އުރީދޫގެ ހެޑް އޮފީސް (ފޮޓޯ/އުރީދޫ)

އުރީދޫ

ސެމްސަންގުގެ އާ އުފެއްދުންތައް ދައްކާލާ އިވެންޓުގެ ވޮޗު ޕާޓީއެއް އުރީދޫން ބާއްވަނީ

އުރީދޫން ބުނީ މި އިވެންޓުގެ ލައިވް ސްޓްރީމު ބެލުމަށް ސީހައުސް ކެފޭގައި މިރޭ ވޮޗު ޕާޓީއެއް އޮންނާނެ؛ އިވެންޓުގައި ބައިވެރިވާ ބެލުންތެރިންގެ މެދުގައި ގުރުއަތެއް ނަގައި ނަސީބުވެރި ފަސް މީހަކަށް ގެލެކްސީ ބަޑްސް ދޭނެ

ސެމްސަންގުގެ އާ އުފެއްދުންތައް ދައްކާލަން ބާއްވާ އިވެންޓު ބެލުމަށް އުރީދޫން ހާއްސަ ވޮޗު ޕާޓީއެއް ބާއްވަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ސެމްސަންގުން ކޮންމެ އަހަރަކު ބާއްވާ 'ގެލެކްސީ އަންޕެކްޑް' ލައިވްސްޓްރީމް މިރޭ އޮންނާނެ އެވެ. ސެމްސަންގުން ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ އާ އީޖާދުތައް މި އިވެންޓުގައި ދައްކާލާނެ އެވެ.

ތަފްސީލް - އުރީދޫން ބުނީ މި އިވެންޓުގެ ލައިވް ސްޓްރީމު ބެލުމަށް ސީހައުސް ކެފޭގައި މިރޭ ވޮޗު ޕާޓީއެއް އޮންނާނެ ކަމަށެވެ.

  • މިރޭ އިވެންޓު ފަށާނީ 9:30ގައި ފުލް ސާކަލް ބޭންޑުގެ ލައިވް މިއުޒިކްއާ އެކު

  • ގެލެކްސީ އަންޕެކްޑް އިވެންޓު ފަށާނީ 11 ޖަހާއިރު

އި އިވެންޓުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ވަނީ ހުޅުވާލައިފަ އެވެ. އިވެންޓުގައި ބައިވެރިވާ ބެލުންތެރިންގެ މެދުގައި ގުރުއަތެއް ނަގައި ނަސީބުވެރި ފަސް މީހަކަށް ގެލެކްސީ ބަޑްސް ދޭނެ ކަމަށް ވެސް އުރީދޫން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް