އެފްއެންޑް ބީ ޝޯ 2024ގައި އެމްޔޫ ސްޓޯރުގެ ސްޓޯލް. (ފޮޓޯ/އެމްޔޫ ސްޓޯރު)
އެފްއެންޑްބީ ޝޯ: އެމްޔޫ ސްޓޯރުގެ ސްޓޯލުން އިނާމުތަކާއި ހަދިޔާ
މިހާރު ކުރިއަށްދާ މޯލްޑިވްސް ފުޑް އެންޑް ބެވަރޭޖް ޝޯ (އެފްއެންޑްބީ ޝޯ)ގައި އެމްޔޫ ސްޓޯރުން ބައިވެރިވެ، ތަފާތު އެކި ހަރަކާތްތައް އެބަ ކުރިއަށްގެންދެ އެވެ.
މާދަމާ ރޭގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ އެފްއެންޑްބީ ޝޯގައި އެމްޔޫ ސްޓޯރުގެ ސްޓޯލްގައި ލައިވް ކުކިން އާއި އެ ކުންފުނިން އެންމެ ފަހުން ބާޒާރަށް ނެރުނު 'ޑޯސްޓޯރީ' ބްރޭންޑުގެ ޑެމޯތައް އަންނަނީ ދައްކާލަމުންނެވެ.
ޑޯސްޓޯރީއަކީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެކި ބާވަތްތަކުގެ ކާނާ ތައްޔާރުކޮށްލެވޭ ފްރޯޒަން ފުޑް ރޭންޖެކެވެ. އޭގެ ތެރޭގައި ހިމެނެނީ:
-
ޗަޕާތީ
-
ފަރާޓާ
-
ނާން
-
ހޭޝް ބްރައުންސް
-
ވެޖް ނަގެޓްސް
-
ސަމޯސާ
-
ޕަފް ޕޭސްޓްރީ
އެމްޔޫ ސްޓޯރުގެ ސްޓޯލަށް ޒިޔާރަތް ކުރާ މީހުންނަށް ޑޯސްޓޯރީގެ އުފެއްދުންތަކުގެ ރަހަ ބަލައިލެވޭނެ އެވެ.
މީގެ އިތުރުން ސްޓޯލަށް ޒިޔާރަތްކުރާ މީހުންނަށް އެމްޔޫ ސްޓޯރުގެ ފަރާތުން އެކި އިނާމުތަކާއި ހަދިޔާތައް ވެސް ލިބޭނެ އެވެ. އެގޮތުން:
-
ޑޯސްޓޯރީ އުފެއްދުމެއްގެ ރަހަ ބަލައިލުމަށްފަހު ފީޑްބެކް ފޯމެއް ފުރާލުމމުން ޑިސްކައުންޓް ކާޑެއް ލިބޭނެ؛ އެ ކާޑު ބޭނުން ކުރެވޭނީ އެމްޔޫ އެސްކްސްޕްރެސް ހުޅުމާލެ ފިހާރައިގައި
-
ފީޑްބެކް ހުށަހަޅާ މީހުންގެ ތެރެއިން ނަސީބުވެރި ފަސް ފަރާތް ހޮވާނެ؛ ކޮންމެ ފަރާތަކަށް ވެސް އިނާމެއްގެ ގޮތުގައި ގިފްޓް ހެމްޕާއެއް ލިބޭނެ