ކާރަކަށް ތެޔޮ އަޅަނީ: ރާއްޖޭގައި ތެލުގެ އަގު ވަނީ ހެޔޮކޮށްފައި

ތެޔޮ

ތެލުގެ އަގު އެސްޓީއޯއިން ހެޔޮކޮށްފި

އެސްޓީއޯއިން ތެލުގެ އަގަށް ބަދަލު މި ގެނައީ ހަ މަސް ފަހުން؛ މިފަހަރު ވަނީ ޕެޓްރޯލް ލީޓަރަކުން 0.40ރ. އަދި ޑީސަލް ލީޓަރަކުން 0.45ރ. ހެޔޮކޮށްފައި
8 ޑިސެމްބަރު 2023

ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު އެ ކުންފުނިން މިއަދު ހެޔޮކޮށްފި އެވެ.

ވީ ކިހިނެއް؟ - އެސްޓީއޯއިން މިއަދު ހާމަކުރި ގޮތުގައި މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރަކުން 0.40ރ. އަދި ޑީސަލް ލީޓަރަކުން 0.45ރ. ވަނީ ހެޔޮކޮށްފަ އެވެ. މި ހެޔޮވުމާ އެކު ދެން ޕެޓްރޯލާއި ޑީސަލް ވިއްކާނީ: 

  • ޕެޓްރޯލް ލީޓަރެއް - 14.33ރ. އަށް؛ ކުރިން ވިއްކީ 14.73ރ. އަށް

  • ޑީސަލް ލީޓަރެއް - 14.62ރ. އަށް؛ ކުރިން ވިއްކީ 15.07ރ. އަށް 

ފާހަގަކޮށްލެވޭ - އެސްޓީއޯއިން ތެލުގެ އަގަށް ބަދަލު މި ގެނައީ ހަ މަސް ފަހުންނެވެ. އެންމެ ފަހުން ތެލުގެ އަގު ހެޔޮކޮށްފައި ވަނީ ޖޫން މަހުގެ ތެރޭގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް