މޯލްޑިވްސް މެރިން އެކްސްޕޯ 2024ގައި ސޮލަރެލް އިންޝުއަރެންސްގެ ސްޓޯލް. (ދައުރު ފޮޓޯ/ބާޝް އަޝްރަފް)
ސޮލަރެލްގެ ހޯމް ޕްލަސް: މުހިންމު ކަންކަން އެއް ޕެކޭޖުން ކަވަރުކޮށްލެވޭނެ
ސޮލަރެލް އިންޝުއަރެންސްގެ 'ހޯމް ޕްލަސް' އަކީ ގުދުރަތީ ކާރިސާތަކާއި އާންމު ދިރިއުޅުމުގައި ދިމާވެދާނެ އެކްސިޑެންޓްތަކުން ލިބޭ ގެއްލުމުގެ ބަދަލު ހޯދައިދޭ ޕޮލިސީއެކެވެ. މި ޕޮލިސީއާ އެކު އެކި ކަންކަމަށް ވަކި ޕޮލިސީތައް ނެގުމުގެ ބަދަލުގައި ކުޑަ ޕްރިމިއަމް އަކުން ތަފާތު ގިނަ ކަންކަން އިންޝުއާ ކޮށްލެވެ އެވެ.
ސޮލަރެލް ހޯމް ޕްލަސް
ހޯމް ޕްލަސްއިން ކަވަރޭޖް ލިބޭ ކަންކަމުގެ ތެރޭގައި ހިމެނެނީ:
-
އަލިފާނުގެ ހާދިސާތައް
-
ވައްކަން
-
ޕާސަނަލް އެކްސިޑެންޓްސް
-
އެކްސިޑެންޓަލް މެޑިކަލް ހަރަދުތައް (އައިޕީޑީ އެކަނި)
-
މޮޓޯ ކޮމްޕްރިހެންސިވް (ސައިކަލު، ކާރު ނުވަތަ ވޭނު)
ހޯމް ޕްލަސް ބަހާލާފައިވަނީ ތިން ޕްލޭނަކަށެވެ. އެއީ ސިލްވާ، ގޯލްޑް އަދި ޕްލެޓިނަމް އެވެ. މި ތިން ޕްލޭންގެ ތަފާތަކީ ޕްރިމިއަމްގެ ގޮތުގައި ދައްކަން ޖެހޭ އަދަދާއި ބަދަލުގެ ގޮތުގައި ދޭ އަދަދެވެ.
ސިލްވާ
-
އަލިފާނުގެ ހާދިސާތައް - 250،000ރ.އާ ހަމައަށް
-
ވައްކަން - 50،000ރ.އާ ހަމައަށް
-
ޕާސަނަލް އެކްސިޑެންޓްސް - 100،000ރ.އާ ހަމައަށް
-
އެކްސިޑެންޓަލް މެޑިކަލް ހަރަދުތައް (އައިޕީޑީ އެކަނި) - 50،000ރ.އާ ހަމައަށް
-
މޮޓޯ ކޮމްޕްރިހެންސިވް - ސައިކަލު - 50،000ރ، ކާރު ނުވަތަ ވޭނު 250،000ރ.
-
އެނުއަލް ޕްރިމިއަމް - 899ރ. (ކާރު ނުވަތަ ވޭން ހިމެނޭ ނަމަ 2،150ރ.)
ގޯލްޑް
-
އަލިފާނުގެ ހާދިސާތައް - 500،000ރ.އާ ހަމައަށް
-
ވައްކަން - 50،000ރ.އާ ހަމައަށް
-
ޕާސަނަލް އެކްސިޑެންޓްސް - 100،000ރ.އާ ހަމައަށް
-
އެކްސިޑެންޓަލް މެޑިކަލް ހަރަދުތައް (އައިޕީޑީ އެކަނި) - 75،000ރ.އާ ހަމައަށް
-
މޮޓޯ ކޮމްޕްރިހެންސިވް - ސައިކަލު - 75،000ރ، ކާރު ނުވަތަ ވޭނު 450،000ރ.
-
އެނުއަލް ޕްރިމިއަމް - 1،333ރ. (ކާރު ނުވަތަ ވޭން ހިމެނޭ ނަމަ 3،590ރ.)
ޕްލެޓިނަމް
-
އަލިފާނުގެ ހާދިސާތައް - 750،000ރ.އާ ހަމައަށް
-
ވައްކަން - 50،000ރ.އާ ހަމައަށް
-
ޕާސަނަލް އެކްސިޑެންޓްސް - 100،000ރ.އާ ހަމައަށް
-
އެކްސިޑެންޓަލް މެޑިކަލް ހަރަދުތައް (އައިޕީޑީ އެކަނި) - 100،000ރ.އާ ހަމައަށް
-
މޮޓޯ ކޮމްޕްރިހެންސިވް - ސައިކަލު - 100،000ރ، ކާރު ނުވަތަ ވޭނު 600،000ރ.
-
އެނުއަލް ޕްރިމިއަމް - 1،777ރ. (ކާރު ނުވަތަ ވޭން ހިމެނޭނަމަ 4،775ރ.)
ސަޮލަރެލްގެ 1413 ހޮޓްލައިންއަށް ގުޅައިގެން ނުވަތަ [email protected] އަށް އީމެއިލް ކުރުމުން ހޯމް ޕްލަސް އާއި އިތުރު ޕޮލިސީތައް ނެގޭނެ އެވެ. އަދި ޕޮލިސީތަކާ ބެހޭ އިތުރު މައުލޫމާތު ސޮލަރެލްގެ ވެބްސައިޓުން ވެސް ބަލައިލެވޭނެ އެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި މިރޭގެ ނިޔަލަށް ކުރިއަށްދާ މޯލްޑިވްސް މެރިން އެކްސްޕޯގައި ސޮލަރެލް އިންޝުއަރެންސްގެ ސްޓޯލަށް ޒިޔާރަތްކޮށްގެން ވެސް ހޯމް ޕްލަސް ޕޮލިސީއަށް ރެޖިސްޓާ ކޮށްލެވޭނެ އެވެ.