ޕިރަމިޑުގެ ރޯދަ ޕްރޮމޯޝަނުގައި 400ގ ގެ މާރީ ބިސްކޯދު ޕެކެޓާއެކު 400ގ ގެ ރިޓްޒްބަރީ ޗޮކްލެޓެއް ލިބޭނެ (ދައުރު ފޮޓޯ)

ޕިރަމިޑް

އެންމެ މަގުބޫލު މާރީ ބިސްކޯދާ އެކު ރިޓްސްބަރީ ކުކިން ޗޮކްލެޓް

ޕިރަމިޑުން ދޭ ޔަގީން ކަމަކީ ރޯދަ އަށް ހާއްސަކޮށް ދިވެހިންނަށް ކަމުދާ ކާބޯތަކެތި ހެޔޮ އަގުގައި ކަސްޓަމަރުންނަށް ލިބޭން

ފޮނި ކާއެއްޗެއް ތައްޔާރުކޮށްލަން ނޫނީ ސަޔާ އެކު އަދި ކޮފީއާ އެކު ވެސް ދިވެހިންނަށް އެންމެ މަގުބޫލު އެއް ބިސްކޯދަކީ މަންޗީ މާރީ ބިސްކޯދެވެ. ރޯދަ މަހަށް ހާއްސަކޮށް ގަނޑުކޮށް ކާބޯތަކެތި ގަންނަ އިރު ވެސް ސްޓޮކުގައި ކޮންމެހެން ހިމަނަން ބޭނުންވާ އެއް ބާވަތަކަށް މަންޗީ މާރީ ބިސްކޯދުވެ އެވެ.

ބިސްކަޓް ފަޖު ނޫނީ މެގްނަމް ޕުޑިން ތައްޔާރު ކޮށްލަން ވެސް އެންމެ މުހިއްމު އެއް އިންގްރިޑިއަންޓަކީ މަންޗީ މާރީ އެވެ. ޗީޒް ކޭކުގެ ބޭސް ތައްޔާރުކޮށްލަން ވެސް މަންޗީ މާރީ ބޭނުން ކުރެވިދާނެ އެވެ. ނޫނީ ޗޮކްލެޓް ބޯލްސް ތައްޔާރު ކުރަން ވެސް މަންޗީ މާރީ އަކީ ފަސޭހަ އިންގްރިޑިއަންޓެކެވެ.

ޕިރަމިޑުގެ ރޯދަ ޕްރޮމޯޝަނުގައި 400ގ ގެ މާރީ ބިސްކޯދު ޕެކެޓާއެކު 400ގ ގެ ރިޓްޒްބަރީ ޗޮކްލެޓެއް ލިބޭނެ (ދައުރު ފޮޓޯ)

މާރީ ބިސްކޯދުން ތައްޔާރު ކުރެވިދާނެ ރަހަތައް ތައްޔާރު ކުރަން ބޭނުންކުރާނެ ކުކިން ޗޮކްލެޓާ އެކު މަންޗީ މާރީގެ ބަންޑަލް ޕެކު ޕިރަމިޑުން ކޮންމެ ރޯދަ މަހަކާ ދިމާކޮށް ރާއްޖޭގެ ބާޒާރަށް ތައާރަފު ކުރެ އެވެ. މި ޕެކާ އެކު ނިސްބަތުން އަގު ހެޔޮކޮށް މާރީ ބިސްކޯދާއި ޗޮކްލެޓު ގަންނަން ލިބެ އެވެ.

ޕްރޮމޮޝަނުގެ ދަށުން 400ގގެ ރިޒްބަރީ ކުކިން ޗޮކްލެޓާ އެކު 400ގ މާރީ ޕެކެޓެއް ލިބޭނެ އެވެ. މި ޕެކުގައި ހިމެނޭ ޗޮކްލެޓުގެ ޕެކޭޖިންގައި، މާރީ ބިސްކޯދާއި ރިޒްބަރީ ޗޮކްލެޓު ބޭނުންކޮށްގެން ފަސޭހައިން ތައްޔާރު ކުރެވޭނެ ރެސިޕީރައް ވެސް ހިމަނާފައިވެ އެވެ. މި ޕެކުގެ ޕްރޮމޯޝަނަލް އަގަކީ70ރ. އެވެ.

ޕިރަމިޑުގެ ރޯދަ ޕްރޮމޯޝަނުގައި 400ގ ގެ މާރީ ބިސްކޯދު ޕެކެޓާއެކު 400ގ ގެ ރިޓްޒްބަރީ ޗޮކްލެޓެއް ލިބޭނެ (ދައުރު ފޮޓޯ)

މަންޗީ މާރީ ބިސްކޯދު ބޭނުންކޮށްގެން ޗޮކްލެޓް ބޯލްސް ތައްޔާރު ކުރެވިދާނެ ރެސިޕީ އެއް

ބޭނުންވާނެ ތަކެތި

1/2 ޕެކެޓު މަންޗީ މާރީ

2 ސައިސަމްސާ ހަކުރު (މުގުރާފައި)

2 ސައިސަމްސާ ކޮކޯ ޕައުޑަރު

500 މލ ކިރު

ތައްޔާރު ކުރާނެ ގޮތް

މިކްސަރުގައި ހިމުންކޮށް ބިސްކޯދުތައް މުގުރާލާށެވެ. އޭގެ ތެރެއަށް ހަކުރާއި ކޮކޯޕައުޑަރު އަޅާ އެއްކޮށްލާށެވެ. ދެން މަޑުމަޑުން އޭގެ ތެރެއަށް ކިރު ފޮދު އަޅަމުން އެއްކުރަމުން ދާށެވެ.

ވަށްކޮށް ގުޅަ ހެދޭ ވަރަށް ބިސްކޯދުތައް ތެތްވުމުން ވަށްކޮށް ބޯޅަ ގޮތަށް ހަދާށެވެ. ބޭނުންނަމަ ބޭރުގައި ނަޓް ކޯޓިންއެއް ވެސް ލެވިދާނެ އެވެ. ނަޓް ކޯޓިން ލުމަށް، ރާޅުކޮށް ނަޓް މުގުރާފައި ޗޮކްލެޓް ބޯޅަތަކުގަައި އުނގުޅާލާށެވެ.

ޕިރަމިޑުގެ ރޯދަ ޕްރޮމޯޝަނުގެ ދަށުން ރޯދަ އަށް ބޭނުންވާނެ ގިނަ ސާމާނު ހެޔޮ އަގުގައި ލިބެން ހުންނާނެ (ދައުރު ފޮޓޯ)

މަންޗީ ބިސްކޯދު

މަންޗީ ބިސްކޯދަކީ ދިވެހިންގެ އިތުރުން ދުނިޔޭގައި ވެސް މަގުބޫލު ބިސްކޯދެކެވެ. އެގޮތުން ސްރީލަންކާ ސަރުކާރުންދޭ ކްރައުން އެވޯޑު މަންޗީ އަށް ލިބިފައިވާއިރު ދުނިޔޭގެ 60 އަށް ވުރެ ގިނަ ގައުމުގައި މަންޗީ އިން ވަނީ ކަސްޓަމަރުންގެ މަގުބޫލުކަން ހޯދައިފަ އެވެ.

މަންޗީ އަކީ 1968 ވަނަ އަހަރު އުފެއްދި ސްރީލަންކާ ބިސްކިޓް ލިމިޓެޑު (ސީބީއެލް)ގެ އުފެއްދުމެކެވެ. އެ ކުންފުންޏަކީ އެ ގައުމުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނިތަކުގެ ލިސްޓްގެ ކުރީގައި އަބަދުވެސް ހިފައްޓާ އަދި އެކްސްޕޯޓް ވިޔަފާރީގެ ވަރުގަދަ މައި އެއްތަނބު ވެސްމެ އެވެ.

މިއާއެކު އެންމެ ގިނަ ބިސްކޯދު އެކްސްޕޯޓު ކުރި ބްރޭންޑުގެ ލަގަބާ އެކު މަންޗީ އިން ވަނީ ބިސްކޯދުގެ މާކެޓުގައި ކުރިއެރުންތަކެއް ހޯދައިފަ އެވެ.

މަންޗީ ބިސްކޯދު އުފެއްދުމުގައި އެންމެ އިސްކަންދެނީ އެންމެ ރަނގަޅު އިންގްރިޑިއަންޓް ބޭނުންކޮށްގެން ކޮލެޓީ، ތާޒާ ބިސްކޯދު ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށެވެ.

  • މަންޗީގެ އުފެއްދުންތަކަކީ ކަސްޓަމަރުންނަށް ކަމުދާ ރަހަތަކަކަށް ހެދުމަށް އަބަދުވެސް މަސައްކަތް ކުރޭ

  • އެންމެ ރަނގަޅު ނިއުޓްރިޝަނަލް ވެލިއު ހުންނަ އިންގްރިޑިއަންޑް ބޭނުންކުރޭ

  • އާޓިފިޝަލް އިންގްރިޑިއަންޓު ބޭނުން ނުކޮށް، ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް ވެސް އެންމެ ކަމުދާނެ ރަހަތައް ގެނެސްދޭން މަސައްކަތް ކުރޭ

  • 13،000 އަށް ވުރެ ގިނަ ހޯމް ގްރޯން ދަނޑުވެރިންގެ ކޮމިޔުނިޓީ އެއް މަންޗީގެ ސަޕްލައި ޗެއިންގައި ހިމެނޭ

  • މަންޗީގެ އުފެއްދުންތައް ކަސްޓަމަރުންނަށް ގެނެސްދެނީ ތާޒާ އިންގްރިޑިއަންޓު ބޭނުންކޮށްގެން، ރައްކާތެރިކަމާ އެކު

ޕިރަމިޑުގެ ރޯދަ ޕްރޮމޯޝަނުގެ ދަށުން ފްރުޓްއޭޝް ބްރޭންޑުގެ ޖޫސް އަގުހެޔޮކޮށް ލިބޭނެ (ދައުރު ފޮޓޯ)

ރާއްޖޭގައި މަންޗީގެ ސޯލް ޑިސްޓްރިބިއުޓަރަކީ ޕިރަމިޑެވެ. އެ ކުންފުނިން ދިވެހިންނަށް މަންޗީގެ ރަހަތައް ގެނެސްދޭތާ 30 އަހަރު ވެއްޖެ އެވެ.

އަންނަ އޭޕްރީލް މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މާރީ ބިސްކޯދު ބަންޑަލް ޕެކު  ޕްރޮމޯޝަނުގެ މުއްދަތުގައި މެލޭޝިއާގެ މަޝްހޫރު ޖޫސް، ފުރުޓް އޭޝް ބްރޭންޑުގެ މެންގޯ ފްލޭވާ ޖޫހުގެ 12 ފުޅީގެ ކޭސް ވެސް ހާއްސަ އަގެއްގައި 560ރ. އަށް ލިބޭނެ އެވެ.

މިއީ ރޯދަ ވީއްލާ ވަގުތު އަވަހަށް ޖޫހެއް ގިރާލަން ބޭނުން މީހުންނަށް ކަމުދާނެ އުފެއްދުމަކަށް ވާނެ އެވެ. ހާއްސަކޮށް ބުރަ ދުވަހެއްގެ މަސައްކަތަށް ފަހު ރޯދަ ވީއްލަން ވާއިރަށް ތާޒާ މޭވާގެ ޖޫހެއް ތައްޔާރު ކުރަން ވަގުތު ނޯންނަ ދުވަހެއް ނަމަ މިއީ ފަސޭހަވާނެ އޮޕްޝަނަކަށް ވާނެ އެވެ.

ޕިރަމިޑުގެ ރޯދަ ޕްރޮމޯޝަނުގެ ދަށުން ފްރުޓްއޭޝް ބްރޭންޑުގެ ޖޫސް އަގުހެޔޮކޮށް ލިބޭނެ (ދައުރު ފޮޓޯ)

މީގެ އިތުރުން ވެސް ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑުތަކުގެ ކާނާގެ ބާވަތްތައް ޕިރަމިޑުން ދިވެހިންނާއި ހަމައަށް ގެނެސްދެ އެވެ.

ޕިރަމިޑުގެ ރޯދަ ޕްރޮމޯޝަނުގެ ދަށުން ރޯދަ އަށް ބޭނުންވާނެ ގިނަ ސާމާނު ހެޔޮ އަގުގައި ލިބެން ހުންނާނެ (ދައުރު ފޮޓޯ)
ޕިރަމިޑުގެ ރޯދަ ޕްރޮމޯޝަނުގެ ދަށުން ރޯދަ އަށް ބޭނުންވާނެ ގިނަ ސާމާނު ހެޔޮ އަގުގައި ލިބެން ހުންނާނެ (ދައުރު ފޮޓޯ)

ހާއްސަކޮށް ޕިރަމިޑުން ވިއްކާ މަޖޫލް ކަދުރަކީ މެދުއިރުމަތީގައި ހައްދާ، މީރު ކަދުރެކެވެ. އާންމުކޮށް ރާއްޖޭގެ ބާޒާރުގައި ހުންނަ ކަދުރަށް ވުރެ ބޮޑެތި މަޖޫލް ކަދުރު ކޭސް ވެސް ޕިރަމިޑުން ރޯދަ އާ ދިމާކޮށް ވިއްކަނީ ބޮޑު ޑިސްކައުންޓަކާ އެކު އެވެ.

ޕިރަމިޑުން ދޭ ޔަގީން ކަމަކީ ރޯދަ އަށް ހާއްސަކޮށް ދިވެހިންނަށް ކަމުދާ ކާބޯތަކެތި ހެޔޮ އަގުގައި ކަސްޓަމަރުންނަށް ލިބޭނެ ކަމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް