މި އަހަރު ބޭއްވި އެފްއެންޑް ބީ ޝޯގައި ހުރި އެމްޔޫ ސްޓޯރުގެ ސްޓޯލް. (ފޮޓޯ/އެމްޔޫ ސްޓޯރު)

އެމްޔޫ ސްޓޯރު

ރޯދައަށް ކާބޯތަކެތި ގަންނަން ދާންވީ ރަމަޒާން ފެސްޓުގައި ހުންނަ އެމްޔޫ ސްޓޯރުގެ ސްޓޯލަށް

އެމްޔޫ ސްޓޯރުން ރާއްޖެ އެތެރެކޮށް ވިއްކާ ގިނަ ބާވަތްތަކެއްގެ އަޖުމަ ބަލައިލުމުގެ ފުރުސަތު ވެސް މި ފެސްޓްގައި ލިބޭނެ

 ރޯދަ މަސް އަހަރެމެންނާ ބައްދަލުކުރަން މަދު ދުވަސްކޮޅަކަށް ވެފައިވާއިރު ރޯދައަށް ތައްޔާރުވާން އެންމެން ވެސް ވަނީ ފަށައިފަ އެވެ.

އާންމުކޮށް ކޮންމެ ރޯދަ މަހަކާ ދިމާކޮށް ކެއިންބުއިމަށް ބޭނުންވާ ސާމާނާއި ހިފާ ގެންގުޅޭ ތަކެތި ގަނެ، އާކޮށް ހަދަ އެވެ. ހާއްސަކޮށް ރޯދަ މަހުގެ ދުވަސްތަކުގައި ވިޔަފާރި ކުރަން ނުގޮސް، އެކަމަށް ހޭދަވާ ވަގުތު ސަލާމަތް ކުރުމަކީ ރޯދައާ ދިމާކޮށް ކާބޯތަކެތި ކަނޑުކޮށް ގަނެފައި ބަހައްޓާ އެއް ސަބަބެވެ.

ރޯދައަށް މަރުހަބާ ކިޔުމަށް މިއަދު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ފަށާ ރަމަޒާން ފެސްޓުގައި އެކި ފަންތީގެ ވިޔަފާރިތަކުން ބައިވެރިވެ އެވެ. އޭގެ އެންމެ މުހިންމު އެއް ބައިވެރިޔަކީ ރީޓެއިލް އާއި ހޯލްސޭލް ވިޔަފާރީގައި ވެސް މަގުބޫލު އެމްޔޫ ސްޓޯރެވެ.

އެމްޔޫ ސްޓޯރުގެ ސްޓޯލަށް ޒިޔާރަތްކޮށް އުފެއްދުންތަކުގެ އަޖުމަ ބަލާލުމުގެ ދައުވަތު އެ ފިހާރައިން ދޭ

އަންނަ ހޮނިހިރު ދުވަހާ ހަމައަށް ކުރިއަށްދާ ރަމަޒާން ފެސްޓުގައި ހުންނަ އެމްޔޫ ސްޓޯރުގެ ސްޓޯލުން އެކި ބާވަތްތަކުގެ ކާނާ ލިބެން ހުންނާނެ އެވެ. އެގޮތުން އެމްޔޫ ސްޓޯރުން ވިއްކާ ކަސްޓަމަރުންގެ އެންމެ މަގުބޫލު ބްރޭންޑުތަކުގެ އުފެއްދުންތައް ވެސް ހިމެނެ އެވެ.

ރަމަޒާން ފެސްޓުގައި ހުންނަ އެމްޔޫ ސްޓޯރުން ވިޔަފާރި ކުރާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ފަސް ކަސްޓަމަރުންނަށް ހާއްސަ އިނާމުތަކެއް ވެސް ލިބޭނެ

ފެސްޓުގެ މުއްދަތުގައި އެމްޔޫ ސްޓޯރުގެ ސްޓޯލުން ވިޔަފާރިކުރާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ފަސް ފަރާތަކަކަށް ހާއްސަ އިނާމުތަކެއް ވެސް ވަނީ ކަނޑައަޅައިފަ އެވެ.

  • 200ރ އިން މަތީގެ ވިޔަފާރި ކުރާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ފަސް ފަރާތަކަށް ކްރައުން ބްރޭންޑުގެ ގެރިކިރު ކޭހަކާއި ވެންހުޓަން ބްރޭންޑުގެ ކޮކޯ ޕައުޑަރު ޑަޒަނެއް ލިބޭނެ

@mustore.mv Join us at the Ramadan Fest 2024 from 21st to 24th February 2024 at Hulhumale Central Park! Make sure to visit our stall to experience free tasting, live cooking and more! 🎉 #ramadan #ramadanfest #mustore #muexpress #maldives #food #beverage #exhibition ♬ original sound - MU Store

އެ ސްޓޯލަށް ޒިޔާރަތްކުރާ ކަސްޓަމަރުންނަށް އެމްޔޫ ސްޓޯރުން ވިއްކާ އުފެއްދުންތަކުގެ އަޖުމަ ބަލައިލުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ. މި ފެސްޓަށް ޒިޔާރަތްކޮށް އެމްޔޫގެ ސްޓޯލުން ވިއްކާ އުފެއްދުންތައް ބަލައި، އޭގެ ތެރެއިން ކަމުދާ އުފެއްދުންތައް އިހުތިޔާރު ކުރުމަށް އެމްޔޫ ސްޓޯރުން ހުރިހާ ކަސްޓަމަރުންނަށް ވެސް ދައުވަތު ދެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް