ސޮލަރެލް އިންޝުއަރެންސްގެ އޮފީސް. (ފޮޓޯ/ސޮލަރެލް އިންޝުއަރެންސް)
ޑިސްކައުންޓަކާ އެކު ސޮލަރެލްގެ މޮޓޯ އިންޝުއަރެންސްއަށް ޕޯޓަލްއެއް ތައާރަފްކޮށްފި
ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނަކާ އެކު ސޮލަރެލް އިންޝުއަރެންސްގެ މޮޓޯ އިންޝުއަރެންސް ޕޮލިސީތަކުގެ ހިދުމަތަށް އެދި ފަސޭހައިން ހުށަހެޅޭ ޕޯޓަލްއެއް ތައާރަފްކޮށްފި އެވެ.
ވީ ކިހިނެއް؟ - ސޮލަރެލްއިން އަލަށް ތައާރަފްކުރި 'މޮޓޯ ޕޯޓަލް'އިން ތާޑް ޕާޓީ މޮޓޯ ޕޮލިސީތަކަށް އެދި ހުށަހެޅުމުގެ އިތުރަށް ކަސްޓަމަރުން ގަނެފައިވާ ޕޮލިސީތަކުގެ ސްޓޭޓަސް ވެސް ބަލައިލެވޭނެ އެވެ.
ތަފްސީލު - މޮޓޯ ޕޯޓަލް ތައާރަފްކުރުމާ ގުޅިގެން ސޮލަރެލްއިން ވަނީ ޑިސްކައުންޓު އަގެއްގައި އެ ޕޯޓަލް މެދުވެރިކޮށް ތާޑް ޕާޓީ މޮޓޯ ޕޮލިސީތައް ގަނެވޭ ޕްރޮމޯޝަނެއް ވެސް ފަށާފަ އެވެ.
އެގޮތުން:
-
މޮޓޯސައިކަލު، ބެޓަރި ސައިކަލު އަދި ޓްރައިސިކަލް - 100ރ.އަށް
-
ކާރު (އަމިއްލަ އަދި ޓެކްސީ) - 400ރ.އަށް
މި އަހަރުގެ ނިޔަލަށް ކުރިއަށްދާ އެ ޕްރޮމޯޝަންގެ ދަށުން ކަނޑައަޅާފައިވާ ޑިސްކައުންޓު އަގުތަކުގައި ތާޑް ޕާޓީ މޮޓޯ ޕޮލިސީތައް ލިބޭނީ އޮންލައިން ޕޯޓަލްއިން ޕޮލިސީތައް ގަތުމުންނެވެ.
ސޮލަރެލް އިންޝުއަރެންސް
ސޮލަރެލް އިންޝުއަރެންސް އަކީ 2016 ވަނަ އުފެއްދި، %100 އަމިއްލަ ފަރާތްތަކުގެ ހިއްސާ އޮންނަ ދިވެހި ފުރަތަމަ އިންޝުއަރެންސް ކުންފުންޏެވެ.
ސޮލަރެލްއިން އަބަދުވެސް މަސައްކަތް ކުރަނީ، އެ ކުންފުނިން ބުނާ ގޮތުގައި އެންމެ ރަނގަޅު އަދި ވަށާޖެހޭ އިންޝުއަރެންސް ޕޮލިސީތައް، އެންމެ ހެޔޮ އަގުގައި އާންމުންނަށް ފޯރުކޮށްދިނުމަށެވެ.