޯއެލް އިން ބުނީ ޓެކްނޮލަޖީ އާއި ވިޔަފާރިއާ ގުޅުން ހުރި ދާއިރާތަކުން ތައުލީމާއި ޒުވާނުން ކުރިއަރުވަން އެއްބާރުލުން ދިނުމަކީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާއެއް ކަމަށް

މިއަދު ފެށި ޔޫތު ހެކަތޮންގެ ކޯ-ޕާޓްނާއެއްގެ ގޮތުގައި ރާއްޖެ އޮންލައިން (އާރުއޯއެލް) އިން ބައިވެރިވެއްޖެ އެވެ.

ވީ ކިހިނެއް؟ - ތިން ދާއިރާއަކަށް ބަހާލައިގެން ހުށަހެޅުންތައް ހުށަހަޅައިގެން އެއް ވަނައަށް ދާ ޓީމަކަށް 1 ލައްކަ ރުފިޔާގެ އިނާމެއް ދޭ މި ހެކަތޯން ފެށީ، މިއަދު ޝޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ. މި ހަކަތޯންގައި ހިމެނޭ ތިން ދާއިރާއަކީ:

  • މެންޓަލް ހެލްތު: ނަފުސާނީ ދުޅަހެޔޮކަމާއި ސިއްހަތަށް އަމާޒުކޮށްގެން ޓެކްނޮލޮޖީ ބޭނުން ކޮށްގެން އިނޮވޭޓިވް ސޮލިއުޝަންތަކެއް އުފެއްދުން 

  • އިނޯވޭޓިވް މާކެޓްޕްލޭސް: ޑިޖިޓަލް ގާބިލުކަން އިތުރުކޮށް، ވިޔަފާރީގެ ކުރިއެރުމަށް މަގުފަހިކޮށްދޭ އީ- ކޮމާސް ސްޓްރެޓެޖީތައް އެކުލަވާލުން.

  • ކްރިއޭޓާ އެކޮނޮމީ: ކޮންޓެންޓް ކްރިއޭޓަރުންނަށް ޑިޖިޓަލް ޕްލެޓްފޯމްތަކާއި ޓެކްނޮލޮޖީގެ ބޭނުން ހަރުދަނާ ގޮތެއްގައި ހިފުމަށް ދުޅަހެޔޮކަމާއި، ޖިސްމާނީ ދުޅަހެޔޮކަމާއި، ވިސްނުންތެރިކަމާއި، ނަފްސާނީ ދުޅަހެޔޮކަމަށް ޙައްލުހޯދައިދޭ އިނޮވޭޓިވް އެޕްތަކެއް އުފެއްދުން

ތަފްސީލް - އާރުއޯއެލް އިން ބުނީ މި ހަރަކާތުގެ ކޯ-ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވީ ޒުވާނުންނާ އޮންނަ ގުޅުން ބަދަހިކޮށް، އެ ދާއިރާގެ އާ އީޖާދުތަކަށް ސަޕޯޓުދީ، ކުރިއަރަމުން އަންނަ ޒުވާނުންނަށް އެއްބާރުލުން ދިނުމަށް ކަމަށެވެ.

މި ހެކަތޯންގެ ތެރެއިން ފާހަގަކުރެވޭ ޒުވާނުންނަށް އާރުއޯއެލްގައި އިންޓާންޝިޕް ފުރިހަމަ ކުރުމުގެ ފުރުސަތު ދޭން ރާވާފައިވާ ކަމަށާއި މުސްތަގުބަލުގައި އެ ކުންފުނިން ވަޒީފާގެ ފުރުސަތުތައް ވެސް ފަހިކޮށްދޭނެ ކަމަށް އާރުއޯއެލް އިން ބުންޏެވެ.

މި ހެކަތޯންގެ ތެރެއިން

  • ޒުވާނުންގެ ފަރާތުން އާ ހިޔާލުތައް ލިބޭނެ ކަމަށް އާރުއޯއެލް އިން އުއްމީދު ކުރޭ

  • އެ ކުންފުނީގެ ހިދުމަތްތަކާ ގުޅޭ މައުލޫމާތު ހިއްސާ ކުރާނެ

  • ހެކަތޯންގެ މެންޓާއެއްގެ ގޮތުގައި އާރުއޯއެލްގެ ހެޑް އޮފް ފައިނޭންސް އެންޑް އެކައުންޓްސް މުހައްމަދު ސަޖީލް ރަޝީދު ބައިވެރިވެލައްވާ

އާރުއޯއެލް އިން ބުނީ ޓެކްނޮލަޖީ އާއި ވިޔަފާރިއާ ގުޅުން ހުރި ދާއިރާތަކުން ތައުލީމާއި ޒުވާނުން ކުރިއަރުވަން އެއްބާރުލުން ދިނުމަކީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ މުހިއްމު ބައެއް ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް