ރަމަޒާން ފެސްޓްގައި އެމްއައިބީއިން ކުރިއަށްގެންދާ ވަގުތުން އެކައުންޓް ޗެލެންޖް. (ދައުރު ފޮޓޯ)

ރަމަޒާން ފެސްޓް

ރަމަޒާން ފެސްޓްގައި އެމްއައިބީގެ އެކައުންޓް ހުޅުވުމުގެ މުބާރާތެއް؛ އިނާމަކީ 5000ރ.

ރަމަޒާން ފެސްޓް ކުރިއަށްދާ ކޮންމެ ދުވަހަކު ވެސް އެންމެ އަވަހަށް އެކައުންޓް ހުޅުވާ މީހަކަށް އިނާމެއްގެ ގޮތުގައި 5،000ރ. އެމްއައިބީއިން ދޭނެ
23 ފެބްރުއަރީ 2024

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ 'އެމްއައިބީ ރަމަޒާން ފެސްޓު 2024 ޕަވާޑް ބައި ހޮންޑާ'ގައި އެންމެ އަވަހަށް އެކައުންޓް ހުޅުވޭ މީހަކަށް ފައިސާގެ އިނާމު ލިބޭ މުބާރާތެއް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން އެބަ ކުރިއަށްގެންދެ އެވެ.

'ވަގުތުން އެކައުންޓް ޗެލެންޖް'ގެ ނަމުގައި ކުރިއަށްގެންދާ އެ މުބާރާތް، ރަމަޒާން ފެސްޓިވަލް އޮންނަ ކޮންމެ ދުވަހަކު ވެސް ކުރިއަށްގެންދާނެ އެވެ.

އެމްއައިބީގެ ސްޓޯލްގައިވާ ކިއުއާރު ކޯޑެއް ސްކޭން ކޮށްލުމުން މި ޗެލެންގައި ބައިވެރިވެވި، އެކައުންޓް ހުޅުވުމުގެ ރޭސް ފެށޭނެ އެވެ.

އިއްޔެ އެންމެ އަވަހަށް އެކައުންޓެއް ހުޅުވީ 1:27 މިނެޓުންނެވެ. އެމްއައިބީއިން ވަނީ ރޭ އެ ފަރާތާ 5،000ރ.ގެ އިނާމު ހަވާލުކޮށްފަ އެވެ.

ރަމަޒާން ފެސްޓްގެ ފުރަތަމަ ދުވަހު އެމްއައިބީ ވަގުތުން އެކައުންޓް ޗެލެންޖް ކާމިޔާބުކުރި ފަރާތް. (ފޮޓޯ/އެމްއައިބީ)

ރަމަޒާން ފެސްޓް

ރަމަޒާން ފެސްޓްގެ މަގުސަދަކީ ރޯދަ މަހުގެ ކުރިއަށް އެންމެން އެކީ ބައްދަލުކޮށްލެވޭނެ އުފާވެރި މާހައުލެއް ހޯދައިދިނުމެވެ. މި ފެސްޓުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތަކާއި ގޭގައި ތިބެގެން ވިޔަފާރިކުރާ ކުދި ވިޔަފާރިތަކުގެ ތަކެތި، މި ފެސްޓްގައި ދައްކާލަން ހުންނާނެ އެވެ. އަދި މި ތަކެތި ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް އޮންނާނެ އެވެ.

  • މި ފެސްޓް ހުޅުވިފައި ހުންނާނީ ހޮނިހިރު ދުވަހާއި ހަމައަށް، ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 12:00އަށް

މޯލްޑިވްސް ރަމަޒާން ފެސްޓުގެ ޓައިޓަލް ސްޕޮންސަރަކީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އެވެ. މެއިން ސްޕޮންސަރަކީ ރާއްޖޭގެ ހޮންޑާ ބްރޭންޑުގެ އޮތޮރައިޒްޑް ސޯލް ޑިސްޓްރިބިއުޓާ ޝީޝާ އެވެ. ސަޕޯޓިން ޕާޓްނަރަކީ ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީ އެވެ. ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ.

މި ހަރަކާތާ ބެހޭ އިތުރު މައުލޫމާތު ރަމަޒާން ފެސްޓުގެ ސޯޝަލް މީޑިއާ ޕޭޖުތަކުން ލިބޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް