ސައީދު ސަރުކާރުގެ އަހާ ފޯރަމްގައި އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ (ފޮޓޯ/ޕީޕީއެމް)

އިގްތިސާދު

ރާއްޖޭގެ މާލީ ކަންކަމަށް ޒަމާނީ ހައްލުތައް ހޯދަން ސަރުކާރުގެ ވަފުދެއް އިނގިރޭސިވިލާތަށް ދަނީ

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މާލީ ދާއިރާ ހަރުދަނާ ކުރުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތުތައް ދުނިޔެއިން ބަލައިގެންފައިވާ ކަމަށް

މާލީ ކަންކަމުގައި ރާއްޖެއިން އަމަލު ކުރާނެ ޒަމާނީ ގޮތްތަކާ މެދު މަޝްވަރާ ކުރުމަށް ރާއްޖޭގެ ކަމާބެހޭ ވަފުދެއް އިނގިރޭސިވިލާތަށް ދާން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ތަފްސީލް - ރައީސް މުހައްމަދު މުއިއްޒު އުުތުރުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ސައީދު ށ. މިލަންދޫގައި ވާހަކަދައްކަވަމުން ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު މުޅި ދުނިޔެއަށް ރާއްޖެ ހުޅުވާލާފައިވާ ކަމަށެވެ.

އަދި ރާއްޖޭގެ މާލީ ކަންކަމުގައި ދެން އަމަލު ކުރާނެ ޒަމާނީ ގޮތްތަކުގެ ހައްލު ހޯދުމަށް ދުނިޔޭގެ އެންމެ ކުރިއަރާފައިވާ މާލީ ނިޒާމުތަކާ ވާހަކަ ދައްކަން ސަރުކާރުގެ ވަފުދެއް 15 މެއިގައި އިނގިރޭސިވިލާތުގެ ލަންޑަނަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މާލީ ކަންކަމުގައި ރާއްޖެ ދެން މިސްރާބު ބައްޓަން ކުރާނެ ކުރާނެ މޮޑާން ނުވަތަ ޒަމާނީ ހައްލު ހޯދުމުގެ ގޮތުން އެންމެ ކުރިއަރާފައިވާ މާލީ ނިޒާމުތަކާ ރާއްޖެއިން ވާހަކަ ދައްކަން ލަންޑަނަށް ވެސް ދަތުރު ކުރަން އިނގިރޭސި ސަރުކާރުން ވަނީ ރައީސަށް އިންތިޒާމު ފަހިކޮށްދެއްވާފައި،" ސައީދު ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގެ ވިޔަފާރި ވަފުދެއް 10 ޖުލައިގައި އެމެރިކާއަށް ދާން ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"[އަޅުގަނޑުގެ މައުލޫމާތު ކުށް ކަމުގައި ނުވާ ނަމަ] ރާއްޖެއިން ފުރަތަމަ ފަހަރަށް ޓްރޭޑު ޑެލިގޭޝަނެއް ވޮޝިންޓަނަށް ދާނެ. އެކަން ރައީސްއަށްޓަކައި އެމެރިކާ ސަރުކާރުން ވަނީ ފަހިކޮށްދެއްވާފައި،" ސައީދު ވިދާޅުވި އެވެ.

 އޭނާ ވިދާޅުވީ ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާ ކުރުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތުތައް ދުނިޔެއިން ބަލައިގަނެފައިވާ ކަމަށެވެ.

ދުނިޔެއަށް ރާއްޖޭގެ އިގްތިސޯދު ހުޅުވާލައި އިގްތިސޯދު ރަނގަޅު ކުރުމަށް ރައީސް މުއިއްޒުގެ ވެރިކަމުގެ ފާއިތުވި ކުރު މުއްދަތުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެގޮތުން އެމަނިކުފާނު ޗައިނާ އާއި ތުރުކީއަށް ކުރެއްވި ދަތުރުފުޅުގައި އެ ދެ ގައުމާ އެކު ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ކުރި މަޝްވަރާގެ ނަތީޖާ ފެންނަން ފަށާފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.

ކޮމެންޓް (2)

ސަޅި

28 ފެބްރުއަރީ 2024
ރީއްޗަށް ބުނެބަލަ ސަލާންޖަހަންށޭ މިދަނީ
0 0

ނޫސް

27 ފެބްރުއަރީ 2024
ދެން ކީއްވެގެންތަ ޔޫކޭ މީހުންނަށް އެ މީހުންގެ އިގްތިސާދު ސަލާމަތް ނުކުރެވިގެން އުޅެނީ؟ އަޖައިބެއް
0 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް