އެމްއެސްއެސް އިން އައްޑޫ އާއި މާލެ އާ ދެމެދު ކޮންޓެއިނާ ބޯޓުގެ ހިދުމަތް ފެށުން (ފޮޓޯ/އެމްއެސްއެސް)

މާލެ އާއި އައްޑުއާ ދެމެދު ކޮންޓެއިނާ ބޯޓުގެ ހިދުމަތް ފަށައިފި

މާލެ އާއި އައްޑުއާ ދެމެދު ކޮންމެ 10 ދުވަހަކުން އެ ބޯޓުގެ ދަތުރުތައް ބާއްވާނެ

ގައުމީ ޝިޕިން ކުންފުނި އެމްއެސްއެސް އިން މާލެ އާއި އައްޑުއާ ދެމެދު ކޮންޓެއިނާ ބޯޓުގެ ހިދުމަތް ފަށައިފި އެވެ.

ވީ ކިހިނެއް؟ - އައްޑުއަށް ބައިނަލްއަގްވާމީ ބަނދަރުތަކުން މުދާ އެތެރެކުރުމަށް މަގުފަހިކޮށްދިނުމަށް އެމްއެސްއެސް އިން އާ ބޯޓެއް ގަންނަން ނިންމާ އެއްބަސްވުމުގައި ސޮއިކުރީ މި އަހަރުގެ އޮގަސްޓު މަހު އެވެ.

އެ އެއްބަސްވުމުގެ ދަށުން 'އެމްއެސްއެސް އޯޕަލް' ގެނެސް އެ ދަތުރުތައް މިހާރު ވަނީ ފަށައިފަ އެވެ.

ތަފްސީލް - ޝިޕިން ކުންފުނިން ބުނީ، މާލެ އާއި އައްޑޫ އާ ދެމެދު ކޮންމެ 10 ދުވަހަކުން އެ ބޯޓުގެ ދަތުރުތައް ބާއްވާނެ ކަމަށެވެ. އެގޮތުން: 

  • ބޭރު ބަނދަރުތަކުން އައްޑުއަށް ގެންދާ މުދާ މާލޭގައި ޓްރާންސިޓް ކުރުމަށް ފަހު އައްޑުއަށް ގެންދާނެ

  • މާލެއިން ގަންނަ މުދާ ކޮންޓެއިނާގައި އައްޑުއަށް ގެންދިއުމަށް ވެސް މި ބޯޓު ބޭނުންކުރާނެ

  • މި ބޯޓުގައި ކްރޭން ހުންނާނެ، 105 ކޮންޓެއިނާ އުފުލޭނެ (20 ރީފާ ކޮންޓެއިނާ ހިމެނޭ ގޮތަށް)

  • ބޯޓުގެ ބޮޑުމިން - ދިގުމިނުގައި 67.2 މީޓަރު

އެމްއެސްއެސް އިން މީގެ ކުރިން ބުނީ އައްޑޫ އާ މާލެ އާ ދެމެދު މި ހިދުމަތް ފެށި ނަމަވެސް، ގދ. ތިނަދޫގައި ތަރައްގީ ކުރާ ބަނދަރުގެ މަސައްކަތް ނިމުމުން އެ ރަށަށް ވެސް ދަތުރުތައް ބާއްވާނެ ކަމަށެވެ.

އެނގުން މުހިންމު - މިއީ 2020 ވަނަ އަހަރު އެމްއެސްއެސް އުފެއްދި ފަހުން އެ ކުންފުނިން ގެނައި ފަސް ވަނަ ބޯޓެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް