ފަވަރަ ޕޭމަންޓް ސިސްޓަމްއާ ގުޅުމަށް މިއަދު ބޭންކުތަކުން ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި (ފޮޓޯ/އެމްއެމްއޭ)

އެމްއެމްއޭ

އެމްއެމްއޭގެ ޕޭމަންޓް ސިސްޓަމް 'ފަވަރަ'އާ އިތުރު ދެ ބޭންކެއް ގުޅިއްޖެ

މި ސިސްޓަމާ އެކު އެއް ބޭންކު އަނެއް ބޭންކަށް ފޮނުވާ ފައިސާ ވަގުތުން ޖަމާވުމުގެ ފަސޭހަ ވަނީ ލިބިފައި
5 ނޮވެމްބަރު 2023

އެއް ބޭންކު އަނެއް ބޭންކަށް ފޮނުވާ ފައިސާ ވަގުތުން ޖަމާވާ ފަސޭހައާ އެކު މަރުކަޒީ ބޭންކް، އެމްއެމްއޭއިން ތައާރަފްކުރި 'ފަވަރަ' އިންޓަނެޓް ޕޭމަންޓް ސިސްޓަމާ އިތުރު ދެ ބޭންކެއް ގުޅިއްޖެ އެވެ. 

އެނގުން މުހިންމު - މިިދިޔަ އޮގަސްޓުގައި އެ ސިސްޓަމް ތައާރަފްކުރީއިރު އެ ޕޭމަންޓް ސިސްޓަމާ ތިން ބޭންކެއް ވަނީ ގުޅިފަ އެވެ. އެއީ: 

  • 1-

    ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)

  • 2-

    މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)

  • 3-

    ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) 

ވީ ކިހިނެއް؟ - އެމްއެމްއޭއިން މިއަދު ހާމަކުރި ގޮތުގައި 'ފަވަރަ'އާ މިއަދު ވަނީ އިތުރު ދެ ބޭންކެއް އަލަށް ގުޅިފަ އެވެ. އެގޮތުން މިއަދު އެގްރިމަންޓުގައި ސޮއިކޮށް ފަވަރަ ބޭނުން ކުރަން އެއްބަސްވީ: 

  • 1-

    ބޭންކް އޮފް ސިލޯން (ބީއޯސީ)

  • 2-

    މޮރިސަޝް ކޮމާޝަލް ބޭންކް (އެމްސީބީ) 

ތަފްސީލް - އެމްއެމްއޭއިން ބުނި ގޮތުގައި މިއަދު ސޮއިކުރި އެއްބަސްވުމާ އެކު އަންނަ ބުދަ ދުވަހުން ފެށިގެން 'ފަވަރަ'އިގެ ޕައިލޮޓް ޓެސްޓިންތައް އެ ބޭންކުތަކުން ފަށާނެ އެވެ. 

ފާހަގަކޮށްލެވޭ - 'ފަވަރަ'އިގައި ބައިވެރިވާ ބޭންކުތަކުގެ މެދުގައި ކުރާ މާލީ މުއާމަލާތްތައް ވަގުތުން ވަގުތަށް ރިއަލައިޒްވެ އެވެ. އެގޮތުން އެހެން ބޭންކެއްގައި ހުޅުވާފައިވާ ހުންނަ އެކައުންޓަކަށް ފޮނުވާ ފައިސާ ވަގުތުން ވަގުތަށް ޖަމާވެ އެވެ. މީގެ ކުރިން ނަމަ އެއް ބޭންކުން އަނެއް ބޭންކަށް ފޮނުވާ ފައިސާ ޖަމާވާން 24 ގަޑިއިރު ނަގަ އެވެ. 

އިންސްޓެންޓް ޕޭމަންޓް ސިސްޓަމް:

  • ވަގުތުން ފައިސާ ފޮނުވުމުގެ ހިދުމަތް (އިންސްޓެންޓް ޕޭމަންޓް)

  • ފައިސާ ހޯދުމަށް ފަސޭހަ ގޮތެއް (ރިކުއެސްޓް ޓު ޕޭ)

  • އެކައުންޓް ނަންބަރު ނޫން ގޮތެއް (ސްމާޓް އެޑްރެސިން)

  • އެކައުންޓްގެ ސައްހަކަން ކަށަވަރު ކުރުން (އެކައުންޓް ވެރިފިކޭޝަން)  

އިތުރު އާޓިކަލް

އިތުރު އާޓިކަލް