ކުރީގެ މިނިސްޓަރު މައުސޫމް ޓްރެވަލް ޕާސަނަލިޓީ އިޔާ އޮފް ދަ އެވޯޑާ އެކު: އޭނާއަށް ލިބުނު އެވޯޑް ހާއްސަ ކުރެއްވީ ރާއްޖޭގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ އެންމެންނަށް (ފޮޓޯ/ޓްރެވަލް އެވޯޑްސް)

ޓޫރިޒަމް

ކުރީގެ މިނިސްޓަރު މައުސޫމަށް ޓްރެވަލް ޕާސަނަލިޓީ އެވޯޑް

އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު އަށް ސްޕެޝަލް އެޗީވްމަންޓް އެވޯޑް ލިބިފައިވޭ އަދި ރާއްޖެއަށް ވަނީ ވިދިވިދިގެން ހަތަރު ވަނަ ފަހަރަށް އެންމެ މަގުބޫލު މަންޒިލްގެ އެވޯޑްލިބިފައި

ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ މަގުބޫލު އެވޯޑް ކަމުގައިވާ 'ވޯލްޑް ޓްރެވަލް އެވޯޑްސް 2023'ގައި، 'ޓްރެވަލް ޕާސަނަލްޓީ އޮފް ދަ އިޔާ'ގެ އެވޯޑް ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އަށް ލިބިވަޑައިގެންފި އެވެ.

ތަފްސީލް - ދުބާއީގެ ބްރުޖް އަލް އެރެބް ހޮޓެލުހައި ރޭ ބޭއްވި އެ ހަފްލާގައި އެ އެވޯޑާ ހަވާލުވެ ވަޑައިގަތީ މައުސޫމް އެވެ. އެ އެވޯޑާ ހަވާލުވެ ވަޑައިގަތުމަށް ފަހު ޓްރެވަލް ނިއުސް ނެޓްވޯކަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ:

  • ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާގެ ހުރިހާ ފަރާތްތަކަށް އޭނާ ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފައި 

  • އޭނާއަށް ލިބުނު އެ އެވޯޑް ހާއްސަ ކުރަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޝާމިލުވާ އެންމެންނަށް ކަމަށް ވިދާޅުވި

ފާހަގަކޮށްލެވޭ - ރޭގެ އެވޯޑް ހަފްލާގައި ވަނީ އެމްއެމްޕީއާރްސީގެ ކުރީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު އަށް ސްޕެޝަލް އެޗީވްމަންޓް އެވޯޑް ވެސް ލިބިފަ އެވެ. މި އެވޯޑަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިއެރުން ހޯދައިދިނުމުގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ފަރާތްތަކަށް ދޭ އެވޯޑެކެވެ.

ތޮއްޔިބު މުހައްމަދު އެވޯޑާ އެކު (ފޮޓޯ/ވޯލްޑް ޓްރެވަލް އެވޯޑްސް)

އެނގުން މުހިންމު - ވޯލްޑް ޓްރެވަލް އެވޯޑްސްގައި ރާއްޖެއަށް ވަނީ ރަން ވަނަތަކެއް ލިބިފަ އެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ވިދިވިދިގެން ހަތަރުވަނަ ފަހަރަށް ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ އެވޯޑް ރާއްޖެ ކާމިޔާބު ކުރުމެވެ. މީގެ އިތުރަށް:

  • އަލަށް ދޭން ފެށި ރިސެލިއެންސް އެވޯޑް ހާސިލުކުރި ފަސް ގައުމުގެ ތެރޭގައި ވެސް ރާއްޖެ ހިމެނޭ

  • ވޯލްޑްސް ލީޑިން ޓޫރިސްޓް ބޯޑު 2023ގެ ގޮތުގައި އެމްއެމްޕީއާރްސީ ހޮވިފައިވޭ

މީގެ އިތުރަށް ރާއްޖޭގެ އެކިއެކި ރިސޯޓްތަކަށާއި ޓޫރިޒަމް އޮޕަރޭޓަރުންނަށް އެވޯޑްތައް ލިބިފައިވެ އެވެ. އެގޮތުން ލިބިފައިވާ އެވޯޑްތަކަކީ: 

  • އެންމެ މަގުބޫލު އެއާޕޯޓް ރިސޯޓް - ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް)

  • އެންމެ މަގުބޫލު ބުޓީކް އެއާޕޯޓް ހޮޓެލް - ހޮޓެލް ޖެން

  • އެންމެ މަގުބޫލު ހަނީމޫން ރިސޯޓް - ޖޭއޭ މަނަފަރު

  • އެންމެ މަގުބޫލު ލަގްޒަރީ ހަނީމޫން ރިސޯޓް - ވައްކަރު މޯލްޑިވްސް

  • އެންމެ މަގުބޫލު މަގްޒަރީ އައިލެންޑް ރިސޯޓް - ސެއިންޓް ރެޖިސް ވޮއްމުލި ރިސޯޓް

  • އެންމެ މަގުބޫލު ޕްރައިވެޓް އައިލެންޑް ރިސޯޓް - ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓް 

  • އެންމެ ރީތި ވޯޓާ ވިލާގެ ރިސޯޓް - އެމަރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ

  • އެންމެ މަގުބޫލް ރޮމޭންޓިކް ރިސޯޓް - ބަރޮސް މޯލްޑިވްސް

  • މަގުބޫލު ސީޕްލޭން އޮޕަރޭޓާ - ޓީއެމްއޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް