އަތްދޮވުން ހުން
ބީބީއެމް އާއި ލައިފްބޯއީ ގުޅިގެން ރަނގަޅަށް އަތް ދޮންނާނެ ގޮތް ކިޔައިދެނީ
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އަތް ދޮވުމުގެ ދުވަސް ނުވަތަ ގްލޯބަލް ހޭންޑް ވޮޝިން ޑޭ ފާހަގަކުރުމަށް ބެސްޓްބައި މޯލްޑިވްސް (ބީބީއެމް) އިން ކެންގަރޫ ކިޑްސް ޕްރީސްކޫލާ ގުޅިގެން ހާއްސަ ހަރަކާތެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ރާއްޖެއަށް ލައިފްބޯއީ އެތެރެކޮށް ވިއްކާ ބީބީއެމް އިން ބުނީ، މިއީ އަތް ދޮވުމުގެ މުހިއްމުކަން ކުދިންނަށް އަންގައިިދީ، އާންމު ދިރިއުޅުމުގައި ވެސް އަތް ދޮވުމުގެ އާދަ ހަރުލެއްވުމަށް ބާރު އެެޅުމުގެ ގޮތުން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތެއް ކަމަށެވެ.
ތަފްސީލް - މި މަހުގެ 24 ވަނަ ދުވަހު ބާއްވާ 'އެޗް ފޯ ހޭންޑް ވޮޝިން' އަކީ ކޮވިޑު ބަލިމަޑުކަމަށް ފަހު އަތް ދޮވުމުގެ އާދަޔާ ދުރުވާން ފަށާފައިވާތީ އަތް ދޮވުމުގެ އާދައަށް އަހުލުވެރިކޮށް، އެ ކަމަށް ހިތްވަރު ދިނުމަށް ބާރު އަޅާނެ ހަރަކާތަކަށް ވާނެ ކަމަށް ވެސް ބީބީއެމް އިން ބުންޏެވެ.
-
ކޮވިޑުގެ ބަލިމަޑުކަން ހަމައަކަށް އެޅުނު ފަހުން އަތް ދޮވުމުގެ އާދަ %59އަށް ވަނީ ދަށް ވެފައި
-
މިއީ ކުޑަކުދިންގެ މެދުގައި ވެސް ބަލިތައް ފެތުރެން ދިމާވެދާނެ ކަމެއް؛ އަތް ދޮވެ ސާފުކޮށް ބެހެއްޓުމަކީ ބަލިތަކުން ރައްކާތެރިކޮށްދޭނެ ކަމެއްކަން މި ހަރަކާތުގެ ތެރެއިން ކުދިންނަށް ބުނެދޭނެ
-
ދުނިޔޭގެ އެއް ވަނަ ޖާމް ޕްރޮޓެކްޝަން ސޯޕް ބްރޭންޑުގެ ގޮތުގައި ބެލެވޭ ލައިފްބޯއީގެ 'އެޗް ފޯ ހޭންޑް ވޮޝިން' ހަރަކާތުގައި އެންމެ ރަނގަޅަށް އަތް ދޮވެ ސާފުކުރާނެ ގޮތް ކުދިންނަށް ބުނެދޭނެ
-
ކުދިން ޝައުގުވެރިވާނެ، ކަމާ ގުޅުން ހުރި ގިނަ ގޭމުތައް ވެސް ކުރިއަށް ގެންދާނެ
ފާހަގަ ކުރެވޭ ކަމެއް - ލައިފްބޯއި އަކީ އަތްދޮވުމުގެ އާދަ ކުދިންގެ މެދުގައި ހަރުލައްވައި އެ ކަމަށް ހިތްވަރުދިނުމުގެ ގިނަ ހަރަކާތްތައް ދުނިޔޭގެ އެކި ސަރަހައްދުގައި ވެސް ކުރިއަށް ގެންދާ ބްރޭންޑެކެވެ.