އެލައިޑް އިންޝުއަރެންސަށް 39 އަހަރު ފުރުން ފާހަގަ ކުރުން. (ފޮޓޯ/އެލައިޑް)

އެލައިޑަށް 39 އަހަރު؛ އޮންލައިންކޮށް ޕޮލިސީ ގަތުމުން ހަދިޔާއެއް

ކަސްޓަމާ ފްރަންޓު އޮފީހަށް ޒިޔާރަތްކޮށް މިއަދު ޕޮލިސީ ގަންނަ ފުރަތަމަ 39 ކަސްޓަމަރުންނަށް ހަދިޔާއެއްގެ ގޮތުގައި އެ ކުންފުނީގެ 2024 ވަނަ އަހަރުގެ އަހަރީ ކަލަންޑަރު ލިބޭނެ

އެލައިޑް އިންޝުއަރެންސްއަށް 39 އަހަރު ފުރުން ފާހަގަ ކުރުމަށް ކަސްޓަމަރުންނަށް ހަދިޔާ ލިބޭ ހާއްސަ ގިވްއަވޭއަކާ އެކު އަހަރީ ދުވަހާ ގުޅުވައިގެން އިތުރު ހަރަކާތްތަކެއް ފަށައިފި އެވެ.

ވީ ކިހިނެއް؟ - އެލައިޑުން ބުނީ އެ ކުންފުނީގެ ކަސްޓަމާ ފްރަންޓު އޮފީހަށް ޒިޔާރަތްކޮށް، ޕޮލިސީ ގަންނަ ފުރަތަމަ 39 ކަސްޓަމަރުންނަށް ހަދިޔާއެއްގެ ގޮތުގައި އެ ކުންފުނިން މި އަހަރަށް ތައްޔާރުކޮށްފައިވާ ކަލަންޑަރު ލިބޭނެ ކަމަށެވެ.

ތަފްސީލް - އަހަރީ ދުވަހާ ގުޅުވައިގެން އެލައިޑުން ވަނީ އޮންލައިންކޮށް އެ ކުންފުނީގެ އިންޝުއަރެންސް ޕޮލިސީ ގަންނަ ކަސްޓަމަރުންނަށް ހާއްސަ ހަދިޔާ ލިބޭ ގިވްއަވޭ އެއްވެސް ފަށައިފަ އެވެ.

  • އެލައިޑްގެ އެޕްލިކޭޝަން އަދި މައި އެލައިޑް ޕޯޓަލް މެދުވެރިކޮށް ގަންނަ ޕޮލިސީތަކަށް ސަޕްރައިޒް ހަދިޔާއެއް ލިބޭނެ

މީގެ އިތުރުން، އަހަރީ ދުވަހާ ގުޅިވައިގެން ކުރިއަށް ގެންދިޔަ ހާއްސަ ހަރަކާތްތަކުގެ ތެރެއިން އެލައިޑުން ވަނީ އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް ފުލުހުން ކުރިއަށް ގެންދާ 'ރައްކާ' ކެމްޕޭނަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމައި އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

  • މިއީ މަގުމަތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން އިސްނަގައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް

އަހަރީ ދުވަހު އެލައިޑުން ވަނީ ދިވެހި ރެޑް ކްރެސެންޓުގެ 'ޕާޓްނާސް ފޯ ހިޔުމެނިޓީ އިނިޝިއޭޝިވް'ގައި ވެސް ބައިވެރިވެފަ އެވެ. މިއީ ކުންފުނިތަކުގެ އިޖުތިމާއީ ޒިންމާގެ ދަށުން ރަށްރަށަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރެޑް ކްރެސެންޓުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް