އެމްއައިބީ ރަމަޒާން ފެސްޓް ގައި ހުރި ސްޓޯލެއް. (ދައުރު ފޮޓޯ/ބާޝް އަޝްރަފް)

ރަމަޒާން ފެސްޓް

ރަމަޒާން ފެސްޓަށް ޒިޔާރަތްކޮށްގެން ބަދިގެ ސެޓެއް

ނަސީބުވެރި އިތުރު 10 ފަރާތަކަށް 3000ރ.ގެ ވައުޗަރު ވެސް މުނިހޯމްކެއާ އިން ހުށަހަޅާފައިވޭ

ރޯދަ މަހަށް މަރުހަބާ ކިޔައި، އާއިލާތަކާއި ރައްޓެހިންނަށް އެކުގައި އުފާވެރި މަޖާ ވަގުތުކޮޅެއް ހޭދަކޮށް މީރު ކާބޯތަކެތީގެ ރަހަ ތަޖުރިބާކޮށްލަން ލިބޭ 'އެމްއައިބީ ރަމަޒާން ފެސްޓު2024' އަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރިއަކަށް މުނި ހޯމްކެއާ އިން ހުށަހަޅާ ހަ ފޫޓުގެ ބަދިގެ ސެޓެއް ހޯދުމުގެ ފުރުސަތު އޮންނާނެ އެވެ.

މަޖާ ގޭމުތަކާއި ހުރިހާ އުމުރުފުރައަކާ ވެސް ގުޅޭ ހަރަކާތްތަކާ އެކު މި ފެސްޓު އިއްޔެ ފެށިއިރު، މި ހަރަކާތް ކުރިއަށްދާނީ ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ.

ފެސްޓަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރިއަކަށް މުނި ހޯމްކެއާ އިން ހަ ފޫޓުގެ ބަދިގެ ސެޓެއް ހުށަހަޅާފައިވާއިރު ނަސީބުވެރި އިތުރު 10 ފަރާތަކަށް 3000ރ.ގެ ވައުޗަރު ވެސް ހުށަހަޅާފައިވެ އެވެ.

ރަމަޒާން ފެސްޓުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތަކާއި ގޭގައި ތިބެގެން ވިޔަފާރިކުރާ ކުދި ވިޔަފާރިތަކުގެ ތަކެތި، މި ފެސްޓްގައި ދައްކާލަން ހުންނާނެ އެވެ. އަދި މި ތަކެތި ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް އޮންނާނެ އެވެ.

މި ފެސްޓުގައި ގިނަ ވިޔަފާރިތަކުން ބައިވެރިވާ އިރު، ކެއިން ބުއިމަށް ބޭނުންވާ ސާމާނާއި ލުއިކާނާގެ ބާވަތްތައް ތަޖުރިބާ ކުރެވޭނެ އެވެ.

މިއީ އާއިލާތަކާއި އެކުވެރިން އެކުގައި ގޮސް އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށް ލިބޭނެ ފުރުސަތެކެވެ.

މިއީ ރޯދަ މަހުގެ ކުރިން އެންމެން އެކީ ބައްދަލުކޮށްލެވޭނެ އުފާވެރި މާހައުލެއް ހޯދައިދިނުމަށް ކުރިއަށް ގެންދާ ހަރަކާތެކެވެ.

މި ފެސްޓަށް ޒިޔާރަތް ކުރާ މީހުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ފަރާތްތަކަށް ތަފާތު އަގުހުރި އިތުރު އިނާމުތައް ވެސް ލިބޭނެ އެވެ.

މޯލްޑިވްސް ރަމަޒާން ފެސްޓުގެ ޓައިޓަލް ސްޕޮންސަރަކީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އެވެ. މެއިން ސްޕޮންސަރަކީ ރާއްޖޭގެ ހޮންޑާ ބްރޭންޑުގެ އޮތޮރައިޒްޑް ސޯލް ޑިސްޓްރިބިއުޓާ ޝީޝާ އެވެ. ސަޕޯޓިން ޕާޓްނަރަކީ ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީ އެވެ. ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. އަދި ސަޕޯޓިން ޕާޓްނަރަކީ އެޗްޑީސީ އެވެ.

މި ހަރަކާތާ ބެހޭ އިތުރު މައުލޫމާތު ރަމަޒާން ފެސްޓުގެ ސޯޝަލް މީޑިއާ ޕޭޖުތަކުން ލިބޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް