ދިރާގު ހެޑް އޮފީސް

ދިރާގު

ދިރާގުގެ އިންޓަނެޓު ހިދުމަތް މެދުކެނޑިއްޖެ

ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑު އިންޓަނެޓުގެ ހިދުމަތަށް ވަނީ ބުރޫއަރާފައި

ދިރާގުން ފޯރުކޮށްދޭ އިންޓަނެޓުގެ ހިދުމަތަށް ބުރޫއަރައިފި އެވެ.

ވީ ކިހިނެއް؟ - މިރޭ އިރާކޮޅުން ފެށިގެން ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑު އިންޓަނެޓުގެ ހިދުމަތް ވަނީ މެދުކެނޑިފަ އެވެ. ވަގުތުކޮޅަކަށް މޮބައިލް އިންޓަނެޓުގެ ހިދުމަތް ވެސް މެދުކެނޑުނެވެ.

ތަފްސީލް - ދިރާގުން މިރޭ 8 ޖަހާ އެހާކަށް ހާއިރު ސޯޝަލް މީޑިއާގައި ބުނިގޮތުގައި ހިދުމަތަށް ބުރޫއެރީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުންނެވެ. އޭގެ ތަފްސީލެއް ނުދެ އެވެ.

ނަމަވެސް މައްސަލަ ހައްލު ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ދިރާގުގެ އެ ޕޯސްޓުގައި ބުންޏެވެ.

އޭގެ ގަޑިއެއްހާއިރު ފަހުން އެ ކުންފުނިން ވަނީ މައްސަލަ ހައްލުވެފައިވާ ކަމަށާއި އިންޓަނެޓުގެ ހިދުމަތް މިހާރު ލިބޭނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތެއް އަދިވެސް ނުލިބެ އެވެ. މޮބައިލް އިންޓަނެޓުގެ ހިދުމަތް ވަނީ ހިދުމަތް މެދުކެނޑުނުތާ ގަޑިއެއްހައި އިރު ފަހުން ލިބެން ފަށައިފަ އެވެ.

މާލެ އާއި ރާއްޖޭގެ އެހެން ހުރިހާ ކަންކޮޅުތަކެއްގައި ވެސް ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑު އިންޓަނެޓުގެ ހިދުމަތަށް ވަނީ ބުރޫއަރައިފަ އެވެ.

ހިދުމަތް މެދުކެނޑިފައިވާތާ ގާތްގަނޑަކަށް ތިން ގަޑިއިިރު ވެފައިވާއިރު، ހިދުމަތް ދޭން ފެށޭނެ އިރެއް އަދި ދިމާވީ ކޮން މައްސަލައެއް ކަމެއް އެ ކުންފުނިން ނުބުނެ އެވެ.

info@dhiraagu.com.mv
123

އިތުރު އާޓިކަލް

އިތުރު އާޓިކަލް