އެނާޖިއޯ ބްރޭންޑުގެ ބެޓެރީ (ދައުރު ފޮޓޯ/ މުހައްމަދު އަމާން)

ވިޔަފާރި

އެނާޖިއޯ ބްރޭންޑުގެ ބެޓަރި އިންޒާ އިން

އިންޒާއަކީ އެނާޖިއޯ ބްރޭންޑްގެ ބެޓެރީ އާއި ލިޔޯޗް ބްރޭންޑްގެ ބަގީ އަދި ސައިކަލް ބެޓެރީގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރު

ސިންގަޕޫރުގެ މޮޅު އެނާޖިއޯ ބްރޭންޑުގެ ޖެނެރޭޓަރު ބެޓަރީ އާއި ލޯންޗު، ޕިކަޕު އަދި ކާރު ބެޓަރީ މިހާރު ފަސޭހަކަމާ އެކު ރާއްޖޭގެ ބާޒާރުން ލިބެން އެބަ ހުއްޓެވެ.

ރާއްޖެއަށް މި ބްރޭންޑުގެ ބެޓަރީ އެތެރެކޮށް ވިއްކަނީ އިންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުންނެވެ. މިއީ 2016 އިން ފެށިގެން ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތައް އަދި އަމިއްލަ ކުންފުނިތަކާއި ރިސޯޓުތަކަށް ވެސް ހިދުމަތް ދެމުން އަންނަ އަދި ކަސްޓަމަރުންގެ އިތުބާރު ވެސް ހޯދާފައިވާ ކުންފުންޏެވެ.

އިންޒާ އިން ވިއްކާ ބައެއް މުދާ (ދައުރު ފޮޓޯ/ މުހައްމަދު އަމާން)

އިންޒާގެ އާންމު ކަސްޓަމަރުންގެ ގޮތުގައި ރާއްޖޭގެ ބޮޑެތި ކޮންސްޓްރަކްޝަން ކުންފުނިތަކާއި ސަރުކާރުގެ ބޮޑެތި ކުންފުނިތައް ހިމެނެ އެވެ. އިންޒާއިން އެންމެ ބޮޑު އިސްކަމެއް ދެނީ ކަސްޓަމަރުން ބޭނުންވާ ފަދަ ފުރިހަމަ ހިދުމަތެއް ދީ، ކަސްޓަމަރުންގެ އިތުބާރު ދެމެހެއްޓުމަށެވެ.

ރާއްޖޭގެ ބާޒާރުގައި އެންމެ މަގުބޫލު ބްރޭންޑުތަކުގެ އުފެއްދުންތައް އުފައްދާ މެނުފެކްޗަރާއިންނާއި ޑިސްޓްރިބިއުޓަރުންނާ އެކު ވަރުގަދަ ގުޅުމެއް އުފެއްދިފައިވާކަން އިންޒާ އިން ފާހަގަކުރެ އެވެ.

އެނާޖިއޯ ބްރޭންޑުގެ ބެޓެރީ (ދައުރު ފޮޓޯ/ މުހައްމަދު އަމާން)
  • އިންޒާއަކީ އެނާޖިއޯ ބްރޭންޑްގެ ބެޓެރީ އާއި ލިޔޯޗް ބްރޭންޑްގެ ބަގީ އަދި ސައިކަލް ބެޓެރީގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރު

  • ޓިއަންނެންގް ބްރޭންޑްގެ އައިލެންޑް ޕިކަޕް ބެޓެރީ އާއި ލެކްސޯ ބްރޭންޑްގެ ބެޓެރީ ވެސް އެކުންފުނިން ޑިސްޓްރިބިއުޓް ކުރޭ

  • ފެމެޓެލް ބްރޭންޑްގެ އުފެއްދުންތަކާއި އެޗްޕީއެލް ފަންކާގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރަކީ ވެސް އިންޒާ

  • މީގެ އިތުރުން އިލެކްޓްރިކް ކޭބަލް، ސޮކެޓް، ސާކިޓް ބްރޭކަރު، ލައިޓިންއަށް ބޭނުންވާ ސާމާނާއި އާންމު ހާޑްވެއާ އައިޓަމްތައް ވެސް އިންޒާ އިން ލިބޭނެ

  • ބެއަރިިން އާއި ފިލްޓަރު ފަދަ ސްޕެއާ ވެސް އިންޒާ އިން ވިއްކާ

އިންޒާގެ ޝޯރޫމް (ދައުރު ފޮޓޯ/ މުހައްމަދު އަމާން)

އިންޒާގެ ޝޯރޫމުން މި ހުރިހާ ސާމާނެއް ލިބެން ހުރެ އެވެ.

ޝޯރޫމު ހުންނަނީ ކަރަންކާމަގު ހ. ހުދުތަރި ގްރައުންޑް ފްލޯގަ އެވެ.

ގުޅޭނެ ނަންބަރު: 9967474 / 7770420 

އިތުރު އާޓިކަލް

އިތުރު އާޓިކަލް